"ދަ ސެޕްރާނޯސް" މިއީ 1999 އިން 2007 އަށް އެޗްބީއޯ އިން ދެއްކި ސިލްސިލާއެއް
13 މާޗް 2018 - 06:46
އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ދަ ސޮޕްރާނޯސް" ފީޗާ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްބީއޯ އިން 1999 ގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށުމަށް ފަހު، ލިބުނު ބޮޑު ތަރުހީބާ އެކު، "ދަ ސޮޕްރާނޯސް" ވަނީ ހަ ސީޒަނެއް ދެމިގެން ދިޔަ ކާމިޔާބު ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދީ ޖުމްލަ 86 އެޕިސޯޑް ދައްކައިފަ އެވެ. ޝޯ ނިންމައިލީ ޖޫން، 10، 2007 ގަ އެވެ. މި ސިލްސިލާ އަށް ފަސް ގޯލްޑެން ގްލޯބް އެވޯޑާއި 21 އެމީ އެވޯޑްސް ވެސް ލިބިފައިވެ އެވެ.
"ދަ ސޮޕްރާނޯސް" ގެ މޭސްތިރިޔާ ޑޭވިޑް ޗޭޒް ބުނީ ބޮޑު ސްކްރީނަށް ފިލްމް ގެނެސް ދޭނީ ޕްރިއެލްއެލްއެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަށް ދީފައިވާ ނަމަކީ "ދަ މެނީ ސެއިންޓްސް އޮފް ނެވާކް" އެވެ.
އޭނާ ބުނީ ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ އޭނާއާ އެކު، ސިލްސިލާ ވެސް ލިޔުމުގައި ހިއްސާވި ލޯރެންސް ކޮނާގެ ބައިވެރިވުމާ އެކު ކަމަށެވެ.
ޑައިރެކްޓަރު ޑޭވިޑް ޗޭޒް: އެންމެ ފަހުން ހެދީ "ނޮޓް ފޭޑް އަވޭ".
"ފިލްމެއްގެ ގޮތުގައި މީތި ގެނެސްދޭ އިރު، ސިލްސިލާ އިން ފެނުނު މުހިއްމު ބައެއް ކެރެކްޓާތައް ފިލްމުން ވެސް ފެނިގެން ދާނެ،" ޑޭވިޑް ބުންޏެވެ.
ފިލްމާ ބެހޭ ގޮތުން ވޯނާ ބްރަދާޒް ޕިކްޗާޒް ގްރޫޕްގެ ޗެއާމަން ޓޯބީ އެމެރިޗް ބުނީ އެ ސިލްސިލާ ފީޗާއެއްގެ ގޮތުގައި ގެނެސް ދެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ޑޭވިޑްއަކީ ވަރަށް ފައްކާ ވާހަކަތަކެއް ކިޔައިދޭ ޑައިރެކްޓަރެއް ކަމަށް ބުންޏެވެ.
ޑޭވިޑް، 72، އެންމެ ފަހުން ގެނެސް ފިލްމަކީ 2012 ގައި ރިލީޒް ކުރި "ނޮޓް ފޭޑް އަވޭ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy