"ސުއި ދާގާ" ގެ ރޯލަށް ތައްޔާރުވުމަށް ވަރުން ފަހަން ދަސްކުރަނީ
02 ޖެނުއަރީ 2018 - 07:07
ވަރުން ދަވަން މިހާރު ތައްޔާރުވަމުން އަންނަނީ ޔާޝްރާޖް ފިލްމްސްގެ "ސުއި ދާގާ"ގެ މަސައްކަތް ފެށުމަށެވެ. އަނުޝްކާ ޝަރުމާ ބަތަލާގެ ބައި ކުޅޭ މި ފިލްމަކީ ވެސް ވަރުންގެ "ބަދްރީނާތު ކީ ދުލްހަނިޔާ" ކަހަލަ ފިލްމެކެވެ. އެ ފިލްމުގައި ވެސް އޭނާ ކުޅެނީ ވަރަށް އާދައިގެ މީހެއްގެ ރޯލެވެ.
ވަރުން ބުނި ގޮތުގައި އަނުޝްކާއާ އެއް ފިލްމެއްގައި މަސައްކަތް ކުރެވޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.
ދާދި ފަހުން ވަރުން ވަނީ ޝޫޖިތު ސިރްކާރްގެ "އޮކްޓޯބަރު"ގެ ޝޫޓިން ފުރިހަމަކޮށްފަ އެވެ. އެ ފިލްމުގެ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނީ ފިލްމުގެ ޝޫޓިން ކުރިޔަށް ދިޔަ ދެ މަސް ދުވަހު އޭނާ އަށް ޖިމަށް ގޮސް ކަސްރަތު ކުރަން ހުއްދަ ވެސް ނުލިބުނު ކަމަށެވެ. ސަބަބަކީ ފިލްމުގައި ކުޅޭ ކެރެކްޓާގައި އޭނާގެ ހަށިގަނޑު ބަހައްޓަން ޖެހެނީ ވަކި ގޮތަކަށް ކަމަށް ވާތީ އެވެ.
ވަރުން ބުނި ގޮތުގައި 2017 އަކީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރެވެ. އޭނާގެ "ބަދްރީނާތު ކީ ދުލްހަނިޔާ" އާއި "ޖުޅްވާ 2" ހިމެނެނީ އަހަރުގެ އެންމެ ކާމިޔާބު 10 ފިލްމުގެ ތެރޭގަ އެވެ.
މީގެ އިތުރުން ވަރުންއަކީ ކެރިއަރުގެ މިހާތަނަށް ކުޅުނު ހުރިހާ ފިލްމެއް ކާމިޔާބުވުމުގެ ރެކޯޑް އޮތް މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy