ނީހާ އާއި އަންގަދު ސިއްރު ފެންފުށީ ރިސޯޓްގެ މޫދުގައި.
11 އޯގަސްޓް 2018 - 11:37
މިދިޔަ މެއި މަހު ކައިވެނި ކުރި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ނޭހާ ދޫޕިއާ އާއި އަންގަދް ބޭދީ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
އެ ދެ މީހުން ޗުއްޓީ ހޭދަ ކުރަމުން އަންނަ ސިއްރު ފެންފުށި ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ކުރީގެ މިސް އިންޑިއާ ނޭހާ އާއި އަންގަދު ކައިވެނި ކުރީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ދެ ތަރިން ރާއްޖެ އައިސްފައި މި ވަނީ ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ، ނޭހާ އިނީ ބަލިވެ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
އެމްޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ރޯޑީޒް" ގެ ހަމައެކަނި އަންހެން މެންޓޯއެއްގެ ގޮތުގައި ހަރަކާތްތެރިވާ ނޭހާ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" އެވެ.
އަންގަދުގެ ޕޯސްޓެއް.
މިދިޔަ އަހަރު ރިލީޒް ކުރި "ޓައިގާ ޒިންދޭ ހޭ" ގައި މުހިއްމު ރޯލެއް ކުޅުނު އަންގަދު އެންމެ ފަހުން ފެނިފައި ވަނީ ދާދި ފަހުން ރިލީޒް ކުރި ބައޮގްރަފިކަލް ޑްރާނާ "ސޫރްމާ" އިންނެވެ.
މިހާރު އުމުރުން 37 އަހަރުގެ ނޭހާ އޭނާ އަށް ވުރެ ދެ އަހަރު ހަގު އަންގަދްއާ ކައިވެނި ކުރުމުން ބައެއް މީހުން އޭނާ ފާޑު ވެސް ކިޔައި، މަލާމާތްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔު5
12 August 2018
ކަލޭމެން ކުދިން އަހަރެމެންގެ މި ރީތި އަދި ލޯބިލޯބި ރާއްޖެ އައިސް ތިޔާހެން މަޖާކޮށްލައި ހިތް ހަމަޖައްސާލާ! ތި ކުދިންނަށް މި ދީބުން މަރުހަބާކިޔާނެ.