19 ޖެނުއަރީ 2018 - 07:09
އައިޝްވަރިޔާ ރާއީ އަށް ރަނގަޅު ފިލްމުތަކެއް އަންނަނީ ލިބެމުންނެވެ. ބޮލީވުޑް ފިލްމުތައް ލިޔާ ލިޔުންތެރިންކަމަށްވާ ސިދާރްތު އާއި ގަރީމާ ވެސް ބޭނުންވަނީ ސަރަގަސީއާ ބެހޭ ގޮތުން އެމީހުން ހަދާ ފިލްމު "ޖޭސްމީން"ގެ ބަތަލާކަން ވެސް އައިޝްވަރިޔާ އަށް ދޭށެވެ.
ސިދާރްތު ސިންގް ބުނި ގޮތުގައި އެ ރޯލަށް އެމީހުންގެ ފުރަތަމަ ހޮވުމަކީ އަކީ އައިޝްވަރިޔާ އެވެ. އޭނާ އެެ ރޯލު ގަބޫލުކޮށްފި ނަމަ ކުޅެން ޖެހޭނީ ކުރިން ދުވަހަކުވެސް ކުޅެފައި ނުވާ ކަހަލަ ތަފާތު މޮޅު ރޯލެކެވެ. އަދި އައިޝްވަރިޔާ އަކީ ކުޅޭ ކޮންމެ ކެރެކްޓާއަކަށް ފުރިހަމައަށް ފިޓްވާން ވަރަށް މަސައްކަތްކުރާ ބަތަލާއެއް ކަން އޭނާ ފާހަގަކުރި އެވެ.
ސިދާރްތު ގަބޫލުކުރާ ގޮތުގައި އައިޝްވަރިޔާގެ އެކްޓިން ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ގިނަ ޑައިރެކްޓަރުންނަކަށް ނުދެއްކެ އެވެ. ސަންޖޭ ލީލާ ބާންސާލީ ފަދަ މަދު ޑައިރެކްޓަރަކަށް ނޫނީ އެކަން ކުރެވިފައިވާ ނުވާ ކަމަށް އޭނާ ދެކެ އެވެ.
ފިލްމުގެ ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގް ބުނީ އައިޝްވަރިޔާ އަށް ފިލްމު ހުށަހަޅައި އޭނާއާ އެކު ބައްދަލުވުންތައް ބާއްވަމުންދާ އަންނަ ކަމަށާއި އައިޝްވަރިޔާ ފިލްމު ކުޅެދޭން އެއްބަސް ވާނެކަމަށް ބެލެވޭ ކަމަށެވެ. ޝްރީ ނާރަޔަން ސިންގް އަކީ އަކްޝޭ ކުމާރުގެ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"ގެ ޑައިރެކްޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭސްމީން
20 January 2018
ރީތި ހުސްކޮއްފަ ހުރި އަންހެނެއް މާޝާﷲ .. ހާދަ ފުރިހަމަ އޭ ..
މަމެން
19 January 2018
މަ ބޭނުމީ ނިއުމާ ތި ރޯލު ކުޅެން.
އައީސްވާރީޔާ
19 January 2018
އަޅުގަނޑު ވެސް ބޭނުމީ އައީޝްވަރްޔާ..