އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ "ސާކް ކަލްޗަރަލް ފެސްޓިވަލް އޮން ޓްރެޑިޝަނަލް ޑާންސް 2017" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ގްރޫޕްތަކަށް ހުޅުވާލައިފި އެވެ.
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ ފެސްޓިވަލްގައި ބައިވެރިވެވޭނީ ހަ ފަންނާނުން ހިމެނޭ ގްރޫޕަކަށް ކަމަށެވެ.
އެހެންވެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ގްރޫޕްތަކަށާއި ފަންނާނުންނަށް އެ މީހުންގެ ޕްރޮފައިލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެންސީއޭ އިން ބުނީ ފެސްޓިވަލަށް ދާން ފުރުސަތު ލިބޭ ފަންނާނުންގެ އެކޮމަޑޭޝަނާއި ލޯކަލް ޓްރާންސްޕޯޓް ސާކް ކަލްޗަރަލް ސެންޓަރުން ހަމަޖައްސައި ދިން ނަމަވެސް ދަތުރަށް ހަރަދުކުރަން ޖެހޭނީ އަމިއްލަ އަށް ކަމަށެވެ.
މި ފަހަކަށް އައިސް އެންސީއޭ އިން އަންނަނީ ބޭރު ގައުމުތަކުގައި ބާއްވާ އެކިއެކި ފެސްޓިވަލްތަކުން ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދެމުންނެވެ. އެގުން ރާއްޖޭގެ ބޮޑުބެރު ބޭންޑްތަކަށް ލިބޭ ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.