ސޮނާކްޝީ ރާއްޖޭހައި ނަގާފައިވާ ފޮޓޯއެއް.
16 ސެޕްޓެމްބަރ 2018 - 11:08
މީގެ ކުރިން ވެސް ރާއްޖޭގައި އެތައް ފަހަރަކު ޗުއްޓީ ހޭދަކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
ރައްޓެހިންތަކަކާ އެކު މި ފަހަރު ޗުއްޓީ ހަދާލަން އައި ބަތަލާ ވަނީ އިންސްޓަގްރާމްގައި ޗުއްޓީ ދަތުރުގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. ސޮނާކްޝީ ޗުއްޓީ ހޭދަކުރަނީ ދާދި ފަހުން ބަތަނާ ނީހާ ދޫޕިއާ އާއި ފިރިމީހާ އަންގަދް ބޭދީ ވެސް ޗުއްޓީ ހޭދަކުރި ސިއްރު ފެންފުށި ރިސޯޓްގަ އެވެ.
މިދިޔަ މަހު ރިލީޒްކުރި "ހެޕީ ޕިރް ބާގް ޖާއޭގީ" ގެ ބަތަލާ ރާއްޖެ އަށް އައި އިރު، އޭނާ އަންނަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަބީޝެކް ވަރްމަން ޑައިރެކްޓް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" ގައި މަސައްކަތް ކުރަމުންނެވެ.
ސޮނާކްޝީގެ ޕޯސްޓެއް.
އެޕްރީލް، 19، 2019 ގައި ރިލީޒް ކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ކިއާރާ އަދްވާނީ، އަދިތިޔާ ރޯއި ކަޕޫރް، ކިރިތީ ސެނަން އަދި ކުނާލް ކޭމޫ ހިމެނެ އެވެ.
ސޮނާކްޝީގެ ޕޯސްޓެއް.
ފިލްމް "ދަބަންގް" އިން 2010 ގައި ސަލްމާނާ ހާނާ އެކު ބޮލީވުޑަށް ތައާރަފުވި ސޮނާކްޝީ ކުރިއަށް އޮތް އިތުރު އަނެއް ފިލްމަކީ "ދަބަންގް 3" އެވެ. ޕްރަބޫދޭވާ ޑައިރެކްޓް ކުރާ އެ ފިލްމު އަންނަ އަހަރު ކްރިސްމަސްގައި ސިނަމާތަކަށް ގެންނާނެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
16 September 2018
ސޮނާކުސީއައް ސުވިމިން ޕޫލައް ޑައިބު ޖަހަންވެސް ނޭގޭދޯ. ހީވީ ބޮޑު ސައްކެޔޮގަނޑެއް ފެން އެއްޗެއްގެ ތެރެއައް ޗަސްލާފަ ވެއްޓުނުހެން..
ރައަޔިތު މީހާ
16 September 2018
ސޮނާކްޝީ ! ކަލޭމެން ރަށުން ދެކުނީންތަ ތިހާރީތި ބުދުފައްޅިއެއް .. ތީ އަހަރެމެންގެ ރ ޔާމީނުބޭގެ ވެރިކަމުގަ ކަލޭމެން ކަހަލަ ކުދީންނަށް ހަދާދިން ތަނެކޭ ..
ވޮލަންޓިއަރު
16 September 2018
ބުދުކޯލެއް އެބަފެނޭ ،
ޒިންދަގީ
16 September 2018
ސޮނާކްޝީ ގާތުން އަހާބަލަ ބުދުކޯލެއް ތިޔަތަނުގަ އަދިވެސްހުރިތޯ؟؟ ފުލުހުން އެތަން ނަގަން އެބައުޅޭތޯ؟؟
ހުސެންއަލީ
16 September 2018
އަދިވެސް އެއްކަލަ ބުދުތައް އެހެރީ ނުނަގާދޯ. ފުލުހުންވެސް މިނަގަނީއޭ ކިޔާ ސިޔާސީ ސުރުހީއެއް އަޅާލީ ދެއްތޮ.
އިބްޝާ
16 September 2018
ބުދުކޯލު އަޅަން ކިހާފައިސާއެއްކަން ދިނީ ހަމައެވެރިންނަށް އިގޭނީ .. ބުދުތައް ނެގުމުގެ ކުރިން އެފައިސާތައް އަބުރާދޭންޖެހެޔޭ .. އެނޫން ގޮތަކަށް ކިހިނެއް ނަގާނީ .. ހާސްނުވޭ ތިތަން ސާފުކުރާނީ އިބޫ..
ރާއްޖެ
16 September 2018
ބުދުފައްޅިއަށް ތި އަށް ތިއައީ ..