މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- ހިބާ

(ބުދަ ދުވަހާ ގުޅޭ)

"އާދޭ އިންޓްރޮޑިއުސް ކޮށްދޭނަން." ވަރަށް އުފާވެފައި ހިބާ ބުންޏެވެ.

އެހެން ބުނެފައި، އެއްޗެއް ބުނަން ނާސިފަށް ފުރުސަތު ނުދީ ހިބާ ފޯނު ބޭއްވިއެވެ. އެއީ ކީއްވެގެން ހިބާ ދިން ދައުވަތެއް ކަމެއް ނާސިފަކަށް ނުވިސްނުނެވެ. ހިބާ ދެކެ ނާސިފު ލޯބިވާކަން އެއީ ހިބާއަށް ސިއްރެއް ނޫނެވެ. އެ ލޯތްބަށް ހިބާ ނޫނެކޭ ވެސް ބުނެފިއެވެ. ވީމާ، ހިބާ އިންނަން އުޅޭ މީހާ ދައްކަން ނާސިފު ގެންނަންވީ ކީއްވެގެން ހެއްޔެވެ؟ ރާހިލް ފެނުމުން ނާސިފު ވާނެ ދެރަ އާއި ވާނެ ފޫހި ހިބާއަށް ނުވިސްނެނީ ހެއްޔެވެ؟ އޭގެ ފަހަތުގައި އޮތީ ހިބާގެ ކޮން ހެޔޮ ނިޔަތެއް ހެއްޔެވެ؟ ވިސްނައިވިސްނައި ވެސް ނާސިފަކަށް ނުވިސްނުނެވެ. އަހަންނެއް ނުދާނަމެވެ. ފުރަތަމަ ނާސިފު ހިތަށް އެރީ އެހެންނެވެ. ނޫނެކެވެ. އަންނާށޭ ބުނީތީ ވެސް ދާނަމެވެ. އެހެން ނޫނީ އަހަންނަކީ ފިނޑިއެއް ކަމަށް ހިބާ ހީކޮށްފާނެއެވެ. ދެން ހިތަށް އެރީ އެހެންނެވެ.

ފުންމައިގެން ތެދުވެފައި ނުކުންނަން ހިނގައިގަތެވެ. ނިދާ ހެދުމުގައެވެ. ރާހިލް ކަހަލަ މީހެއްގެ ކުރިމައްޗަށް "ކޯޓުފަޓުލޫނު" ލައިގެން ދިޔުމުގެ އެއްވެސް ބޭނުމެއް ނާސިފަކަށް ނުވިސްނުނެވެ. އެހެނަސް، ނާސިފުގެ ކޮޓަރީގެ ދޮރު ހުޅުވައިލާފައި ހިތަށް އެރިއެވެ. ނޫނެކެވެ. ދެ މީހުންގެ ތަފާތު ހިބާއަށް ފާހަގަކުރުވާނަމެވެ. ކަންފަސޭހަ މީހުންނާއި ހަރުދަނާ މީހުން އެއްގޮތް ވެގެން ނުވާނެއެވެ.

ނާސިފު ނިދާ ހެދުން ބަދަލުކުރިއެވެ. ނިކަން އަވަހަށް، ނިކަން ފުރިހަމައަށް ތައްޔާރުވެލިއެވެ. ހީވަނީ ރޭގަނޑު ކެއުމަކަށް ދާން ތައްޔާރުވި ހެންނެވެ. ސެންޓު ވެސް ޖެހިއެވެ. ކިތަންމެ ތައްޔާރެއް ވިޔަސް، ހިބާގެ ލޯބިވެރިޔާ ކުރިމައްޗަށް ހުއްޓެން ނާސިފު ތައްޔާރެއް ނޫނެވެ. އެއީ ނާސިފަށް އުނދަގޫ ކަމެކެވެ. ތިމާއަކީ، ދުނިޔޭގައި ހުރި އެންމެ ހަމަޖެހޭ މީހާއަށް ހެދިގެން ނާސިފު ކޮޓަރިން ނުކުތެވެ. މާ ބޮޑަށް ހަމަޖެހެން ހަދައިގެން ނާސިފަށް ހިނގުނީ ވެސް އާންމުކޮށް ހިނގާ ގޮތަކަށް ނޫނެވެ. ޖެހިގެން ހުރި، ހިބާގެ ކޮޓަރީގެ ދޮރުމައްޗަށް ނާސިފު ހުއްޓުނެވެ. ދެން ވެސް ހިތަށް އެރިއެވެ. އަހަރެންނަށް މި ކަން ކުރެވޭނެ ހެއްޔެވެ؟ އެ ބައްދަލުވުން ކިހައި އޮމާންކޮށް ގެންދެވޭނެ ހެއްޔެވެ؟ ރާހިލްއަށް ހިނިތުން ވާން އުޅެން ހަދައިގެން ނާސިފަށް ހަޑިއެއް ނެހޭވޭނެ ބާއެވެ؟ ފުން ނޭވައެއް ބޭރުކޮށްލާފައި ނާސިފު ދޮރުގައި ޓަކިޖަހައިލިއެވެ. ގަސްތުގައި ރަނގަބީލު ނުޖެހީއެވެ. ދޮރެއް ނުހުޅުވިއެވެ. ދެވަނަ ފަހަރު ޓަކި ޖަހައިލިއެވެ. ދޮރުގައި މީހަކު ޖެހިގަތް އަޑު ކަހަލަ އަޑެއް އިވުނެވެ. ނާސިފު ވިސްނީ އެންމެ ގޯސްކޮށެވެ. ހިބާއަށް ރާހިލް އަނިޔާކުރަނީއެވެ. ނާސިފަށް އޮތީ ދެ ގޮތުން ކުރެ އެއް ގޮތެވެ. އަނެއްކާ ވެސް ޓަކި ޖެހުމެވެ. އަޅައި ވެސް ނުލައި ނާސިފުގެ ކޮޓަރިއަށް ދިޔުމެވެ. އެ ކަމާ ވިސްނަން ހުއްޓައި ދޮރު ހުޅުވިއެވެ. އެތެރޭގައި ހުރީ ހިބާއެވެ. ބޯ ހުރީ ހޭވިފައެވެ. ލިސްޕްސްޓިކުގެ ކުލަ ހުރީ ފެވި، ހަޑިވެފަ އެވެ. ހިބާ ހުރީ ހަމަ އެކަނި މޫނު ފެންނަ ވަރަށް ދޮރުފަތާ ނިވާވެގެންނެވެ.

"ވަން މިނިޓް އިނގޭ!" ވަރަށް ހިނި އައިސްފައި އެހެން ބުނެފައި ހިބާ ދޮރު ލެއްޕިއެވެ.

ނާސިފުގެ ހިތަށް ވަރަށް ތަދުވިއެވެ. ހިބާގެ މަގުސަދު ވެސް ވިސްނުނީ ދެނެވެ. އެކަމަކު އެ މަންޒަރު ނާސިފަށް ދައްކަން ހިބާ ބޭނުންވި ސަބަބެއް ނުވިސްނުނެވެ. އެ އިން ހިބާއަށް ލިބޭނެ އުފަލެއް ވެސް ނުވިސްނުނެވެ. ނާސިފުގެ ހިތް އަޑުން އަޑު ނަގައި ބުންޏެވެ. ދެން ވެސް ކޮޓަރިއަށް ނުވަދެ ދާށެވެ. އެ އަޑު ނާސިފެއް ނޭހިއެވެ. ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. ފަނަރަ ވަރަކަށް މިނެޓަށް ފަހުން ދޮރު ހުޅުވިއެވެ. އެ ފަހަރު ފެނުނީ ޒުވާނެކެވެ. އެއީ ރާހިލް ކަމަށް ނާސިފު ނިންމި ނަމަވެސް، ހިބާ ދެއްކި ފޮޓޯއާ އެ ރާހިލްއަކާ ވައްތަރެއް ނޫނެވެ. ބޯ ހަދާފައި ހުރި ގޮތާއި، ތަފާތު މަތިމަހުގެ ސަބަބުންނެވެ. މަތިމަހުގެ ދެ ކޮޅު ހުރީ ވަށްކޮށް އޮޅައިލައިފައެވެ. އިސްތަށިގަނޑުގައި ހުރީ ޒާތެއްގެ ނޫކުލައެކެވެ. ލައިގެން ހުރި ސޯޓު ފިޔަވައި އެހެން ފޭރާމެއް ނެތެވެ. މުޅި ގައިގައި ހުރީ އޭތިމީތި ކުރަހައިފައެވެ. ރާހިލްގެ މޫނުމަތިން ފެނުނީ ބީރައްޓެހި ކަމެވެ. އޭނަ ހުރީ، ކޮންމެވެސް ކަމަކާ ވަރަށް ހިތްހަމަނުޖެހިފައެވެ. ނާސިފަކީ ކާކުކަން ރާހިލަށް ނޭނގޭ ކަހަލައެވެ. ދޮރު ހުޅުވައިލައިފައި، ވަންނަން ވެސް ނުބުނެ އޭނަ ދިޔައީއެވެ. ގަމާރެއްހެން އިރުކޮޅަކު ހުރެފައި ނާސިފު، މަޑުމަޑުން އެތެރެއަށް ވަނެވެ.

އެނދުގެ ބާލީސްތައް ހުރީ ތަޅުންގަނޑު މަތީގައެވެ. ނުލާހިކު ރީތިކޮށް ތަންމަތިއަޅައިފައި އޮންނަ އެނދަށް ހީވަނީ ނަގޫރޯޅިއެއް އަރާފައިވާ ހެންނެވެ. ހިބާ ފެންނާކަށް ނެތެވެ. ނާސިފު ވަރަށް ބޭކާރުވިއެވެ. ހަދަންވީ ގޮތެއް، ކުރަންވީ ކަމެއް ނޭނގުނެވެ. ރާހިލް އެނދުގައި އޮށޯވެފައި ބިއްދޮށަށް އެނބުރުނެވެ. ތަނބެއް ހެން ކޮޅަށް ހުރި ނާސިފު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ވަގުތު ފާހާނައިން އަޑެއް އިވުނެވެ.

ދޮރު ހުޅުވައިލާފައި ހިބާ ނުކުތެވެ. ފެންވަރައި، ތާޒާވެލައިގެންެނެވެ. ހިބާ ލައިގެން ހުރީ، ފެންވަރައިގެން ނުކުންނަ އިރު ލާ ކަހަލަ ހެދުމެކެވެ. އެއީ ނާސިފު ބަލައި ފޫހިނުވާ ކަހަލަ މަންޒަރެކެވެ.

"އަޅެ ރާހީ.." ލާނެތް ރާގަކަށް ހިބާ ބުންޏެވެ. "ވަރަށް ނޯޓީ ވާނެ. މަ ބުނީމެއްނު ނައިސްކޮށް ޑްރެސް ކޮށްލައްޗޭ! ތެދުވެބަލަ! އަހަރެން ބޭނުން އިންޓްރޮޑިއުސް..."

"ނޯ ތެންކިޔޫ!" ބިއްދޮށަށް އެނބުރިގެން އޮތް ރާހިލް ބުނެލިއެވެ. "ވަރަށް ޓަޔަޑް!"

ހިބާ ގޮސް ރާހިލް މަގަތަށް އަނބުރައިލަން މަސައްކަތް ކުރުމުން ވެސް ރާހިލް ފޮޅުވައިލައިފައި އޮތީއެވެ. އެ ކަމާ ހިބާ ގަތް ލަދު ފޮރުވަން މަސައްކަތް ކުރަމުން ހިނިތުންވެލިއެވެ.

"އޭނަ ބާއްވާ!" ހިބާ ބުންޏެވެ. "މިހާރު ނާސިފްއާ ދިމާވެއްޖެއްނު ދޯ؟ މީ ރާހިލްއަކީ. މަގޭ ސޯލްމޭޓް."

ރާހިލް މަޑުމަޑުން އެނބުރުނެވެ. ނާސިފަށް ބަލައިލިއެވެ.

"އޯ.. ޕީޓީއެލް ސްލޭޝް ބޮސް؟" މަލާމާތުގެ ގޮތަކަށް ރާހިލް ބުނެލިއެވެ.

ހިބާ ވަރަށް ކަންބޮޑުވިއެވެ. ނާސިފު ހުރީ ކަންބޮޑުވާން ނޭނގިފައެވެ. ޕީޓީއެލްގެ މާނަ ނޭނގޭތީއެވެ. އެހެނަސް، ރާހިލް ބުނީ ރަނގަޅު އެއްޗެއް ނޫން ކަން ނާސިފަށް ކަށަވަރުވިއެވެ. ހިބާ ދެން ކަންތައް ކުރި ގޮތުންނެވެ.

"އޯކޭ ނާސިފް!" ހިބާ ބުންޏެވެ. "ބްރޭކްފާސްޓުން މީޓް ކުރާނަން. ގުޑްނައިޓް!"

ނާސިފު ދާން ހިނގައިގަތެވެ.

"ގުޑްނައިޓް ޕީޓީއެލް!" އެ ލަފުޒު ރާހިލް އަނެއްކާ ވެސް ތަކުރާރުކުރިއެވެ.

ދޮރުން ނުކުތް އިރު ވެސް ނާސިފުގެ ހިތުގައި އުފެދިފައިވަނީ އެންމެ ސުވާލެކެވެ. ޕީޓީއެލް އެއީ ކޯޗެއް ހެއްޔެވެ؟ ރާހިލް ކަންތައްކުރި ގޮތުން ނާސިފު ހައިރާނެއް ނުވެއެވެ. އެއީ ހަމަ އޭނަގެ ފަރާތުން ފެންނާނެ ކަމަށް ނާސިފު އުންމީދުކުރި ކަންކަމެވެ. ކޮޓަރިއަށް ވަދެފައި، އިރުކޮޅަކު ވިސްނަން އިނދެލައިފައި ނާސިފު ނިދީއެވެ. ނޫނެކެވެ. ނިދަން މަސައްކަތް ކުރީއެވެ. އެ ރެއަކީ ނާސިފަށް ދިގު ރެއެކެވެ.

ރެސްޓޯރަންޓުގައި ސައިބޯން އިން އިރު، ނާސިފުގެ އެއް ކަޅި ހުންނަނީ ގަޑިޔަށެވެ. އެހެންޏާ ހިބާ އަންނަ ގަޑި ފާއިތުވެގެން ދިޔަ އިރު ވެސް ހިބާގެ ޚަބަރެއް ނުވިއެވެ. ރާހިލް ނެތް ނަމަ ނާސިފު ގުޅީހެވެ. ހާލު ބެލީހެވެ. އެ ދުވަހަކީ ނާސިފުގެ ބަލިގަނޑު ވެސް ތަންކޮޅެއް ލުއިހެން ހީވި ދުވަހެކެވެ. މެސެޖެއް އައި އަޑު އިވިގެން ފޯނު ބަލައިލި އިރު އެއީ ޖޯންގެ މެސެޖެކެވެ. އެލިޒަބަތުގެ ހާދިސާއާ ގުޅިގެން، ތައުޒިޔާ ކިޔާފައި ނާސިފު ފޮނުވި މެސެޖުގެ ޖަވާބެވެ. އެހައި ލަހުން ވެސް ޝުކުރުގެ މެސެޖެއް އައީތީ ނާސިފު ވަރަށް ހިތްހަމަޖެހުނެވެ.

ކުލާހަށް ދިޔަ އިރު އެ ތަނުގައި ފުލުހުން ހަރަކާތްތެރިވެއެވެ. ނާސިފު ފެނުމުން ފުލުހަކު އައިސް ނާސިފުއާ ބައްދަލުކުރިއެވެ. އެންމެނާ ތަންކޮޅެއް ދުރަށް ގެންގޮސް ސުވާލުތަކެއް ކުރިއެވެ. އެލިޒަބަތު ދަންނަންތޯ އެހިއެވެ. ނާސިފު ވަރަށް ތެދަށް ހުރިހައި ވާހަކައެއް ކިޔައިދިނެވެ. އެންމެ ތަންކޮޅެއް ފިޔަވައެވެ. ކުރިމަތިލުން ހިނގި ވަގުތު، އެ ތަނުގައި ނާސިފު ހުރި ވާހަކައެއް ނުބުނެއެވެ.

"ފޯނު ނަންބަރު ދީފާނަން؟" ފުލުހުން އެދުނެވެ.

"މިހާރު ވެސް ތި ކޮޅުގަ އަހަރެންގެ ނަންބަރު އޮންނާނެ." އެހެން ބުނެފައި ވެސް ނާސިފު ނަންބަރު ދިނެވެ.

ކުލާހުގައި އިން ނަމަވެސް ނާސިފުގެ ހިތް އޮތީ ހޮޓަލުގައެވެ. ހިތުގައި ވަނީ ބޮޑު ސުވާލުމާކެކެވެ. ހިބާ ކޮބައި ހެއްޔެވެ؟ ރާހިލްއަކީ ހިބާއަށް ރައްކާތެރި މީހެއް ނޫނެވެ. އޭނަ ކޮންމެ ފަދަ ކަމެއް ވެސް ހިބާއަށް ކޮށްފާނެއެވެ. ކުލާހުގައި ކިޔައިދޭ އެއްޗަކަށް ސަމާލުކަން ދޭން އުނދަގޫވާ ވަރަށް ހިބާގެ ފިކުރުތައް ތޮއްޖެހުމުން، އަމިއްލަ ހިތާ ނާސިފު ސުވާލެއް ކުރިއެވެ. ތި ވަރަށް ވިސްނަން ހިބާއަކީ އަހަރެންގެ ކާކު ހެއްޔެވެ؟ އެއްވެސް ގުޅުމެއް ނެތެވެ.

ކުލާސް ނިންމާފައި ހޮޓަލަށް ދިޔަ މަގުމަތީގައި، ޓެކުސީގެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިލައިގެން ނާސިފު އިނެވެ. ހިތަށް އެރިއެވެ. ވީހައި ވެސް އަވަހަކަށް މާލެ ދާންވީއެވެ. ހުރިހައި ގޮތަކުން ވެސް ނާސިފަށް އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. ނާސިފު ހުރި ކޮޓަރި އާއި އެ ހޮޓަލާއި މުޅި އިންޑިޔާ ވެސް ނާސިފަށް ވިހަ ވެއްޖެއެވެ. އެ ވަގުތު ފޯނެއް އައެވެ. ބަލައިލި އިރު އެއީ ހިބާގެ ކޯލެކެވެ.

"ކީކޭ ހިބާ؟" ނާސިފު ބުންޏެވެ.

ހިބާ ވާހަކައެއް ނުދައްކައެވެ. ހީވަނީ ރޯހެންނެވެ.

"ހިބާ!" ނާސިފު ބުންޏެވެ. "ޔޫ އޯކޭ؟"

"ކްލާސް ނިމުނީތަ؟" ހިބާ ސުވާލު ކުރިއެވެ.

ހިބާގެ އަޑު ކަންފަތުގައި ޖެހުމާ އެކު ނާސިފަށް އެއް ކަމެއް ކަށަވަރުވިއެވެ. ހިބާ ވަރަށް ރޮއިފިއެވެ. އެހެނަސް، ނާސިފު އެ ސުވާލެއް ނުކުރެއެވެ.

"އާނ! ހޮޓަލަށް މި ދަނީ،" ނާސިފު ބުންޏެވެ. "ބްރޭކްފާސްޓުން ދިމާވާނޭ ބުނެފަ... މާ ކުރިން ސައިބޮއި ނިންމާލީ ދޯ؟"

"ނޯ!" ހިބާ ބުންޏެވެ. "މީ... ހޭނުލެވުނީ.. ކްލާސް ވެސް ކެޓީ."

ނާސިފަކަށް ގަބޫލެއް ނުކުރެވުނެވެ. ހިތަށް އެރިއެވެ. ހޭނުލެވުނީކީ ނޫނެވެ. ކައިރީގައި އޮތް މީހާ ހިބާ ނުފޮނުވީއެވެ. އެކަމަކު ހިބާ އެ ކަން ސިއްރު ކުރަން ހުރިއްޔާ ނާސިފު ކޮންމެހެން އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

"ކްލާސް ކެޓީމަ ދެރަ!" ނާސިފު ބުންޏެވެ. "ހިބާ އެއްވެސް ކަމެއް ބޭނުމިއްޔާ ހަމަ ބުނެލަން ޖެހޭނީ އިނގޭ!

އެންމެ ކޯލެއް ކޮށްލަން ޖެހޭނީ. ކަމަކުތަ ތި ގުޅީ؟"

"ޔާ!" އެހެން ބުނެފައި ދެން އިތުރު އެއްޗެއް ހިބާ ނުބުންޏެވެ.

"ކޮން ކަމަކުހޭ އެހީމަތަ ބުނާނީ؟" ނާސިފު އެހިއެވެ.

"ސޮރީ!" ހިބާ ބުންޏެވެ. "އޭނަ ވަރަށް އެ ކަހަލަ އެއްޗެހި ކިޔާނެ. އަހަރެން ހަދާ ގޮތަކީ ސީރިޔަސް ނުވަނީ."

ރާހިލް ބުނި ތިން އަކުރު އޭރު ވެސް ނާސިފު ހަނދާން ހުއްޓެވެ. އޭގެ މާނަ ވެސް ހޯދައިފިއެވެ. ނާސިފު ހުރީ އެ ވާހަކަ ދައްކާނެ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ.

"އެކަމަކު އަސްލު އެއީ ތެދެކޭ ދޯ؟" ނާސިފު ބުނެލިއެވެ. (ނުނިމޭ)

14 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެޓު

22 June 2025

ހިބާ މަންމަ: ދަރިފުޅު ކޯސް ހަދައިގެން އައިމަ ޕްރޮމޯޝަނެއް ދިނުމުގެ ބަދަލުގަ ވަޒީފާއިން ވަކި ކުރީ ކީއްވެ؟ ހިިބާ: އެއީ ރާހިލް ގެންގޮސްގެން ކައިރީ ނިންދަވާތީ ކުލާސް ކަޓާ ވާހަކަ ބޮސްކައިރީ ބުނީމަ.

The name is already taken The name is available. Register?

ކީމޫ

22 June 2025

މިވާހަކައިގެ މި ބައި ހީވަނީ ބައެއް އޮންލައިން ނޫސްތަކުގަ ލިޔެފައި ހުންނަ ވާނުވާ ވާހަކަ އެއްހެން.. ބިންމާގެ ވާހަކައެއްހެން ހީވެސް ނުވޭ..

The name is already taken The name is available. Register?

ހިބާގެ މަންމަ

22 June 2025

ހެޔޮނުވާނެ ބިންމާ. ދެން މިވާހަކަ ނިންމަން އުޅޭ.. މިހާރު ދަންމަން ހަދައިގެން ޗެޕްޓާއަކަށް ފަހު ޗެޕްޓާއެއް ފޫހިވެފަ ހަޑި. މިހާރު ހީވެސްނުވޭ މީ ބިންމާގެ ވާހަކައެއްހެންވެސް. ދެން އަނެއްކާ މިހެން ބުނީމަ ދެން އަންނަ ބައިގަ ރާހިލް ޖިންނިއަކަށް ހަދާފަ ހިބާއަށް ރުގްޔާ ކުރާނީކީ ނޫން.

The name is already taken The name is available. Register?

ޑާކްނައިޓް

22 June 2025

މިއީ ހާދަ ގިނަ ދުވަސްވާ ކުރު ކޯހެކޭ ދޯ. ނާސިފު މިހާރު މޮސާޑުގެ ހަމަލާއިން ސަލާމަތްވެގެން ދެން ކުރިމަތިލާން މިއުޅެނީ ފަހު ބޮސް (ރާއްޖޭގެ ގޭންގް މީހަކާ).

The name is already taken The name is available. Register?

ހަސަނާހާ

22 June 2025

ތި ނާސިފަށް މީހަކާ ނީދެވިގެން އުޅެނީ ތިހެންވެ. މާ ކަޓީ. ޕީ ޓީ އެލް އޭ ބުނީމަ ރައްދެއް ވެސް ނުދެވުނު

The name is already taken The name is available. Register?

މހއމ

28 June 2025

ވަޓް އިޒް ޕީ ޓީ އެލް؟

The name is already taken The name is available. Register?

ކކކކ

22 June 2025

ހަމައެއް ނުޖެހޭ. ހިބާގެ މަންމަ ކަހަލަ އަންހެނަކު ދެލޯހެން ގެންގުޅޭ ހިބާ، ނީޓްކަމާ ނަލަހެދުމަށް ލޯބިކުރާ ހިބާ، ރާހިލްކަހަލަ ޖަންކު ގަނޑެއް ޗޫސް ނުކުރާނެކަން ޔަގީން. ޝީ އިޒް ސަމްވަން ހޫ ނޯސް ހަރ ވަރތް.

The name is already taken The name is available. Register?

ސސސސއ

22 June 2025

ނިކަން އނގޭ މީހަކު ބުނެބަލަ ޕީޓީއެލް އެ ކޯޗެއްކަން... ނާސިފު ނޫނަކަސް މަށަކަށްވެސް ނޭނގެ އޭ އެބުނި އެއްޗެއް...

The name is already taken The name is available. Register?

ގާރލް7

22 June 2025

މަށަކަށް ވެސް ނޭނގޭ ޕީ.ޓީ.އެލް ގެ މާނައެއް. ޕްލީސް ކޮންމެސް ކުއްޖަކު ވަށްބަހުން ނަމަވެސް ބުނެދީބަ އޭގެ މާނަ.

The name is already taken The name is available. Register?

ޕާޓް ޓައިމް ލަވާ

22 June 2025

ހިބާ ދެކެ ފޫހިވެއްޖެ

The name is already taken The name is available. Register?

ޖޭކް4

22 June 2025

ސޯ އަންރިއަލިސްޓިކް

The name is already taken The name is available. Register?

ޕީޓީއެލް

22 June 2025

ޕާޓް ޓައިމް ލަވަރ

The name is already taken The name is available. Register?

މހއމ

28 June 2025

ޖާރިޔާ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454