އާލިއާ ބަޓް: އޭނާ ބުނަނީ 30 އަހަރުވުމުގެ ކުރިން ކައިވެނި ކުރާނެ ކަމަށް.
09 ޖޫން 2018 - 09:08
އުމުރުން 30 އަހަރު ވުމުގެ ކުރިން ކައިވެނި ކުރާނެ ކަމަށް ބޮލީވުޑްގެ ބަތަލާ އާލިއާ ބުނެފި އެވެ. އޭނާ މިހެން ބުނެފައި މިވަނީ އޭނާ އާއި ރަންބީރު ކަޕޫރްގެ ލޯބީގެ ވާހަކަ ވަރަށް ގަދައަށް ދެކެވެމުން އަންނަނިކޮށެވެ.
ޖީކިއު މެގަޒިން އަށް ދިން އިންޓަވިއުއެއްގައި، 25 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނާ ކައިވެނި ކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރަނީ އުމުރުން 30 އަހަރުގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އެކަމަކު އަހަރެން އުމުރުން ތިރީސް އަހަރުވުމުގެ ކުރިން ކައިވެނިކޮށް އަމިއްލަ ނަފުސު ވެސް ހައިރާން ކުރުވާނަން،" އާލިއާ ބުންޏެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ބުނި ގޮތުގައި އޭނާގެ މި ވަގުތު ފޯކަސް ކައިވެންޏަކަށް ނެތެވެ. އަދި ބޭނުން ވަނީ ކެރިއަ ކުރިއަށް ގެންދަން ކަމަށް ބުންޏެވެ.
"މި ވަގުތު ކައިވެނި ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް. ފޯކަސް ހުރީ ކެރިއާ އަށް. އަދި އަހަރެން ބޭނުމެއް ނޫން ލިވް އިން ރިލޭޝަންޝިޕަކަށް ދާކަށް ވެސް،" ދާދި ފަހުން ރިލީޒްކޮށް އަދިވެސް ބޮކްސް އޮފީހުގައި ހިނގަމުން އަންނަ 100 ކްރޯޑް ކުލަބްގެ ފިލްމް "ރާޒީ" ގެ ބަތަލާ ބުންޏެވެ. "އަހަރެން ބޭނުން ވަނީ އާދައިގެ ގުޅުމެއްގެ ތެރެއިން ކައިވެނިކޮށް، ދަރިން ހޯދަން. ކޮންމެހެން މުހިއްމެއް ނޫން ލޯބިވެރިޔާ ދަސްކުރަށޭ ކިޔާފައި ލިވް އިން ރިލޭޝަންޝިޕަކަށް ދާކަށް. ކައިވެނީގެ ކުރިން އެހެން މީހަކާ އެކު އަހަރެން ވަކިންނެއް ނޫޅޭނަން."
އާލިއާ އާއި ރަންބީރް މި މަހު ބޭއްވި ސޯނަމް ކަޕޫރްގެ ކައިވެނީގެ ހަފުލާގައި.
އާލިއާގެ ވާހަކަތައް މި މޭރުމުން ހުރި އިރު، ރަންބީރު ވަނީ ބަތަލާ ކެޓްރީނާ ކެއިފްއާ އެކު ތިން އަހަރެއްހާ ދުވަހު ލިވް-އިން-ރިލޭޝަންޝިޕެއްގައި އުޅެފަ އެވެ. އޭގެ ފަހުން 2016 ގައި ދެ މީހުން ވަނީ ރުޅިވެފަ އެވެ.
އާލިއާ ރައްޓެހިވެގެން އުޅޭކަން ވަރަށް ދުރުދުރުން ކަށަވަރުކޮށްދޭ ކަހަލަ އިބާރާތާކުން ރަންބީރު، 35، ދާދި ފަހުން ވަނީ ދެ މީހުންގެ ގުޅުން އަދި ވަރަށް އާ ކަމަށާއި "ކެކިލަން" އަދި ވަގުތު ނަގާނެ ކަމަށް ބުނެފަ އެވެ. އަދި ރަންބީރު މިހެން ބުނިތާ އެއް ދުވަސް ފަހުން، އޭނާގެ ދައްތަ ރިދިމާ ކަޕޫރް ވަނީ އަތުގައި އަޅާ ވަރަށް ރީތި ކެވެލިކޮޅެއް އާލިއާ އަށް ހަދިޔާކޮށްފަ އެވެ.
އާލިއާ އާއި ރަންބީރު މިހާރު އަންނަނީ އެކުގައި ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ އަންނަ އަހަރުގެ އޮގަސްޓް 15 ގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" އެވެ.
"Brahmastra" ge 2 vana shooting schedule ah thayaaru
The most trusted news source in the Maldives
Mihaaru
"ބުރައްމަސްތުރާ" އަކީ އާލިއާ އާއި ރަންބީރް އެކުގައި ކުޅޭ ފުރަތަމަ ފިލްމް.
ކުރިން ބޮލީވުޑްގެ ބަތަލާއިން ކެރިއާއަށްޓަކައި ކައިވެނި، އުމުރުން ދުވަސްވާ ފަހުން ކުރަން މަޑުކުރި ނަމަވެސް އެކަން މިހާރު ވަނީ ބަދަލުވެފަ އެވެ. ކަރީނާ ކަޕޫރާއި އަނުޝްކާ ޝަރްމާ އާއި ސޯނަމް ކަޕޫރް ފަދަ ބަތަލާއިންނަކީ އޭގެ މިސާލުތަކެވެ. އެ ތަރިންނަކީ ކައިވެނިކޮށްގެން ވެސް ކާމިޔާބުކަމާ އެކު ކުރިއަށްދާ ތަރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީނާ
09 June 2018
އާލިއާއަށް ހަމަ ސާބަސް! މިހާރު އެންމެންނަށްވެސް ޝައްކު ކީއްވެބާއޭ އާލިއާ ކެޓްރީނާޔާ ގާތްވެގެން އުޅުނީ؟ ހަމަ އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ ރައްޓެހި ވެގެން އޭނާގެ ހިތުގަ ޖައްސަން އާލިޔާ ބޭނުންވަނީބާ؟ މީގެ ކުރިންވެސް ރަަންބީރު ކަަޕޫރު ވަނީ ސޯނަމް، ދިޕިކާ، ކެޓްރީނާ އަށް ބޭވަފާތެރި ވެފަ! ހަމަ އެގޮތަށް މާދަމާ ރަަންބީރު ކަޕޫރު އާލިޔާ އަށްވެސް ބޭވަފާތެރި ވެެދާނެތީ އާލިޔާ ބިިރެއް ނުގަނޭބާ؟ ރަަންބީރު ކަޕޫރުގެ ސިފައަކީ ކިތަންމެ މީހުން ގަަޔާވާ ސިފައަކަށް ވިޔަސް އޭނާއަކީ ރަަނގަޅު ލޯބިވެރިއެއް ނޫންކަން މިއަދު ގަަބޫލު ނުކުރާ މީހަކީ ހަމަ މޮޔައެކޭ ލީނަ ބުނާނީ!
އަތޮޅޭބެ
09 June 2018
ބޭބެ އުމުރުން 54. ނޯ ލިވްއިން ރިލޭޝަންޝިޕް. ސޯ ކަމް ޓު ދިވެހިރާއްޖެ. އެކުގައި އުޅެން މިހިރީ.