"ތިޔަ ލޯތްބާ ދުރަށް" ސިނަމާ އަށް އަންނާނީ އެޕްރީލް 21 ގައި.
15 ޖެނުއަރީ 2018 - 08:14
އަންނަ އެޕްރީލް މަހުގެ 21 ރިލީޒް ކުރަން ނިންމާފައިވާ ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
އަވަށްޓެރި ސްރީ ލަންކާގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމެވެ. އޭނާގެ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ ފިލްމުގެ ޓީޒާ އިން ވެސް މިއީ އަސަރުތަކުން ފޯކޮށްލާނެ ކަހަލަ ވަަރަށް ޖަޒުބާތީ ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.
ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ އަހުމަދު އަޒްމީލް (އަޒޭ) އާއި ޒުވާން ބަތަލާ މަލީހާ ވަހީދު (މަލް) އެވެ. އަދި ފިލްމްގެ މުހިއްމު ރޯލަކުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ ފެނިގެންދާ އިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހްޒާ ވެސް ހިމެނެ އެވެ.
ފިލްމްގެ ފުރަތަމަ ޓީޒާގެއިން އެންމެ އަޅައިގަންނަ އެއް ކަމަކީ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ކިޔާފައިވާ ލަވައެއް އަޑު އިވޭތީ އެވެ. ޑުއެޓް އެ ލަވަ އޭނާއާ އެކު ލަވަ ކިޔާފައިވާ އަންހެން ފަންނާނަކީ އަލީ ރަމީޒާ އެކު ވަރަށް ހިޓް ލަަވަތަކެއް ކިޔާފައިވާ ފަޒީލާ އާމިރް (ފަޒީ) އެވެ.
އަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށްފައިވާ "ތިޔަ ލޯތްބާ ދުރަށް" އަކީ މަރީ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސް ޓެކްނޯ މީޑިއާ އިން އުފައްދާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިންގް
15 January 2018
ލޮލް، ލަދުން ބޯހަލާކު މިމީހުން ޖައްސާ އެކްޓްތަކުން.
ޭެދީޔާނާ
15 January 2018
އަމަން އަދި ޝަހޫ ރަނގަޅު ތީގެ ލީޑައް ލާން.
މަލްމަލް
15 January 2018
މޮޅު ޑައިރެކްޓަރެއްގެ ފުރަތަމަ އަސާސަކީ މޮޅަށް ވާހަކަ އެއް ސްކްރީންގައި ޕްރެޒެންޓް ކޮށް ދިނުން ނުވަތަ މޮޅު ސްކްރިޕްޓެއް ހެދުން. ސްކްރީން ރައިޓިންގ އަކީ ވާހަކަ ލިޔުމާ ހާސްބައި ތަފާތު ދެކަންތައް. މަރިޔަމް އަކީ މޮޅު ވާހަކަ ލިޔުންތެރިއަކަށް ވެދާނެ އެކަމަކު ޓްރެއިލާރ އިންވެސް މި ފިލްމްގައި މާބޮޑު އޮއްޓަރެއް ހުރި ތަނެއް ނުފެނޭ. ހަމަ މާއެނބޫމެން ލެވަލްގެ ފިލްމެއް ގޮތަށް ފެންނަނީ.
ޒީނާން
15 January 2018
އަޒޭމެން ކަހަލަ މީހުން ލައްވާ ފިލްމު ކުޅުވީމަ ބަލާހިތެއް ނެތޭ ހަމަ ބުނެވޭނީ. އެކްޓުކުރަން އިނގޭ ތަންކޮޅެއް ފިރިހެންވަންތަ އެކްޓަރެއް ހިޔާރުކުރިނަމަ.