ފިލްމް "ވިޝްކާ" ގެ މަންޒަރެއްގައި ރިޝްމީ.
20 ޖޫން 2016 - 09:34
އަންނަ އޮގަސްޓް މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމް "ވިޝްކާ" ގެ ޓީޒާ މިހާރު ބެލުންތެރިންނަށް ފެނިއްޖެ އެވެ. ފިލްމު ބިނާކޮށްފައި ވަނީ އަންހެން ކެރެކްޓާއެއްގެ މައްޗަށެވެ.
ކްރައިމް ޑްރާމާއެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް އަންނަ މި ފިލްމަކީ ވަރަށް "ޑާކް" ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލުން ފެނިގެން ދާނީ ރިޝްމީ ރަޒީމެވެ.
މި ފިލްމަކީ އޭނާގެ އާއިލީ ފިލްމް ކުންފުނި ޔާރާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ސީދާ ރިޝްމީ ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ.
ފިލްމު ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ އެވެ. މިއީ ދިވެހި ސިނަމާ އަށް އަނެއްކާ ވެސް އާ ރަހައެއް، އާ ކުލައެއް ގެނެސް ދޭނެ ފިލްމަކަށް ވެދާނެ އެވެ. ފިލްމުގައި ރިޝްމީ ކުޅޭ ކެރެކްޓާ އާއި އޭނާ ފެނިގެން ދާ ގޮތުން މިހެން ބުނަން ފުރުސަތު އެބަ އޮތެވެ.
"ވިޝްކާ" އަކީ ވަރަށް ޒަމާނީ އަދި މިނިވަން ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ލޯބިވެވޭ މީހެއްގެ ސަބަބުން އޭނާގެ ދިރިއުޅުން ބޮޑު އަނދިރިގަނޑެއްގެ ތެރެއަށް ވެއްޓި، އެތައް ދަންތުރައެއްގައި ތާށިވެ އެވެ. މި ކެރެކްޓާ ކުޅެން ރިޝްމީ ވަނީ ވަރަށް ބޮޑަަށް ތައްޔާރުވެފަ އެވެ.
ޓީޒާ އިން ވެސް ފެންނަ ގޮތުގައި ރިޝްމީ ފިލްމުން ފެނިގެން ދާނީ ވަރަށް ތަފާތު ކޮށެވެ. މީގެ ކުރިން އޭނާ ނުފެންނަ ކަހަލަ ތަފާތު ގޮތަކަށެވެ. އެކަން މިހާރު ވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.
ފިލްމް "ވިޝްކާ" ގެ ފޮޓޯ ޝޫޓެއްގެ ތެރެއިން.
ރިޝްމީގެ ހެއާ ސްޓައިލާއި މޭކަޕާއި އޭނާގެ ކޮސްޓިއުމްތައް ވެސް މި ފަހަރު ތަފާތު ވާނެ އެވެ. އެހެންވެ ފަހަރުގައި "ވިޝްކާ" ބަލާފައި އެ ކެރެކްޓާ ކޮޕީކޮށްފާނެ މީހުން ވެސް އުޅެފާނެ އެވެ.
ރިޝްމީ ބުނީ ފިލްމުގައި އޭނާގެ ތަފާތު ތިން ލުކެއް ނުވަތަ ސިފައެއް ފެނިގެން ދާނެ ކަމަށެވެ. އެއީ އެކި ހާލަތާ ގުޅޭ ގޮތަށް ދައްކުވައިދޭ ސިފައެކެވެ. މިކަމަށް މި ފަހަރު ހާއްސަ ސްޓައިލިސްޓެއް ވެސް ރިޝްމީ އާ އެކު މަސައްކަތްކޮށްފައިވެ އެވެ.
އެއީ އެ ދާއިރާއިން ކިޔަވާފައިވާ ނޫރާ ރަޝީދެވެ. ރިޝްމީ ފިލްމުން ފެނިގެން ދާނީ ނޫރާގެ ފިހިން ޖައްސާފައިވާ ކުލަތަކާއި ދަޅަތަކާ އެކުގަ އެވެ.
"މީގެ ސްކްރިޕްޓް ބިލްޑް ކުރަން ފެށި ހިސާބުން ވިޝްކާގެ ކެރެކްޓާ، އޭނާގެ ލުކް ހުންނާނެ ގޮތް އަހަރަމެން ދިޔައީ ފިގައައުޓް ކުރަމުން. އެހެންވީމާ ސްކްރިޕްޓް ނިމިގެން ފިލްމު ވެސް ޝޫޓްކޮށް ނިންމާލީ ހަމަ އެންމެ ބޭނުންވި ގޮތަށް،" ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ރިޝްމީ ބުންޏެވެ. "ވިޝްކާގެ ކެރެކްޓާ ސްކްރީނަށް ގެނެވޭ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި މި ހުރީ."
އޭނާ ބުނީ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ފެނުމާ އެކު، ފޭނުންގެ ފަރާތުން ތަފާތު ކޮމެންޓްތައް އަންނަމުންދާ ކަމަށެވެ.
ރިޝްމީ "ވިޝްކާ" ގެ ޝޫޓިންގައި.
"ހާއްސަކޮށް އިސްތަށިގަނޑުގެ ކުލަ އާއި ކޮށާލައިފައި އޮތް ގޮތުން ވަރަށް ގިނަ ބަޔަކަށް ކަމުގޮސްގެން އެބަހުރި ވަރަށް ޕޮޒިޓިވް ކޮމެންޓްސް އައިސްފައި،" ރިޝްމީ ބުންޏެވެ. "އެގޮތަށް ރިއެކްޝަން އައިސްފައި ހުރީމަ އެނގޭ ވިޝްކާގެ ލުކް ގެނެވިފައި ހުރީ ހަމަ އެންމެ ބޭނުންވި ގޮތަށް އެންމެ ރަނގަޅަށްކަން."
އޭނާ ބުނީ އޮތް ހަމައެކަނި ރިގްރެޓަކީ ކެރެކްޓާ އަށް ހަށިގަނޑު އިތުރަށް ފިޓް ކުރަން ޖިމަށް ދާން ވަގުތު ނުލިބުން ކަމަށެވެ.
"އަސްލު އެ ކެރެކްޓާ އަށް ފިޓްވާންވެގެން ޖިމަށް ދާން ކުރިން އޮތީ ޕްލޭންކޮށްފައި. އެކަމަކު ފިލްމުގެ ޕްރޮޑިއުސަރެއްގެ ޒިންމާ އާއި ޕްރޮޑަކްޝަން މެނޭޖަރުގެ ޒިންމާގެ އިތުރުން އެކްޓް ވެސް ކުރަން ޖެހޭތީ އެންމެ ބޭނުންވި ގޮތަށް ކެރެކްޓާ އަށް ތައްޔާރު ވާން ދަތިތަކެއް ދިމާވި. އެކަން އެކަނި ރިގްރެޓަކަށް އޮތީ،" އަބްދުﷲ ވިޝާމްގެ ވާހަކަ ލިޔެ، މަހުދީ އަހުމަދު ސްކްރީޕްލޭ ލިޔުނު ފިލްމާ ބެހޭ ގޮތުން ރިޝްމީ ބުންޏެވެ.
އެކަމަކު ރިޝްމީ ދޭ ޔަގީން ކަމަކީ "ވިޝްކާ" ސޫރަ ހަމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ބެލުންތެރިންނަށް ފެނިގެން ދާނެ ކަމެވެ. އެވަރަށް އޮތީ މަސައްކަތް ކުރެވިފަ އެވެ.
ފިލްމް "ވިޝްކާ" ގެ މަންޒަރެއްގައި ރިޝްމީ އާއި ރަވީ.
މީގެ ހާއްސަ އަނެއް ކަމަކީ މަޝްހޫރު ޑިޒައިނަރު މުހައްމަދު ރިއްފަތު "ވިޝްކާ" ގެ ބައެއް ކޮސްޓިއުމްތައް ތައްޔާރުކޮށް ދިނުމެވެ.
މިއީ ފިލްމަކަށް ހާއްސަކޮށް ރިފްއަތު ކޮސްޓިއުމް ތައްޔާރުކުރި ފުރަތަމަ ފިލްމެވެ.
"ފަހާފައި ހުރި ކޮސްޓިއުމެއް ވެއްޖިއްޔާ އެއީ ރިފްއަތުގެ ކްރިއޭޝަން،" ރިޝްމީ ބުންޏެވެ. "ދެން މީގައި ބޭނުންކޮށްފައި ހުންނާނީ ލަންކާ އިން ގަނެގެން ބޭނުންކޮށްފައި ހުރި ކޮސްޓިއުމްތައް."
"ވިޝްކާ" ބެލުންތެރިންނާ ހަމައަށް އަންނާކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ. ފިލްމަށް އިންތިޒާރުކުރާ މީހުންނަށް ރިޝްމީ ދޭން ވެސް އޮތީ ހިނިތުންވާ ކަހަލަ ހަބަރަކެވެ. އެއީ ފިލްމުގެ ރަސްމީ ޓްރެއިލާ އާއި ޕޯސްޓަރު ފިތުރު އީދު ދުވަހު ގެނެސް ދޭން ނިންމާފައި އޮތުމެވެ.
ފުރިހަމަ އަދި ރީތި ފިލްމެއްގެ ގޮތުގައި "ވިޝްކާ" ބެލުންތެރިންނަށް ދައްކައިލާނީ ޝްވެކް ސިނަމާގަ އެވެ. އެހެންވެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިލްމަކަށް "ވިޝްކާ" ވާނެ ކަމަށް ރިޝްމީ ބުންޏެވެ.
"މި ފިލްމަކީ މިހާތަނަށް ދިވެހި ފިލްމަކުން ނުފެންނަ ކަހަލަ ސިނަމެޓިކް އެކްޕީރިއަސަށް ވާނެ. ވަރަށް ބޮޑަަށް ފާހަގަކޮށްލަން ބޭނުން މީގެ ކެމެރާ ކަހަލަ ޓެކްނިކަލް މަސައްކަތް ކުރި މަދޮށި ސްޓޫޑިއޯ،" އޭނާ ބުންޏެވެ. "އެ ވަރުގެ ޑެޑިކޭޝަނަކާ އެކު މަސައްކަތް ކުރި ޓީމަކާ އެއްކޮށް އަދި މިހާތަނަކަށް ނެތް ރިޝްމީ އަށް މަސައްކަތް ކުރެވިފަ. އެ ޓީމްގެ މަސައްކަތް ވަރަށް ފުރިހަމަ."
"ވިޝްކާ" މިހާރު އޮތީ އެޑިޓިންގަ އެވެ. ފިލްމް އޮގަސްޓް މަހުގެ ކުރީކޮޅު ސިނަމާ އަށް އަންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާޔާ ދަނބިދޫ
22 June 2016
ވަރަށޯ ރީީތިވަާނީ :)
އ މ
20 June 2016
އޮފިޝަލް ޓްރެއިލާޔޯ! ބަޔަކު ހަމަ އެއްޗެއް ހަދާއިރަށް އެ ނޭނގުނަސް ހަދާތި. ގޫގަލް ކޮށްބަލަ އޮފިޝަލް ޓްރެއިލަރ ކިޔަނީ ކިހިނެއް ވެތޯ؟؟؟
އ މ އަށް
22 June 2016
ޢެއްކަލަ މާ އެނގޭ މީހުން މިއުޅެނީ. ޓިވަރަށް އެގެއްޔާ އެޔެއްވެސް ލިޔެލާފަ ބާއްވާނަމަ އަޅެ.
އެނިމޭ
20 June 2016
ހީވަނީ އެނިމޭ ކަރެކްޓާރ އެއްހެން. ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ.ރީތި
99
20 June 2016
ޝުރެކް
ވިސްނާލީމާ
20 June 2016
ކޮންމެ ގޮތަކަށް ފެނުނަސް، ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް، ރީތިމީހުން ރީތިވާނެ! -އިބްރާހީމް-
ވިސްނާލީމާ
20 June 2016
ރިޝްމީވެސް ރީތި! އަދި ރިޝްމީގެ އެކްޓްވެސް ހަމަ އެހާ އޮބި! މިފަހަރުވެސް ރަނގަޅު ވާނެހެން ހީވަނީ! -އިބްރާހީމް-
ފާތުން
20 June 2016
އިބުރާހީމަށް ސާބަހޭ....
ވިސްނާ
20 June 2016
ލިއުން ކިޔަންވެސްވޭ! ކޮމންޓްވެސް ކިޔަންވޭ! ފިލްމުވެސް ބަލަންވޭ! މަލާމަތް ނޫން އެއްޗްއް ކުރަން ނޭނގޭ! ބިނާކުރަނިވި ފާޑެއް ކިޔާނަމަ އެއްކަމެކޭ! ދިވެހިންގެ ހާލަތު. ދިވެހިން ދިވެހިންގެ ގޮތުގަ.#ލަދު
ވިސްނާލީމާ
20 June 2016
ބަލާލަންބޭނުންވަނީ މީ ކިތައްގަޑިއިރުގެ ފިލްމެއްތޯ؟ -އިބްރާހީމް-
ތާއީދު
20 June 2016
ވަރަށް އުފާވޭ ދިވެހި ފިލްމީ ދާއިރާ ކުރި އަރުވަން ތިކުރާ މަސައްކަތައް
ތާއީދު
20 June 2016
ހަމަ ރީތި