08 އެޕްރީލް

April 08, 2020 1
އެސްޑީއެފުން ސާކަށް 5 މިލިއަން ޑޮލަރު ދެނީ

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ސާކް ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އިން މެންބަރު ގައުމުތަކަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

21 މާޗް

March 21, 2020 8
ކޮވިޑް-19 ރިލީފް ފަންޑަށް ރާއްޖެއިން 2ލައްކަ ޑޮލަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ކޮވިޑް-19 އިމަޖެންސީ ރިލީފް ފަންޑަށް ރާއްޖެ އިން ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) ހަދިޔާކުރަން ނިންމައިފި އެވެ.

15 މާޗް

March 15, 2020 104
އާމްދަނީން 446 މިލިޔަން ޑޮލަރު މަދުވެދާނެ:ރައީސް

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ޓޫރިޒަމަށް އަންނަމުންދާ ހީނަރުކަން މިހާރު ކުރިއަށް ދާ ގޮތަށް ދެމިގެން ހިނގައްޖެ ނަމަ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު...

14 މާޗް

March 14, 2020 9
ކޮވިޑް-19: ސާކްގެ ވެރިންގެ ކޮންފަރެންސެއް މާދަމާ

ކޮވިޑް-19 އާ ދެކޮޅަށް ސަރަހައްދީ ގޮތުން އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ސާކް ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ވީޑިއޯ ކޮންފަރެންސެއް މާދަމާ އޮންނާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު...

24 ފެބުރުއަރީ

February 24, 2020 2
ސާކް ޑިވެލޮޕްމެންޓް ފަންޑަށް ސީއީއޯއެއް ހޯދަނީ

ސާކް ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

08 ޑިސެމްބަރ

December 08, 2019 2
ސާކްގެ ނިންމުންތަކުން ނަތީޖާ ނެރެން ޖެހޭ: ރައީސް

ސާކްގެ ނިންމުންތަކުން މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.

14 ނޮވެމްބަރ

November 14, 2019 13
ނަހުލާ އަށް އޭޝިއާގެ ބިޒްނަސް އެކްސެލެންސް އެވޯޑް

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އަށް ބޭރުގެ އެވޯޑެއް ލިބިއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2019 2
ސާކުގެ ތައުލީމާބެހޭ ވަޒީރުންގެ ބައްދަލުވުން ރާއްޖޭގައި

ސާކު ގައުމުތަކުގެ އެޑިއުކޭޝަނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2019
އާ ވިޔަފާރިތަކަށް އެހީތެރިވަނީ އަމިއްލަ ފަރާތްތަކުން

އަލަށް ފަށާ ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ ވަރަށްވުރެ ބޮޑަށް ޕްރައިވެޓް ސެކްޓާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

18 ސެޕްޓެމްބަރ

September 18, 2019
ސްޓާޓްއަޕް ބޫޓް ކޭމްޕެއް ސާކުން ރާއްޖޭގައި ބާއްވަނީ

ސާކުގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ސްޓާޓްއަޕް ކުންފުނިތަކަށް ހާއްސަކޮށްގެން ބޫޓް ކޭމްޕެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

01 ސެޕްޓެމްބަރ

September 01, 2019 33
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ކުރިއަށް ދާ ސާކް ސްޕީކާސް ސަމިޓްގައި އިންޑިއާ އާއި ޕާކިސްތާނުގެ ވަފުދުގެ ދެމެދު، ކަޝްމީރުގެ މައްސަލާގައި، ބޮޑު ޒުވާބެއް ހިނގައިފި އެވެ.

September 01, 2019 8
"މޫސުމީ ހައްލު ހޯދުމަކީ ސިޔާސީ ބޮޑު ގޮންޖެހުމެއް"

ސިޔާސީ ފަރާތްތަކަށް މިހާރު އޮތް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ކުރިމަތިލާނެ ގޮތެއް ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްްޖޭގެ ކުރީގެ ރައީސް...

08 އޯގަސްޓް

August 08, 2019
ސާކްގެ އާޓް ކޭމްޕްގައި ބައިވެރިވާން ހުޅުވާލައިފި

ސާކް ގައުމުތަކުގެ ފަންނުވެރިންނާ އެކު ބާއްވާ "ސާކް އާޓިސްޓް ކޭމްޕް އެންޑް ޕެއިންޓިން އެގްބިޒިޝަން" އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވަން ނިންމައި، ރާއްޖޭގެ ކުރެހުންތެރިންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

27 ޖޫން

June 27, 2019
ސާކް ފެސްޓިވަލް: ރާއްޖޭން "ގޮށްރާޅު" އާއި "ސޯލް"

އަންނަ މަހު ސްރީ ލަންކާގައި ފަށާ 9 ވަނަ ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖޭން ދެ ފިލްމު ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

09 ޖޫން

June 09, 2019
ސާކް ފިލްމު ފެސްޓިވަލް އަންނަ މަހަށް ތާވަލުކޮށްފި

މިދިޔަ މަހު ސްރީ ލަންކާގައި ބާއްވަން އުޅުނު 9 ވަނަ ސާކް ފިލްމު ފެސްޓިވަލް އަންނަ މަހަށް ތާވަލުކޮށްފި އެވެ.

09 މެއި

May 09, 2019
ސާކް ފިލްމު ފެސްޓިވަލް ފަސްކޮށްފި

ސާކް ގައުމުތަކުގެ ފިލްމުތަކަށް ހާއްސަކޮށްގެން ބާއްވާ މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލް ފަހުގެ ތާރީހަކަށް ފަސްކޮށްފި އެވެ.

28 ފެބުރުއަރީ

February 28, 2019 14
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި

ކަޝްމީރުގައި ޕާކިސްތާނު ހަނގުރާމަވެރިންގެ ބަޔަކު ހަމަލާދީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބަޔަކު މަރާލުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން ކެތްތެރިކަން އިސްކޮށް ވާހަކަ ދައްކައިގެން ހައްލު ހޯދަން ރާއްޖޭން ގޮވާލައިފި އެވެ.

08 ޑިސެމްބަރ

December 08, 2018 4
ސާކު ގައުމުތަކަށް ފުރިހަމަ އެހީތެރިކަން ދޭނަން: ރައީސް

ސާކުގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަބަދު ވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2018 11
ސާކް ސަމިޓުގައި އިންޑިއާ ބައިވެރި ނުވާނެ: ސްވަރާޖް

ނިއު ދިއްލީ (ނޮވެމްބަރު 28) - ޕާކިސްތާނުގައި އޮންނަ ސާކް ސަމިޓުގައި އިންޑިއާ އިން ބައިވެރި ނުވާނެ ކަމަށް ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2018 6
އިމްރާން ޚާން ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކުގެ ވެރިން

އިސްލާމްއާބާދު (އޮގަސްޓް 1) - ޕާކިސްތާންގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭ ގޮތަށް ސާކް ގައުމުތަކުގެ ވެރިންނަށް ދައުވަތު ދޭން ވިސްނާ ކަމަށް ޕާކިސްތާން ތަހުރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.

20 ޖޫން

June 20, 2018 2
އިންތިހާބު އޮބްޒާވްކުރަން ބޭރު ފަރާތްތަކަށް ދައުވަތުދީފި

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދީފި އެވެ.