ސުނީތާ އޭނާގެ އެންމެ ބޮޑު ފޭން ޕްރިޔަންކާ އާ އެކު: އޭނާގެ އިންޓަވިއުއެއް ވަނީ ބައިނަލް އަގުވާމީ މަޖައްލާއއެއްގައި ޝާއިއުކޮށްފައި -- ފޮޓޯ: ސުނީތާ ފޭސްބުކް ޕޭޖް
01 މާޗް 2017 - 09:18
ސުނީތާ އަލީ އަށް ތަފާތު ފާޑު ކިޔައި، ބައެއް ފަރާތްތަކުން މަލާމާތް ކުރަމުން ދަނިކޮށް އޭނާގެ އިންޓަވިއުއެއް ބަައިނަލްއަގުވާމީ ބޮޑު މަޖައްލާއެއްގައި ޝާއިއުކޮށްފި އެވެ. ދުނިޔޭގެ މަޝްހޫރު ޖީކިޔުގެ އިންޑިޔާގެ މަޖައްލާގެ ހުކުރު ދުވަހުގެ އަދަދުގައި ސުނީތާގެ ވަރަށް ހާއްސަ އިންޓަވިއުއެއް ވަނީ ޝާއިއުކޮށްފަ އެވެ.
"މިއީ ހުވަފެނުން ވެސް ނުދެކޭ ވަރުގެ ފުރުސަތެއް،" އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި، ޕްްރިޔަންކާ ޗޯޕްޅާ ރާއްޖޭގައި އިޝްތިހާރުކޮށް، އަދި އޭނާ ނަކަލުކޮށްގެން އުޅޭ ސުނީތާ ބުންޏެވެ. "މިހިރީ ވަރަށް އުފަލުން. މިއީ އެހެން ދިވެއްސަކަށް ލިބުނު ފުރުސަތެއް ކަމެއް ވެސް އެނގިފައެއް ނެތް."
ޖީކިޔު މަޖައްލާގެ މާޗް3ގެ އެޑިޝަންގައި ސުނީތާގެ ވާހަކަ
ޕްރިޔަންކާގެ "ހިޔަނީ"ގައި މަޝްހޫރުކަން ހޯދަމުން ގެެންދާތީ، އާންމުންގެ ވަރަށް ގިނަ ބަޔަކު އޭނާއާ ދިމާއަށް ވެސް ކިޔަނީ ސުނިޔަންކާ އެވެ. އެކަމަކު ސުނީ ދެކޭ ގޮތުގައި މީހަކަށް ތާއީދުކޮށް އެ މީހަކު ނަކަލު ކުރުމަކީ މައްސަލައެއް ނޫނެވެ.
ސުނީގެ އިންޓަވިއު ޝާއިއުކުރާ ޖީކިޔު މަޖައްލާއިން، އޭނާ ހާއްސަ ކުރީ ވެސް "ރާއްޖޭގެ ޕްރިޔަންކާ"ގެ ގޮތުގަ އެވެ. އެ އިންޓަވިއު ޖީކިޔު އިން ނަގާފައި ވަނީ ސުނީއާ އެކު އެކި ރަށްރަށަށް ދަތުރުކޮށް ސުނީގެ ބައެއް ޝޯތައް ވެސް ބަލައިގެންނެވެ. ސުނީގެ ޚާއްސަ ފޮޓޯ ޝޫޓެއް ވެސް ޖީކިޔު އިން ކުރިއަށް ގެންގޮސްފައި ވެ އެވެ. ސުނީގެ ވާހަކަ، އޮތް މަޖައްލާގެ ބޭރުގަނޑު ޖީކިޔުއިން ވަނީ ސުނީ އަށް ފޮނުވައިފަ އެވެ. އެ ބޭރުގަނޑަށް ސުނީގެ ސުރުހީ ވެސް ވަނީ އަރައިފަ އެވެ.
ސުނީތާ ޝޯއެއް ދެނީ: މަގުބޫލީ ހަމައެކަނި ދިވެހިންގެ ތެރޭގައެއް ނޫން -- ފޮޓޯ: ސުނީތާގެ ފޭސްބުކް ޕޭޖް
ޖީކިޔު މަޖައްލާ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ނެރޭ ލައިފްސްޓައިލް މެގެޒިން އެކެވެ.
ސުނީ ބުނީ، މިއީ އޭނާގެ ހަޔާތުގައި ވެސް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.
"އަހަރެން ހިޔެއް ވެސް ނުކުރަން ފުރަތަމަ އެ މީހުން އެ އިންޓަވިއުގެ ވާހަކަ ދެއްކީމަ އެއީ އެހާ ސީރިއަސް ވާހަކައެއް ކަމެއް ވެސް. އެކަމަކު އެކަން ވެސް އެ ހަގީގަތަކަށްވީ."
ބަތޮލާ އަދި ނެށުންތެރިޔާ ސުނީތާ އަލީގެ ފޮޓޯ ޝޫޓިންއެއް -- ފޮޓޯ: ސުނީތާގެ ފޭސްބުކް ޕޭޖް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަްެެރ
03 March 2017
ޙޮޕް ހޮޕް ސުނީ ❤
ސނ
02 March 2017
ކީޕްޑާންސިންގ ޑާލިން ޔޫއާރ ވަންއޮފްއަކައިންޑު 1607ވަނަ އަހަރު ދިވެހިރާއްޖެ އައި ޕިރާޑު ލިޔެފައިވަނީ ދިވެހިންނަކީ ވިސްނުންތޫނު އެކަމަކު އެންބިށަނެނެށް ކަންނެއްބަޔެކޭ ވެލް ޑާލިންގު ޔޫހޭވް ޕޫރޫވުޑުހިމްރޯންގު
ފޭން
02 March 2017
ރަނގަޅު. އެމީހަކު ކުރިއަށްދާން ބޭނުންވާ ދިމާލަކުން ކުރިއަށް ދިއުމުގަ އެހެން މީހުން ކިޔާ އެއްޗަކަށް ނުބަލާ ގަދައަޅާ މަސައްކަތް ކުރުމުގެ މިސާލެއް. މީހުން މަލާމާތްކޮށް ދިމާކޮށްލީއޭ ކިޔާފަ ސުނީ ގޭން ނުނިކުމެ ރޯން އޮތީކީ ނޫން. ސުނީ ހެޕީވާ ކަންތައް ސުނީ ކުރީ. ސުނީއަށް ކޮން ކަމެއް ދޯ ސުނީ؟ ސަޅި!
އަލް ސުނީތާ ވަލް ސުނިޔަންކާ
01 March 2017
ސުނީއަށް މަރުޙަބާ. އެކި މީހުން ކުރާނީ އެކިކަންތައްތައް. މީހަކު ކޮޕީ ކުރާތީއޭ ކިޔާފަ ނުޖެހޭ ހެއްދެވިނުހެއްދެވިއަށް ގޮވާކަށް.
ދި ކޮމެންޓާރ
01 March 2017
ސުނީ އެދަނީ ގޫގުލް ސްޕީޑްއަށް ވުރެށް ބާރުމިނުގައި ކުރިއަރަމުން.. ކޮންގްރަޓްސް ސުނީ..
ނަކަލު
01 March 2017
މިޖެހުނީ ދެންކަންތަކާ ދެންނޭނގެ ހިނގޭނެ ގޮތެއްވެސް މިހާހޫނުގަދަ ރާއްޖޭގަ އުޅޭއިރު އަތްދަނޑިމަތިން ކޯޓުފަޓުލޫނު ބޭލޭނެކަމެއްވެސް
ލީޒް
01 March 2017
މި ގޭގަވެސް އުޅޭ ސުނީތާއަށް ސަޕޯޓްކުރާ ކުއްޖެއް... ލަމީތާ ކިޔަނީ
ޖަވާބެ
01 March 2017
ޢެހާ އެހާ އެއް ނޫން
ޕުރިޔަންކާ
01 March 2017
ސުނި ޔަންކާ ޗޯޕްރާ
ވާއޮ
01 March 2017
ބްރާވޯ ސުނީ... ކީޕް އިޓް އަޕް!!!