މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

"ބަގަޅޭ" ބާއްވާފައި މަދޮށިޕް "ފަރީ" ގެނެސް ދޭން ނިންމައިފި

މަދޮށިޕް ޓީމްގެ މެމްބަރުންތަކެއް: ފީޗާ ފިލްމަކަށް އަންނަނީ ތައްޔާރުވަމުން.

މިދިޔަ އަހަރު ރިލީޒް ކުރި "ވިޝްކާ" ގައި ޓެކްނިކަލް މަސައްކަތް ކުރި މަދޮށިޝިޕް ސްޓޫޑިއޯ އިން "ބަގަޅޭ" ގެ ނަމުގައި އުފައްދަން އުޅުނު ފީޗާ ފިލްމު މަޑުޖައްސާލާފައި އެހެން މަސައްކަތެއް ފަށައިފި އެވެ.

އެ ފިލްމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުން، ވަރުގަދަ ޓީމެއް އޮތް މަދޮށިޕުން މިހާރު މަސައްކަތް ފަށަން ތައްޔާރުވަނީ އެކަނިވެރިއެއް މައެއްގެ ވާހަކަ ކިޔައިދޭ، އަދި ވާކިން ޓައިޓްލްއެއްގެ ގޮތުގައި ހަދާ "ފަރީ" އެވެ. މި ފިލްމަކީ "ބަގަޅޭ" ގެ ވެސް ލިޔެ، އެ ފިލްމް ޑައިރެކްޓް ކުރާ އަހުމަދު (އަންދު) ސައީދު ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ.

"ފަރީ" އަށް ބޭނުންވާ ކާސްޓުން ހޯދަން މަދޮށިޕުން މިހާރު ވަނީ ކާސްޓިން ކޯލަކަށް ވެސް ހުޅުވާލައިފަ އެވެ. ޝައުގުވެރިވާ ޒުވާނުންނަށް މި މަހުގެ 27 އާ ހަމައަށްފުރުސަތު އޮންނާނެ އެވެ.

މަދޮށިޕްގެ ކާސްޓިން ކޯލް.

މަދޮށިޕްގެ ސީއީއޯ އާރިފް އަބްދުﷲ ބުނީ ރާވާފައި އޮތީ "ފަރީ" ގެ ޝޫޓިން އަންނަ މަހުގެ 15 ގައި ފަށަން ކަމަށެވެ.

"އަހަރެމެން ނިންމާފައި މިއޮތީ އިންޓްރަސްޓް ފާޅު ކުރާ ކުދިންނާ އެކު އޮޑިޝަނެއް ބާއްވައި، އެކްޓިން ވޯކްޝޮޕެއް ހިންގުމަށް ފަހު، ކާސްޓުން ފައިނަލް ކުރަން،" އޭނާ ބުންޏެވެ. "މިގޮތަށް ހުޅުވާލީ އާ ބަޔަކަށް ފުރުސަތު ދޭންވެގެން. އުންމީދު ކުރަނީ ރަނގަޅު އެކްޓަރުންތަކެއް ލިބޭނެ ކަމަށް."

އާރިފް ބުނީ ގާތްގަނޑަކަށް 400،000ރ. ގެ ބަޖެޓަކުން ހަދާ "ފަރީ" ޝޫޓް ކުރާނީ މާލޭގައި ކަމަށާއި ޝޫޓިން އަށް ނަގާނީ މަހެއްހާ ދުވަސް ކަމަށެވެ.

Bagalhey: aa baegge thafaath filmakah vaane

Bagalhey: aa baegge thafaath filmakah vaane

The most trusted news source in the Maldives

Mihaaru

"ބަގަޅޭ" އަކީ މަދޮށިޕުން އިއުލާން ކުރި ފުރަތަމަ ފިލްމް.

"ޕޯސްޓް ޕްރޮޑަކްޝަނަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާ ކުރެވޭ. އެކަމަކު އަހަރެމެންގެ ޓާގެޓެއް މި އަހަރުގެ ފަހުކޮޅު ސިނަމާ އަށް ފިލްމް ގެނައުމަކީ،" އޭނާ ބުންޏެވެ.

އާރިފި ގޮތުގައި ބުނީ "ފަރީ" އަކީ މަދޮށިޕުން ގެނެސް ދޭން ބޭނުންވާ ޓްރިލޮޖީއެއްގެ އެއް ބައެވެ. އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށް މުޖުތައު ތެރެއިން ދިމާވާ ކަންތައްތަކެއްގެ މައްޗަށް ހަދަން ނިންމާފައިވާ "ބަގަޅޭ" އަކީ ވެސް މީގެ ބައެކެވެ. ތިން ވަނަ ބަޔަކީ ޒުވާން ފިރިހެނެއް/ވިޔަފާވެރިއެއްގެ ވާހަކަ ކިޔައި ދޭނެ އެއްޗެކެވެ.

"މި ތިން ބައި ވެސް އިރާދަކުރެވިއްޔާ ބެލުންތެރިންނަށް މަދޮށިޕުން ގެނެސް ދޭނަން،" އާރިފް ބުންޏެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 6%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454