ޕްރިޔާ: އެންމެ ދުވަހެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ވަނީ ހޯދާފައި
14 ފެބުރުއަރީ 2018 - 15:03
ޕާކިސްތާނުގެ ޗައިވާލާ އާއި ނޭޕާލްގެ ތަރުކާރީ މާރުކޭޓަކުން ފެނުނު ޒުވާނާ ފަދައިން ކުއްލި މަޝްހޫރު ކަމެއް ޒުވާނަކަށް މި ވަނީ ލިބިފަ އެވެ. އެއީ އުމުރުން އެންމެ 18 އަހަރުގެ ޕްރިޔާ ޕްރަކާޝް ވާރިއާ އެވެ. އޭނާ އަކީ މަލަޔާލަމް ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފްވި ޒުވާނެކެވެ.
ޕްރިޔާ ކުޅޭ މަލަޔާލަމް ފިލްމުގެ ލަވައެއް ކަމަށްވާ "މަނިކްޔާ މަލަރަޔާ ޕޫވީ" ގައި ޕްރިޔާ އެއް ލޯ މަރާލައި މޫނަށް ގެންނަ އިޝާރާތަށް ގިނަ ބަޔަކު ވަނީ ވަރަށް ގަޔާވެފަ އެވެ. އަދި ލަވައިގެ ވީޑިއޯ ކްލިޕެއް ރިލީޒްވިތާ ކުޑަ އިރުކޮޅެއް ތެރޭ ޕްރިޔާގެ މަޝްހޫރުކަން ވަރަށް ބޮޑުވެއްޖެ އެވެ.
މި ލަވަ ކިޔާފައިވަނީ ވިނީތު ސިރީނިވާސަން އެވެ. މިއުޒިކް ތައްޔާރުކުރީ ޝާން ރަހްމާން އެވެ. ނަމަވެސް ލަވައިގެ ހުރިހާ ފޮންޏެއް މި ލިބުނީ ޕްރިޔާ އަށެވެ.
#PriyaPrakashWarrier has become an internet rage, her looks have gone viral with #ManikyaMalarayaPoovi from #OruAdaarLove. Now everybody wants to sign this girl from #Thrissur. #OmarLulu the director (Happy #Wedding, #Chunkzz) specializes in youth musicals. pic.twitter.com/DGYNfQgyUV
— Sreedhar Pillai (@sri50) February 13, 2018
ސްރީދަރް ޕިއްލެއިގެ ޓުވީޓެއް
އިންޑިއާގެ ނޫހަކަށް ޕްރިޔާ ދިން އޭނާގެ ފުރަތަމަ އިންޓަވިއުގައި އޭނާ ބުނީ އިރުއަރާ އޮއްސޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް މިވަރުގެ ބޮޑު މަޝްހޫރު ކަމެއް ލިބިދާނެކަމަކަށް ދުވަހަކު ވެސް ހީނުކުރާ ކަމަށެވެ. އަދި އޭނާ އެކްޓްކޮށްފައިވާ ވީޑިއޯ ވައިރަލްވެ މުޅި ދުނިޔޭގެ މަގުބޫލުކަން ލިބިދާނެ ކަމަށް އުންމީދު ނުކުރާ ކަމަށް ބުންޏެވެ. އޭނާ ބުނީ ފިލްމު ރިލީޒް ވުމުން ތަރުހީބު އިތުރުވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.
އިންސްޓަގްރާމްގައި އެއް ދުވަސް ތެރޭގައި 606،000 މީހުން ޕްރިޔާ ފޮލޯކުރުމުގެ ސަބަބުން ޕްރިޔާ އަށް ވަނީ ރެކޯޑެއް މުގުރާލެވިފަ އެވެ. މިހާރު ޕްރިޔާ ފޮލޯކުރާ މީހުންގެ އަދަދު 1.7 މިލިއަނަށް އަރަ އެވެ.
ޔޫޓިއުބްގެ ރެކޯޑް ވެސް މި ޒުވާނާ ވަނީ މުގުރާލައިފަ އެވެ. ޕްރިޔާ ހަރަކާތްތެރިވާ މަލަޔާލަމް ލަވައަށް ޔޫޓިއުބުގައި މިހާތަނަށް 10 މިލިއަން ވިއުޒް ލިބިފައިވެ އެވެ. މިއީ މަލަޔާލަމް ލަވައަކަށް މިހާތަނަށް ލިބިފައި ނުވާ ކާމިޔާބީއެކެވެ.
މި ލަވައިގެ ވީޑިއޯގައި ޕްރިޔާގެ ވަރަށް ލޯބި ހަރަކާތްތަކެއް ފެނެ އެވެ. އެއް ލޯ މަރަމުން މޫނަށް ތަފާތު ހަރަކާތްތަކެއް ގެނެސް، އޭނާ ހިތް ކިޔައިގެން އުޅޭ ފިރިހެންކުއްޖާއާ މުއާލާމަތްތަކެއް ކުރާތަން ފެނެ އެވެ.
މިއީ ހައި ސްކޫލަށް ދާ އުމުރުގެ ކުދިންނަށް ވަރަށް ގަޔާވެވޭނެ އެ އުމުރުގެ ކުދިންގެ ލޯބީގެ ކަންތައްތައް ހުންނަ ގޮތް ވަރަށް ރަނގަޅަށް ދައްކައިދޭ ލަވައެކެވެ. ފުރަތަމަ ފަހަރަށް ކުއްޖަކަށް ހިތް ކިއުން، ފުރަތަމަ ލޯބި އަދި ލޯބީގެ މައުސޫމްކަން މި ލަވައިން ހާމަ ވެއެވެ. މި ފިލްމު ރިލީޒް ކުރާނީ މާޗް 2 ގަ އެވެ.
ޕްރިޔާ އަށް ލިބުނު ވަރުގެ މަޝްހޫރުކަމެއް ނުލިބުނު ނަމަވެސް މި ލަވައިގައި ފިރިހެން ބައިވެރިޔާއަށް ވެސް ވަނީ ސަމާލުކަން ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝީޝާ
16 February 2018
މިކުއްޖާއަކީ ރީތިކުއްޖެއްނޫން މޭކަޕްކޮށްފަ ހުރިލެއް ރީތީ ބަލާލަ ބަލަ އޭބީޕީ ނިވްސް މީނަގެ މޭކަޕް ނެތް ވީޑިއޯ އެއް އިންނާނެ
ރިޒުވީ
15 February 2018
90ގެ ކުރީކޮޅު އަހަރެމެން އޭރުގެ އެސް އީ ސީ އަށް ދާއިރު އަމީނިއްޔާ ކުދިންވެސް މާ ސަޅިކޮށް ތިހެން ހަދާ، އެކުދިން މަޝްހޫރު ނުވީ އޭރު އިންޓަނެޓެއް މޯބައިލްފޯނެއްވެސް ދިވެހިންނަކަށް ނުލިބޭވިއްޔާ ސޯޝަލްމީޑިޔާ އޮތްތާ ބާއްވާފަ.
ބޯހަލާކުވެއްޖެ
15 February 2018
މިއޮތީ ވާ ޒަމާނެއް. މީހަކު ދަތްކޮއްޓާލާ ގޮތަކުންވެސް ހޭބަލިވެދާނެ. އެ ފޮޓޯއެއް ނޫނީ ވީޑިއޯއެއް ލައިކުދޭން މޮޔަވެފަ ތިބޭ ސައިޓަކަށް ލާފަ މިހާރު ޓްރެންޑިން އެއްޗަކީ މިއޭ ޖަހާލީމަ ހުރިހާ މޮޔައިންތައް ލައިކްދީ، ޝެއަރކޮށް ހަދާނެ. ދެން ބަލައްޗޭ މިއުޅޭ ކޮޕީ ކެޓްތައް އެއްލޯ މަރާފަ ފޮޓޯ ޕޯސްޓްކުރާވަރުން ނުކުޅަދާނަ ވާނެ.
ޔެސް
15 February 2018
ޢަސްލުވެސް ބޯއީގެވެސް އެކްޓިން ހަމަ ވަރަަށް ސަޅި... ވަރަށް ލޯބި
ހެހެހެ
14 February 2018
ސައުތު އިންޑިއާގެ ފިލްމް ތަކުން ފެންނަ އެންމެ ރީތި އެކްޓްރެސް އަކީ ކާޖަލް އަގަރްވާލް އުމުރުން 30 އަހަރު މިބުނާ ކުއްޖާ މިހާރުވެސް މީނައަށް ވުރެން 1000 ގުނަ ރީތި
ހިހިހި
15 February 2018
ކާޖަލް އަގަރްވާލްއަށްވުރެ އެލީނާ ޑި ކްރޫޒް މާ މާ މާ ރީތިވާނެ.
ދަރާބެ
15 February 2018
އެއްބަސް. ކާޖޮލް އަގަރްވަލް ވަރެއް ނުވޭ މިކޮއެވެސް
އއއއިބްރާހިމް
14 February 2018
މިޓްރެއިލާވެސް ބަލާ ލެވިއްޖެ ވަރަށް ގިނަ ފަހަރު. ފިލްމް އެތީނާގަ އަޅުވާނެބާ؟ ހީވޭ ވަރަށް ޒުވާނުން ބަލާލަން ބޭނުންވާނެހެން. އެތީނާ ވިސްނައްޗޭ މިކަމާ.
އަމީތާބު
14 February 2018
ކަންފަތަށް އަމުނަލާފަ އޮތް ފަތިވަރު
ކަންފަތް
15 February 2018
ކަލެއަށް ކީއް؟
ގާރލް7
14 February 2018
އަސްލުވެސް ވަރަށް ސަޅި އެމަންޒަރު... އަދި އެހަރަކާތާއި އެކު ބޯއީގެ ރިއެކްޝަން އަންނަލެއްވެސް ވަރަށް ފުރިހަމަ.... އަދި އެ ބޯއީ ވެސް އެހާމެ ހޭންޑްސަމް!!!
އިކޫ
14 February 2018
ސްކޫލް ދައުރު ވަރަށް ހަދާންވެއްޖެ ދޯ. ހެހެ
ފާތީ
14 February 2018
އަސްލުވެސް ސަޅި...އެއްފަހަރަށްވުރެގިނައިން ކޮންމެމީހަކުވެސް ބަލާނެކަންކަށަވަރު.