އިންޑިއާގައި ޖަސްޓިން ބީބާ ޝޯ ހުށަހަޅަނީ
13 މެއި 2017 - 07:14
ކެނެޑާގެ ޕޮޕް ސްޓާ ޖަސްޓިން ބީބާ ފުރަތަމަ ފަހަރަށް އިންޑިއާގައި ބޭއްވި ކޮންސަޓާ މެދު ބޮލީވުޑް ބައެއް ތަރިން ހިތްހަމައެއް ނުޖެހެ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ މުމްބާއިގެ ޑީވައި ޕާޓިލް ސްޓޭޑިއަމްގައި އޮތް މި ކޮންސަޓް ބަލަން ބޮލީވުޑް ތަރިންގެ ތެރެއިން އާލިއާ ބަޓް، މަލައިކާ އަރޯރާ ޚާން، ޖެކްލީން ފެނާންޑިސް، އަރްބާޒް ޚާން، ބިޕާޝާ ބާސޫ އަދި އަރްޖުން ބިޖިލާނީ ފަދަ ތަރިން ދިޔަ އެވެ. މީގެ ތެރެއިން ދަރިން ތިބި މީހުން ދަރިން ގޮވައިގެން ދިޔައިރު އާއިލާގެ އެންމެން ގޮވައިގެން ދިޔަ މީހުން ވެސް މަދެއް ނޫނެވެ.
މި ޝޯގެ ޓިކެޓެއް 4،000 ރުޕީސް އަށް ވިއްކާފައި ވާއިރު ބެކްސްޓޭޖަށް ދާން ބޭނުން މީހުންނަށް ޓިކެޓް ވިއްކާފައިވަނީ 76،000 ރުޕީސް އަށެވެ.
ޝޯ ބަލަން ގާތްގަނޑަކަށް 45،000 މީހުން ވަދެފައިވާއިރު ބޮލީވުޑް ބައެއް ތަރިން ވަނީ ޝޯއާ މެދު ހިތްހަމަނުޖެހިގެން ތަފާތު ޓުވީޓްތައް ކޮށްފަ އެވެ. އޭގެ ތެރޭގައި ފިލްމީ ބަތަލާ ސޮނާލީ ބެންޑްރޭ ހިމެނެ އެވެ. ސޮނާލީ ކުރި ޓްވީޓެއްގައި ޝޯގެ އިންތިޒާމްތައް ދޯހަޅިކަމުން ފާޑުކިޔާފައިވެ އެވެ. އަދި ޝޯ ބަލަން ދިޔަ ހޭދަކުރި ވަގުތު ބޭކާރު ކަމަށް އޭނާ ބުނެފައިވެ އެވެ.
ފިލްމީ ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވަރަށް ވެސް މި ޝޯ ކަމަކު ނުދިޔަ އެވެ. އެހެންވެ އެތަނަށް ވަންތާ ފަސް ވަރަކަށް މިނިޓް ތެރޭގައި އެމީހުން ވަނީ އެނބުރި ގޮސްފަ އެވެ.
Biebered out!!! Missed d efficiency of @WizcraftIndia n d personal touch of @WizAndreTimmins #wasteoftime
— Sonali Bendre Behl (@iamsonalibendre) May 10, 2017
ސޮނާލީ ގެ ޓުވީޓެއް
ޖަސްޓިން ބީބާގެ ޝޯ ބަލަން ދިޔަ ވަރަށް ގިނަ ފޭނުން ބުނީ އެ ޝޯގައި ޖަސްޓިން ލަވަ ކިޔާފައި ނުވާ ކަމަށާއި ލަވަ ޖަހައިގެން، ލަވަތަކަށް ތުން ތެޅުވީ ކަމަށެވެ. އެހެންވެ ހަގީގީ ކޮންސެޓެއް ބަލައިގެން ލިބެންވީ ހިތްހަމަޖެހުން ނުލިބުނު ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
13 May 2017
ވަރިހަމައެއްނު. ތި ޝޯ އިންތިޒާމު ކުރި މީހުން މިހާރުތިބީ މިލިއަނަރުންނައް ވެފަ.
ހެހެ
13 May 2017
ފުޓުބޯޅަމެޗެއްގެ ޓިކެޓް ވިހި ރުޕީސްއަށް ވިއްކިނަމަވެސް އިންޑިއާ މީހުން މެޗުބަލަން ނުވަދޭ!!!ޖަސްޓިންގެ ޝޯވ އެއްބަލަން ހަތަރުހާސް ރުޕީސް ހަރަދު ކުރަން ތައްޔާރަށް.
ހެހެހެހެ
13 May 2017
އަދި އެއްފަހަރު އަމިއްލަ ކޮމެންޓް ކިޔާލަބަލަ
ލަތީފާ
13 May 2017
މި އިންޑިޔާ މީހުންވެސް ދެން އުޅޭވަށްތަރެށް އުތާ ކަލޭމެންވެސް ހަމަ ތިޔަފާޑަށް ތަންތަނަށްގޮސް ލަވަކިޔަނީ ކަލޭމެން ތިޔަ ހިތްހަމަ ނުޖެހުނުގޮތް މަށަށްއެނގޭ އެސޮރު ކަލޭމެންގެ ގައިގަ އުނގުޅިލަން ނުދިޔާމަ ވީގޮތެށްތީ ލޮލް