"އާދޭ މިއަދު ދާން" ލަވައިގެ މަންޒަރެއްގައި ރިޝްމީ.
21 ޖުލައި 2016 - 14:25
ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ލަވަ "އާދޭ މިއަދު ދާން" ގެ ވާހަކަ އަޑު އިވުނު ހިސާބުން ފެށިގެން ވެސް ބެލުންތެރިން ތިބީ ލަވަ ފެންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. މިހާރު މި ވަނީ އެ އިންތިޒާރަށް ނިމުމެއް އައިސްފަ އެވެ.
މަޑުމައިތިރި ލޯބީގެ ލަވަ "އާދޭ މިއަދު ދާން" މިއަދު މި ވަނީ އާންމުކޮށްފަ އެވެ. މި ލަވައަކީ އިބްރާހީމް ނިފާރު (ތިއްތި) ގެ މިއުޒިކަށް، މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) މެލޮޑީ އާއި ލިރިކްސް ހަދާފައިވާ ލަވައެކެވެ. ލަވަ ކިޔާފައި ވަނީ "ވިޝްކާ" ގެ ޑައިރެކްޓަރު/އެކްޓަރު ރަވީ އާއި ޔާރާ އިން ލަވަ ކިޔުމުގެ ދާއިރާ އަށް ތައާރަފު ކުރި ހުނަރުވެރި ޒުވާން އަންހެން ލަވަ ކިއުންތެރިޔާ މަރިޔަމް ރިފްގާ އެވެ. އޭނާއަކީ ޔާރާ އިން ހެދި އަގު ބޮޑު ވީޑިއޯ ލަވަ "އެމްއައިއެންއީ މައިން" ލަވައިގެ އަޑުވެރިޔާ އެވެ. "އާދޭ މިއަދު ދާން" ގެ މަންޒަރުތައް ނަގާފައި ވަނީ ތ. އަތޮޅު ވަންދު އާއި އެ ރަށާ ކައިރި ދެ ފަޅު ރަށެއްގަ އެވެ. ލަވަ ނަގާފައި ވަނީ ސިމްބޮލިކް ރެކޯޑްސް އިންނެވެ.
ހިތްގައިމު މަންޒަރުތަކާ އެކު ލަވައިން ފެނިގެން ދަނީ "ވިޝްކާ" ގެ ރޯލުން ފެނިގެންދާ ރިޝްމީ ރަމީޒާއި ރަވީ އެވެ.
ލަވައިން ވަރަށް ރީތި ޑްރޯން ޝޮޓްތަކެއް ވެސް ފެނިގެން ދެ އެވެ.
"ވިޝްކާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާ
22 July 2016
ލަވަ ރީއްޗެއް ނޫން، އެކްޓިން ރީއްޗެއްނޫން، ވީޑިއޯ ޝޮޓްތައް ގޯހެއް ނޫން
ސާރާ
22 July 2016
ތިހިރަ ހެދުން ތަކެއް ހީލީމާ ލަވައިގެ ފެންވަރު ދަށަސް އެލަވައިގަ ބޭނުން ކޮއްފަ ހުރި ހެދުން ތަކާ ގާތައް ވެސް ނާދޭ ރިއްފަތު ބޭބީ ޕާރޓީ ޔަކައް ތަ ރިޝްމީ ފޮނުވަން ރެޑީ ކުރީ އެހެރަ މޭކަޕް އަަށް ވެސް މަގޭ ސަލާން
މުހައްމާ
22 July 2016
މަ، މިހާރު އަންހެން ކުދިންނަށްވެސް ކަމުދަނީ އެހެން ތިބީމައޭ، ފެޝަނަކީ އަބަދުވެސް ބަަދަލުވަމުންދާ އެއްޗެއް، އެކަން ހަޖަމު ކުރަން ޖެހޭނެ
މަ
22 July 2016
ރަވީ ހީވަނީ ފެންނުވަރާ ހުރިހެން..ވަރަށް ނުަލަފާ ވައްތަރު ޖަހަނީ..
ކޫލް
21 July 2016
ލަވަ ރީތި. ތަފާތު. އެބަ ރަންގަޅުވޭ.
އެނޮނިމަސް
21 July 2016
މިއީ ތިބުނާ ލަވައެއްވެސް ނޫނެއްނު. އާދޭ މިއަދު ދާން ކިޔާ ތަންކޮޅު އެކަނި އެ ލަވައާ އެއްގޮތީ.
ފަޔަޅޭ ގަރުދިޔަ
21 July 2016
މީތި ކަޑައޭ މިނިރަ ފެންނަ ފިރިހެނާ...
ނިހާން ހުސައިން މަނިކު
21 July 2016
ރީޗެއްނޫން
ޙައްހާ
21 July 2016
ޢެއްވެސް ރީއްޗެއް ނޫން
ޖާރިޔާ އަހުމަދު ދީދީ
21 July 2016
އެހާ ހިތްގައިމެއް ނޫން.. މިހާރު ރާއްޖޭގައި ލަވައެއް ކުޅެންޏާ ބަލަނީ ވީހާވެސް ގިނަ ޑްރޯން ޝޮޓްތަކެއް ނެގޭތޯ. ހުރިހާ ލަވައެއް އެއް ތައްގަނޑަކަށް. ތަފާތުކަމެއް ނުފެނޭ. އެހެން ވާނީވެސް. ވީޑިއޯ މަސައްކަތް މިކުރަނީ އެއް ބައެއް. ހުރީ އެންމެ ޚިޔާލެއް..