މިދިޔަ އަހަރުގެ ގްރެމީ އެވޯޑްސް ހަފްލާގައި ބީބާ ބައިވެރިވަނީ: މައްސަލަތަކުގެ ތެރޭގައި ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރި.
01 އޮކްޓޯބަރ 2017 - 08:18
އަޚުލާގު ގޯސްވުމާއި ގާނޫނާ ޚިލާފުވުމުގެ މައްސަލަތަކުން އަރައިގަނެ، ޖަސްޓިން ބީބާ "ހަރު މީހަކަށް" ވެއްޖެ ކަމަށް އޭނާގެ މެނޭޖަރު ސްކޫޓާ ބްރޯން ބުނެފި އެވެ.
ކެނެޑާ އަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ބީބާ އުމުރުން އެންމެ 12 ވަރަކަށް އަހަރުގައި ފާހަގަކުރެވިގެން އޭނާ މީހަކަށް ހެދި ބްރޯން ވޯލް ސްޓްރީޓް ޖާނަލް މެގަޒިން އަށް ކިޔައިދިން ގޮތުގައި ދޮޅު އަހަރު ދުވަސް ވަންދެން ބީބާ އުޅުނު ގޮތް، މީހުން ހީކުރާ ވަރަށް ވުރެ ވެސް މާ ގޯހެވެ.
އެކަމަކު މިހާރު އެ ހުރިހާ ކަމެއް ހަމައަކަށް އެޅި، ބީބާ ރަނގަޅު މީހަކަށް ބަދަލުވެއްޖެ ކަމަށާއި އެކަމަށްޓަކައި އޭނާއާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށް ބްރޯން ބުންޏެވެ.
ބީބާ 2013 ވަނަ އަހަރު ރެސްޓޯރެންޓެއްގެ ބަދިގޭގައި ހުރި މޮޕް ބާލިދީ އަކަށް ކުޑަކަމުދަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާއްމުވެފައިވެ އެވެ. ޖެހިގެން އައި އަހަރު، މަސްތުވެގެން ހުރެ ކާރު ދުއްވި މައްސަލައެއްގައި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅިގެން ކޯޓުން އޭނާ ލައްވައި ރުޅި މެނޭޖްކުރުމުގެ ކްލާސްތަކެއް ނެންގުވި އެވެ. އަދި ޚައިރާތަށް 50،000 ޑޮލަރު ހަދިޔާކުރަން ވެސް އަމުރުކުރި އެވެ. ހަމަ އެ އަހަރު، އަވައްޓެރިއެއްގެ ގެ އަށް ބިސް ޖެހި މައްސަލައެއްގައި ވެސް އޭނާ ޖޫރިމަނާކޮށްފައިވެ އެވެ.
ބީބާ (ވ) އާއި ބްރޯން
ބީބާގެ މައްސަލަތަކުގައި އަމިއްލަ ޒިންމާއެއް ވެސް އޮތް ކަމަށް ދެކޭ ބްރޯނާ ގަބޫލުކުރާ ގޮތުގައި ބީބާ މިހާރު އެހެރީ އޭނާ އަށް އުޅެވޭނެ އެންމެ ގޯސްކޮށް އުޅެވިފަ އެވެ. އަދި އެ ކަމުން އޭނާ އަރައިގަތް ގޮތް ފެނިފައި އުފާވެ، އަޖައިބުވި ކަމަށް ވެސް މެނޭޖަރު ބުންޏެވެ.
އެ ކަންތައްތަކުގެ ތެރޭގައި ބީބާ އާއި ބްރޯނާއާ ދެމެދު ވެސް މައްސަލަ ޖެހުނެވެ. އެކަމަކު މިހާރު އަނެއްކާވެސް ދެ މީހުންގެ ގުޅުން ރަނގަޅުވެފައިވާ އިރު ބްރޯނާ ބުނަނީ ބީބާއަކީ އޭނާގެ އާއިލާގެ މެމްބަރެއް ކަމަށެވެ.
"ޚާއްސަކޮށް މިހާރު އޭނާ ބޮޑު މީހަކަށް ވެފައިވާ އިރު، އަހަންނަށް ހީވަނީ މި އޮތީ ބޭބެއަކާއި ކޮއްކޮއެއްގެ ގުޅުންހެން،" ކަންޔޭ ވެސްޓް އާއި އަރިއާނާ ގްރާންޑޭ ފަދަ މަޝްހޫރު ލަވަކިޔުންތެރިންގެ ވެސް މެނޭޖަރު ބުންޏެވެ.
ބްރޯނާ ކިޔައިދިން ގޮތުގައި ބީބާއާ މެދު އުއްމީދު ކަނޑާލައި އޭނާ ދޫކޮށްފައި "އެހެން ކަމަކާ އުޅެން" މިއުޒިކް އިންޑަސްޓްރީގެ ބޮޑެތި މީހުން އޭނާ އަށް ނަސޭހަތް ވެސް ދިނެވެ. އެކަމަކު އޭނާ ބުނީ އެ ވާހަކަ އަޑުނޭހީ، ބީބާގެ އުމުރުން 13 އަހަރުގައި އޭނާ އަށް ވީ ވައުދެއްގެ ސަބަބުން ކަމަށާއި، ދުވަހަކު ވެސް އޭނާ ދޫކޮށްނުލާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.
އުޅުން އިސްލާހުކުރި ކަމުގެ އިޝާރާތެއްގެ ގޮތުން އޭޕްރީލް މަހު ބީބާ ވަނީ ފުލުހުން ނަގާފައިވާ އޭނާގެ މަގްޝޮޓެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް، "ކުރިން ހުރި ހިސާބު"ން އޭނާ ސަލާމަތްވެފައިވާތީ ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްހައްހާ
01 October 2017
ލޮލް. މި "ހަބަރު" ކިޔާލީމަ އަޅުގަނޑުގެ އައި ކިޔު ލެވަލް ދައްވި އަދި ސިކުޑިން ދިލަނަގަން ވެސް ފެށި. ޝުކުރިއްޔާ!
ވިސްނާލީމާ
01 October 2017
ހަރަސް މަޑަސް ބޮޑަށް އެނގޭނީ އަބަދު އުނގުޅޭ މީހުނަށް! -އިބްރާހީމް-
ދޮން އާމިރު
01 October 2017
ދިވެހިކުދިންނޭ ބީބާއަވަހަށް މިސާލަކަށްނަގާ...މިވެސް ޙަބަރެކޯލަ.