28 ޑިސެމްބަރ 2017 - 06:46
ކުރީ ޒަމާނުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ނަރްގިސްގެ އެންމެ ފަހު ފިލްމު "ރާތު އައުރު ދިން" ރިމޭކްގައި ނަރްގިސްގެ ރޯލު ކުޅުމުގެ ފުރުސަތު އައިޝްވަރިޔާ އަށް ލިބިއްޖެ އެވެ. މިއީ ތުރިލާ އެކެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ޕްރޭރްނާ އަރޯރާ ސިދާރްތު އާނަންދް އެވެ. މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕްރޮޑިއުސަރު ޕްރޭރްނާ ބުނީ ފިލްމު ޑައިރެކްޓްކުރާނީ މުޅިން އަލަށް އެ މަސައްކަތް ފަށާ ޑައިރެކްޓަރެއް ކަމަށެވެ.
"ރާތު އައުރް ދިން"ގައި ނަރްގިސް އަދާކުރީ މަލްޓިޕްލް ޕާސަނަލިޓީ ޑިސްއޯޑާ ހުންނަ މީހެއްގެ ރޯލެވެ. މި ފިލްމު ކުޅެގެން އޭނާއަށް ވަނީ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބިފަ އެވެ.
ޕްރޮޑިއުސަރު ބުނި ގޮތުގައި އޭނާ ބޭނުންވަނީ ފިލްމުގެ ބަތަލަކަށް ސަންޖޭ ދަތު ހަމަޖައްސާށެވެ. އަދި އެކަމާ ގުޅޭ ގޮތުން ސަންޖޭ ދަތާ އޭނާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށާއި އައިޝްވަރިޔާ އާއެކު ވެސް ފިލްމާ ގުޅޭ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ. ނަމަވެސް ސަންޖޭދަތު ފިލްމު ކުޅެން އެއްބަސް ނުވާ ކަމަށް ޕްރޭރްނާ ބުންޏެވެ.
އައިޝްވަރިޔާ މިހާރު މަސައްކަތް ކުރަމުންދަނީ އަނިލް ކަޕޫރާއި ރާޖްކުމާރު ރާއޯ އާއެކު ކުޅޭ "ފޭން ޚާން" ގައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy