"ހާދަރު" ގައި ސުދާގެ ރޯލް ކުޅެފައިވާ ޝަބާނާ.
16 ޖުލައި 2016 - 06:54
އެމްއެންޑީއެފްގެ ފިލްމް "ހާދަރު" އަށް ކުރަމުން އައި އިންތިޒާރު މިރޭ ނިމުމަކަށް އަންނާނެ އެވެ. އޮލިމްޕަހާ އާ އެކު ރާއްޖޭގެ ހަތަރު އަތޮޅެއްގައި މިރޭ ފިލްމް ޕްރިމިއާ ކުރާއިރު ފިލްމުގެ ލަވަތަކުގެ ތެރެއިން "ކޮންމެ ހިނދެއް" މި ވަނީ އާންމުުކޮށްފަ އެވެ.
އެހެންވެ ފިލްމަށް ދިއުމުގެ ކުރިން ލަވަ ވެސް ބަލާލުން ރަނގަޅެވެ. ހިތްގައިމު މަޑުމައިތިރި ލޯބީގެ ލަވައެކެވެ.
ލަވައިގެ އަޑުގެ ވެރިޔަކީ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ މާއިން ރަޝީދެވެ. ލަވައިގެ މިއުޒިކް ހަދައިފައި ވަނީ އަލި މަނިކު (ދާރީ) އެވެ. އަދި ލަވައިގެ ޅެން ހަދާފައި ވަނީ ޖައުފަރު އަބްދުއްރަހުމާނެވެ.
ހަތަރު ލަވަ ހިމެނޭ "ހާދަރު" ގެ އޯޑިއޯ އަލްބަމް ވަނީ 2014 ގައި ފިލްމް ލޯންޗް ކުރި ރޭ، ރިލީޒް ވެސް ކޮށްފަ އެވެ.
"ހާދަރު" ގެ ލަވަ "ކޮންމެ ހިނދެއް"
"ހާދަރު" އަކީ އެމްއެންޑީއެފުން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ. ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ހެދި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އަޝްހަރު ވަހީދެވެ.
އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްޚާނު
16 July 2016
ނެތޭ ބެލޭކަށް..
ޔާބެ
16 July 2016
ފިލްމް ހަދާފަ އެއޮތީ ކޮންމެ އެއްޗެއް ކިޔަސް.
ކުޑަހުއްތު
16 July 2016
ފިލްމެއް ހެދީމަ ދޯ ގޯސްވީ. މީގެ ކުރިންވެސް ސިފައިން ލައްވާ ޑްރާމާ ކުޅުވާ ޓީވީ އިން ދައްކާފައެބަހުރި. އޭރު އޯކޭ އެންމެނަށްވެސް. ކަމާކަންފަށަށް ސިފައިން ކުޅެފަ އޮތް އެއްޗަކަށް ވާތީ ބަލަންވެސް ބޭނުންވެ. ފިލްމެއް ކުޅުނީމަ ދޯ ކަމުނުދިޔައީ.
ހާޖަރު
16 July 2016
އަޝާރަ އަހަރުން މަތީ މީހުންގެ ފިލްމެއް ޕްރޮމޯޓް ކުރަން ބާއްވަނީ ކުޑަކުދިންގެ ހަވީރެއް! ކިހާ ސަޅި ދޯ!
މީހާ
16 July 2016
އަޝާރައެއްނޫން. އަށާރަ.
ވޯލް
16 July 2016
ކަމެއް ނެތް ބައެއް ހެން ޤައުމުގެ ލާރިތައް ތަޅާ ބުރުވަނީ.
ވާނުނާ
16 July 2016
މީ ދައުލަތުގެ ހަރަދުގަ ހެދި ފިލްމެއް ނޫން އިނގޭތޯ! ޑާޓާ ހުރިއްޔާ ކޮމެންޓް ކުރެވިދާނެ!
ވާނުވާ އެނގޭނެތަ؟
16 July 2016
ފިލްމު ހަދަން ސްޕޮންސަރުން ހޯދިޔަސް ފިލްމުގަ އުޅޭ މީހުންނަކީ ޓެކްސް ޕޭޔަރުންގެ ފައިސާއިން މުސާރަދީފައިތިބި ސިފައިންގެ ބޭކަލުންނެއްނޫންތަ؟ އެމީހުންނަށް މުސާރަދެނީ މިކަހަލަ ކަންކަމުގެ ވަގުތު ބޭކާރުކުރަންތަ؟ އެމީހުންގެ ވަގުތަކީވެސް ފައިސާއޭ ބްރޯ! އަޑެއް ނާހަންތަ ޓައިމް އިޒް މަނީ އޭ ކިޔާ އަޑު؟ ޑޭޓާ ހުރީތީ ކޮމެންޓް ކުރާއިރު ތަންކޮޅެއް ބޮޑައް ލޯ ހުޅުވާލައިގެން ކޮމެންޓް ކުރާނަމަ؟؟
ބުރުގާ
16 July 2016
ދިވެހި ސިފައިން އެންމެ ރަގަޅުވާނީ އިތުރު ކަމެއް ނުކޮއް ތިގޮތައް އަބަދުވެސް ފިލުމު ކުޅެލަ ކުޅެލަ ތިބިއްޔާ.
ލިއަލީ
16 July 2016
ރިއަލީ؟ އެމްއެންޑީއެފްއިން ފިލްމްވެސް ހަދަންފެށީ؟ މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ދިފާއީ ބާރުތަކުން ކުރާކަމެއްބާ؟ ރާއްޖޭގެ ދިފާއީ ބާރުތަކުން ކުރާ މިކަހަލ ބައެއްކަންތައްތަކުން އެމީހުންގެ އަބުރު އަދި ކުރާ އިތުބާރާ އެމީހުންނަށް ކުރާ ރެސްފެކްޓްވަނީ ކުޑަވެފައި. ބަޔަކު ހަދާ ފިލްމެއްގައި ހިމެނޭ އަސްކަރިއްޔާއާގުޅޭ ސްޕެޝަލް ސީންއެއްގައި އެމްއެންޑީއެފުން އެހީތެރިވެދިނުމަކީ އެންމެ ރަނގަޅުކަމެއް. އެކަމަކު އަމިއްލައަށް ފީޗަރ ފިލްމް ހެދުމަކީ ބޮޑު ޖޯކެއް.
ައަބުރު
16 July 2016
ދުނިޔޭގެ އެހެން ގައުމުތަކުގަވެސް ފިލްމް ހަދާ. މީ ރާއްޖޭގަ އަލައްކުރާކަމެއްނޫން އިގޭތޯ.