މުނިފޫހިފިލުވުން

ދިވެހި ސިނަމާއިން ބަލައިލަން އެދޭ އާ ޖޯޑުތަކަކީ ކޮބާ؟

މަޖޫ އާއި ޖުމަލް "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ޕޯސްޓަރެއްގައި؛ މި ޖޯޑު ވަރަށް މަގުބޫލް.

މިހާރު ދިވެހި ސިނަމާގެ އެންމެ ލޯބި އަދި ކަމުދާ ޖޯޑަކީ ކޮބައިތޯ އަހާލައިފި ޔަގީނުން ވެސް ގިނަ ބަޔަކު ބުނާނީ އެއީ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާ ކަމަށެވެ. އެ ދެ ތަރިން އެކުގައި މިހާތަނަށް ހަތަރު ފިލްމް ކުޅެ ވަރަށް ކަމުދާ ގުޅުމެއް ދައްކައިފި އެވެ. ސިނަމާ އަށް އަންނަން އޮތީ ވެސް ހަމަ މި ޖޯޑުގެ ފިލްމެކެވެ. އެއީ އަންނަ ހޯމަ ދުވަހުގެ ރޭ ޕްރިމިއާކުރާ "ވަކިން ލޯބިން" އެވެ.

ދައްކަން ބޭނުން ވަނީ ބޮޑު ސްކްރީނުން ދެކިލަން ގިނަ ބަޔަކު އުންމީދު ކުރާ ބައެއް ޒުވާން ޖޯޑުތަކުގެ ވާހަކަ އެވެ.

ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ކާމިޔާބު އެކްޓަރަކީ ޖުމަލްކަމާ ދޭތެރޭ ޝައްކެއް ނެތެވެ. އަދި އޭނާއާއެކު ގިނަ ބަތަލާއިން މަސައްކަތްކޮށްލަން ވެސް ބޭނުން ވާނެ އެވެ. ޖުމަލްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން "ގޮށްރާޅު" ގައި އޭނާ ފެނިގެން ދާނީ މުޅިން އާ ބަތަލާއިންތަކަކާ އެކުގަ އެވެ. އެކަމަކު މިހާރު ފިލްމީ ދާއިރާގައި ފިޔަ ޖަހާ ބަތަލާއިންނަށް ބަލާ އިރު، ޖުމަލް އާއި މަރިޔަމް އައްޒަގެ ޖޯޑަކީ އަދިވެސް ބެލުންތެރިން އެކުގައި ބަލައިލަން ބޭނުންވާ ޖޯޑެކެވެ. މިދިޔަ އަހަރުގެ "މީ ލޯތްބަކީ" އާއި "4426" ގައި ވެސް މި ދެ ތަރިން އެކުގައި މަސައްކަތްކޮށްފައިވެ އެވެ.

ޖުމަލް "ގޮށްރާޅު" ގެ ބަތަލާއިންތަކަކާ އެކު.

ޖުމަލްއާ އެކު ދެން ފެންނަން އުންމީދު ކުރާ ބަތަލާއިންގެ ތެރޭގައި އައިމިނަތު ރިޝްފާ އާއި ފާތުމަތު (އަޒޫ) އާޒިފާ އަދި "ދެވަންސޫރަ" އިން ތައާރަފުވި ބަތަލާ މަރިޔަމް ޝިފާއަކީ ވަރަށް ސަޅި ހޮވުމަކަށް ވެދާނެ އެވެ. އަދި ޖުމަލް އާއި "ވަކިން ލޯބިން" ގެ އެއް ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބްއަކީ ވެސް ޖުމަލްއާ ވަރަށް ގުޅޭ ކަހަލަ ބަތަލާއެކެވެ. "މަލިކާ" ގައި ވެސް ދެ މީހުން އެކީގައި ފެނިފައިވެ އެވެ. ކުރިއަށް އޮތް ތަނުގައި ނުޒޫ އާއި ޖުމަލް އެކީގައި އަދިވެސް ފެންނާނެ ކަމަށް ބަލަމާ ހިނގާށެވެ.

މަޖޫއާ އެކު ޔޫސުފް (ޔޫއްޕެ) ޝަފީއު، އަލީ ސީޒަން އަދި ރަވީ ފާރޫގް ކަހަލަ އެކްޓަރުން ވެސް ފައްކާވާނެ އެވެެ. އެ ތަރިންނާ އެކު މަޖޫ ފެނިދާނެ އެވެ. މަޖޫ އާއި ރަވީ މީގެ ކުރިން އެކުގައި "ހުޅުދާން" ގައި މަަސައްކަތްކޮށްފައިވެ އެވެ. އެކަމަކު އެއީ ކެމިސްޓްރީ ދެއްކޭ ކަހަލަ ރޯލަކުންނެވެ.

އައްޒަ ސްކްރީން ހިއްސާ ކުރި ތަރިންގެ ތެރެއިން އަހުމަދު ޝިބާން އާއި މުހައްމަދު ޔުނާންއަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ސްކްރީން ޖޯޑުތަކެވެ. އައްޒަ އިތުރަށް މަސައްކަތް މަސައްކަތްކޮށްލަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނާ ތަރިންގެ ތެރޭގައި ސީޒަނާއި ޔޫއްޕެ ހިމެނެ އެވެ.

އައްޒަ އާއި ޔުނާން: "ބޮސް" ގައި އެކުގައި ފެނިގެން ދިޔަ.

ހަމައެއާ އެކު އަބްދުﷲ (މުއާ) މުއާޒަކީ ވެސް އައްޒައާ އެކު ސްކްރީން ކަޕްލްއެއްގެ ގޮތުގައި ވަރަށް ތާޒާ ޖޯޑަކަށް ވާނެ އެވެ. މުއާ ޑައިރެކްޓް ކުރާ "ލީނާ" ގައި މި ދެ ތަރިން އެކުގައި ފެނިގެން ދާނެ އެވެ. އެކަމަކު އެއީ ކެމިސްޓްރީ އަށް ދެއްކޭ ކަހަލަ ރޯލްތަކަކުންނެއް ނޫނެވެ.

ދެން އޮތީ މުއާ އާއި އައިޝަތި ރިޝްމީގެ ވާހަކަ އެވެ. މިއީ އަދި ފިލްމަކުން މިހާތަނަށް ފެނިފައި ނެތް ޖޯޑެކެވެ. އެހެންވެ މުއާ އާއި ރިޝްމީ ކެމިސްޓްރީ ޓެސްޓްކޮށްލަން ޑައިރެކްޓަރަކު ވިސްނާނެ ކަމަށް އުންމީދު ކުރާނީ އެވެ. އަދި މުއާ އާއި މަޖޫ، ނުޒޫ އާއި މުއާ، ރަވީ އާއި ނުޒޫ ފަދަ ތަރިންގެ ކެމިސްޓްރީއަކީ ތަޖުރިބާކޮށްލަން ރަނގަޅު ކަމެކެވެ.

ސީޒަން އާއި ޝިފާ: "+40" އިން ފެނިގެން ދާނެ.

މި ފަހުން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއިންގެ ތެރެއިން ނުޒޫއަކީ ވަރަށް ފާހަގަކޮށްލެވުނު ތަރިއެކެވެ. އޭނާގެ މާ ގިނަ މަސައްކަތެއް އަދި ބެލުންތެރިންނާ ހަމައަށް އައިސްފައި ނެތަސް، ނުޒޫ ސީޒަނާއި ޔޫއްޕެއާ އެކު ލޯބީގެ ރޯލަކުން ފެނުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. "ނޯޓީ 40" ގައި ސީޒަންގެ ކޮއްކޮއެއްގެ ރޯލް ނުޒޫ ކުޅެފައި އޮތަސް އެއީ މައްސަލައެއް ނޫނެވެ.

އަލަށް ތައާރަފުވި އެކްޓަރުންގެ ތެރެއިން ޝިބާންއަކީ ބެލުންތެރިން ގިނައިން ސްކްރީނުން ދެކިލަން ހިތްވާ ކަހަލަ އެކްޓަރެކެވެ. މިއީ ރަސްމީކޮށް ދިވެހި ސިނަމާ އަށް ސިކްސް ޕެކް ގެނައި އެކްޓަރޭ ވެސް ބުނެވި ދާނެ އެވެ. ޝިބާންއާ އެކު ސްކްރީނުން ދެކިލަން ހިތް އެދޭ ބަތަލާއިންގެ ތެރޭގައި މަޖޫ، ނުޒޫ އަދި ޝިފާ ފަދަ ޒުވާން ބަތަލާއިންގެ ނަންތައް ހިމެނި ދާނެ އެވެ.

ޝިބާން: މިދިޔަ އަހަރު "ހައްދު" ކުޅުނީ އައްޒަ އާއި ރިޝްފާއާ އެކު.

ބަތަލާ މަލީހާ (މަލް) ވަހީދުއަކީ ވެސް ކުރިމަގު އޮތް ބަތަލާއެކޭ ބުނެވިދާނެ އެވެ. ޔޫއްޕެގެ ޑައިރެކްޓް ކުރި "ބައިވެރިޔާ" ގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. ޔޫއްޕެ އާއި ސީޒަނާ އެކު މަސައްކަތްކޮށްފައިވާ މަލް، މުއާ، ރަވީ، ޖުމަލް އަދިު ޝިބާން ފަދަ އެކްޓަރުންނާ އެކު ވެސް ބަލައިލަން ފިލްމްތަކަށް ލޯބި ކުރާ މީހުން ވާނެ އެވެ.

ފިލްމްތަކަށް ބެލުންތެރިން ދޭ ޝައުގުގެ ތެރެއިން އެއް ބަޔަކީ އެ ފިލްމެއްގެ ލީޑް ރޯލް ކުޅޭ ތަރިންނެވެ. ފިލްމްގައި އުޅެނީ ކޮން ބައެއްތޯ ބަލާފައި ފިލްމަށް ދާ މީހުން މަދެއް ވެސް ނޫނެވެ.

އެހެންވެ ދިވެހި ސިނަމާ އިން ވެސް ތާޒާ، އާ ޖޯޑުތައް ބަލާލަން ލިބުމަކީ ބެލުންތެރިން ނިކަން ބޭނުން ވާނެ ކަމެކެވެ. އަބަދު އެއް ބަޔަކު ލައިގެން ފިލްމް ހަދަނީއޭ ބުނާ ބުނުމަށް ވެސް މިކަމުން ނިމުމެއް އަންނާނެ އެވެ. މިކަމަށް މަސައްކަތް ކުރެވޭނީ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 8%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަމެން

04 March 2018

މުއާ ނަޒޫ މަޖޫ ހަފޫ މަރީ ރަވީ މެން ކަމަކު ނުދޭ. އަދިވެސް ރީކޯ_ނިޝާ ޝިރާނީ_ވަޖީހު މި ދެޖޯޑު ސްކްރީނުން ބަލައިލަން ހިތްގައިމީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!