ބޮލީވުޑް އެކްޓަރު ޖައިިދީޕް އަހުލަވަތު
02 ޖުލައި 2024 - 06:46
މިދިޔަ މަހު ނެޓްފްލިކްސްގައިި ސްޓްރީމް ކުރަން ފެށި ބޮލީވުޑްގެ ފިލްމު "މަހަރާޖު"ގެ ރޯލެއް ކުޅެން އެކްޓަރު ޖައިިދީޕް އަހުލަވަތު ފަސް މަހުން 26 ކިލޯ ލުއިކޮށްލި ކަމަށް ބުނެފި އެވެ.
ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖައިދީޕް ބުނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު މަރުހަލާ އަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
އޭނާ ބުނީ ކޮވިޑްގެ ދިގު ލޮކްޑައުން އަށް ފަހު، އޭނާގެ ވަރަށް ބަރުވި ކަމަށާއި އަދި އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް ހުންނަތާ އޭރު އަހަރަކަށް ވުރެ ގިނަ ދުވަސް ވި ކަމަށެވެ.
މިދިޔަ ހަފުތާގައި ޖައިދީޕް ވަނީ އޭނާގެ މި ވަރުގަދަ ޓްރާންސްފޮމޭޝަން ފެންނަ ފޮޓޯތައް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.
އޭނާ އިންސްޓަގްރާމް ކުރި ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި، އޭނާ ކަސްރަތު ކުރަން ފެށިއިރު ހުރީ 109.7 ކިލޯ އެވެ. އަދި ފަސް މަސްދުވަހުން 83 ކިލޯ އަށް ލުއިވި އެވެ. އެއީ 26 ކިލޯގެ ތަފާތެކެވެ.
ޖައިދީޕަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކާއި ސީރީޒްތަކުގައި ސަޕޯޓިން ރޯލުތައް ކުޅެގެން މަޝްހޫރުވި އެކްޓަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy