ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް؛ ޖޭމްސް ބޮންޑްހެ ރޯލުން އޭނާ ފެނިދާނެތޯ ކުރެވޭ ބަހުސްގެ ފޯރި ގަދަ.
25 ޖެނުއަރީ 2018 - 06:12
އިނގިރޭސި ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމާ ހަމައިން ފިލްމްގެ ޓައިޓްލް ރޯލް ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ވަރަށް ބޮޑަށް ބަހުސް ކުރެވުނަސް އެކަން މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.
އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސްދިން ބޮންޑްގެ ހަތަރު ފިލްމްގައި ވެސް ލީޑް ރޯލް ކުޅުނު އެކްޓަރު ޑެނިއަލް ކްރެއިގް، 49، ފަސް ވަނަ ފިލްމަށް އެއްބަސްވުމުން ޕްރޮޑިއުސަރުންނަށް މިހާރު ވަނީ ހަމަ ނޭވާ ލެވިފަ އެވެ. އަދި ފިލްމް ނޮވެމްބަރު 8، 2019 ގައި ސިނަމާތަކަށް ގެންނަން ވެސް މިހާރު ވަނީ ސިއްކަ ޖަހައިފަ އެވެ.
އެކަމަކު އަދިވެސް މުސްތަގުބަލުގައި ޖޭމްސްގެ ބޭންޑްގެ ރޯލް ކުޅޭނެ އެކްޓަރަކާ ދޭތެރޭ ކުރެވޭ ބަހުސަކަށް ނިމުމެއް ނާދެ އެވެ. ފަސް ވަނަ ފިލްމާ އެކު، ކްރެއިގް މި ފްރެންޗައިޒް އެއްކޮށް ދޫކޮށްލާތީ އެވެ. އަނެއްކޮޅުން އިދްރީސް އެލްބާ އާއި ޓޮމް ހިޑެލްސްޓަން، ބިލީ އެލިއަޓް އަދި ޖެމީ ބެލް ފަދަ އެކްޓަރުންގެ ނަންތައް ޖޭމްސްގެ ބޮންޑްގެ ނަމާ އެކު ތިލަވެފައިވާތީ ކުރެވޭ ބަހުސްތަކުގެ ފޯރި ގަދަ އެވެ.
I keep seeing articles about Harry potentially playing James Bond in the future. I don't know if this is remotely true but COME ON LOOK AT THIS MAN he could be Bond any day pic.twitter.com/0Tw22brLaH
— Mandy (@onlyangelamanda) January 22, 2018
ހެރީގެ ފޭނެއްގެ ޓްވީޓެއް.
އެކަމަކު ދެހާސް ފަނަރާގައި ރިލީޒް ކުރި ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމް "ސްޕެކްޓްރާ" ގެ އެޑިޓަރު ލީ ސްމިތު ދައްކާ ވާހަކަ އަދި މާ ތަފާތެވެ. އޭނާ ބުނީ ޖޭމްސްގެ ބޮންޑްގެ ރޯލް ދެން ކުޅުވަންވީ ޒުވާން އެކްޓަރަކު ލައްވައި ކަމަށާއި އެ ރޯލަށް މިހާރު އެންމެ ފިޓްވާނީ އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، 23، ކަމަށެވެ.
"ވަން ޑިރެކްޝަން" ރޫޅުމުން މިހާރު ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ހެރީގެ އެކްޓިން ހުނަރަށް ލީ ވަނީ ވަރަށް ބޮޑަށް ތައުރީފު ވެސްކޮށްފަ އެވެ. ކްރިސްޓޯފާ ނޮލަން މިދިޔަ އަހަރު ގެނެސް ދިން ފިލްމް "ޑަންކާކް" ގައި ހެރީ ވަނީ ވަރުގަދަ އެކްޓިންއެއް ދައްކާލައި، ބެލުންތެރިންގެ ހިތްތައް ވެސް އަތުލައިފަ އެވެ.
"އަހަންނަށް ހީވަނީ ޖޭމްސް ބޮންޑްގެ ޕްރޮޑިއުސަރުން ޒުވާން އެކްޓަރަކު ލައްވައި އެ ރޯލް ކުޅުވުމާ ދޭތެރޭ މިހާރު ސީރިއަސްކޮށް ވިސްނަންވެއްޖެހެން. އަދި އެކަހަލަ ހިޔާލެއް އެ މީހުން ގެންގުޅޭ ނަމަ ހެރީ އަށް ވުރެ އެ ރޯލަށް ވަލި ފިޓްވާނެ މީހަކު މިހާރަކު ނެތް،" ޑަންކާކް ވެސް އެޑިޓް ކުރި ލީ ބުންޏެވެ.
އޭނާ ބުނީ ހެރީއަކީ އާދަޔާހިލާފު ހުނަރުވެރި އެކްޓަރެއް ކަމަށެވެ. އަދި ބޮންޑްގެ ކެރެކްޓާ ކުޅެން އޭނާ ވަރަށް ފައްކާ ވާނެ ކަމަށާއި އެ ގޮތްގަނޑު ހެރީގެ ކިބައިގައި އެބަހުރި ކަމަށް ބުންޏެވެ.
Dhen ves "James Bond" ge role kulhayny Daniel Craig
The most trusted news source in the Maldives
Mihaaru
ޖޭމްސްގެ ބޮންޑްގެ 25 ވަނަ ފިލްމަކީ ކްރެއިގް އެ ރޯލް ކުޅޭނެ ފަހު ފިލްމް.
"އޭނަގެ އެކްޓިން ތަޖުރިބާ ނެތުމަކީ ބޮންޑްގެ ރޯލް ކުޅެން މައްސަލައަކަށް ވެސް ނުވާނެ. އެއަށް ވުރެ މާ ބޮޑަށް ހުނަރުވެރި އެކްޓަރެއް އެއީ،" ލީ ބުންޏެވެ. "ޑަންކާކްގައި ހެރީ ދެއްކި ހުނަރަށް ބަލާ އިރު، އެއީ އޭނާގެ ފުރަތަމަ ފިލްމްކަން ބަލާ މީހުންނަށް އިހުސާސް ވެސް ނުކުރެވޭނެ. އެހާ ވެސް ހެރީ މޮޅު."
އޭނާ ބުނި ގޮތުގައި ޖޭމްސް ބޮންޑްގެ ކުރިއަށް އޮތް ފިލްމްގެ ޑައިރެކްޓަރަކަށް ވެސް ހަމަޖައްސަންވީ ކްރިސްޓޯފާ އެވެ. އަދި މި ޒަމާނަށް ފެތޭ ގޮތަށް އެ ފިލްމް އޭނާ ވަރަށް ފުރިހަމަކޮށް ގެނެސް ދީފާނެ ކަމަށް ލީ ބުންޏެވެ.
ބޮންޑްގެ 25 ވަނަ ފިލްމްގެ ނަމާއި ޑައިރެކްޓަރުގެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ. އެހެންވެ ލީ ދެއްކި ވާހަކަތަކާ ދޭތެރޭ ޕްރޮޑިއުސަރު ބާބަރަކާ ބްރޮކޮލީ ވިސްނާނެ ކަމަށް ބަލަމާ ހިނގާށެވެ.
ފަހަރުގައި 26 ވަނަ ފިލްމާ އެކު "ޖޭމްސް ބޮންޑް" ގެ މޫނުމަތި ހަމަ ބަދަލު ވެސް ވެދާނެ އެވެ. އަނެއްކޮޅުން ލީ ދެއްކި ވާހަކަތަކާ އެކު، ހެރީ އާއި ބޮންޑްގެ ބަހުސް ޓްވިޓާގައި މިހާރު ވަރަށް ގަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުނީ
25 January 2018
އޯހ ނޯ! ކޮބާ ޕީސީ؟
ނޫން
25 January 2018
އައްޗީޑި ދެން ނޫން