ޖެނިފާ ލޮޕޭޒް: އޭނާގެ އާ ފިލްމަށް ޕްރޮޑަކްޝަން ހައުސްއެއް އަންނަނީ ހޯދަމުން.
11 އޮކްޓޯބަރ 2018 - 07:33
ރެސްލިން ތެޅުންތެރިއެއްގެ ގޮތުގައި ހޮލީވުޑަށް ވަތް ޑްވޭން (ރޮކް) ޖޯންސަންއަކީ މިހާރު ހޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބިޒީ އެކަކެވެ. އަދި އޭނާއަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ތަރި ވެސް އެވެ. މި އަހަރުގެ ރޮކްގެ ދެ ފިލްމެއް ސިނަމާ އައިސްފައިވެ އެވެ. އެއީ "ސްކައި ކްރެޕާ" އާއި "ރެމްޕޭޖް" އެވެ. މިދިޔަ އަހަރު އޭނާގެ ތިން ފިލްމެއް ރިލީޒް ކުރި އެވެ. އެއީ "ދަ ފޭޓް އޮފް ދަ ފިއުރިއަސް" އާއި "ބޭވޮޗް"ގެ އިތުރުން "ޖުމާންޖީ: ވެލްކަމް ޓް ދަ ޖަންގަލް" އެވެ.
އަންނަ އަހަރަށް ހުރި ރޮކްގެ ފިލްމުތަކުގެ ތެރޭގައި "ފާސްޓް އެންޑް ފިއުރިއަސްގެ "ސްޕިން-އޯފްއެއްގެ ގޮތުގައި ގެނެސްދޭ "ހޮބްސް އެންޑް ޝޯ" އާއި "ފައިޓިން ވިތު މައި ފެމިލީ"، "ޝަޒަމް" އަދި "ޖުމާމްޖީ" ގެ ސީކްއެލް "ޖަންގަލް ކްރޫޒް" ހިމެނެ އެވެ.
ނެޓްފްލިކްސްގެ ފިލްމަކަށް ވެސް ރޮކް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެއީ އޭނާ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ "ޖޯން ހެންރީ އެންޑް ދަ ސްޓޭމަންޓް" އެވެ. ޓޮމް ވީލާގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ "ޖުމާންޖީ" ގެ ޑައިރެކްޓަރު ޖޭން ކަޒްޑަން އެވެ.
"ހޮބްސް އެންޑް ޝޯ" ގެ މަންޒަރެއްގައި ޖެސަން ސްޓެތަމް އާއި ރޮކް.
"ޖޯން ހެންރީ އެންޑް ދަ ސްޓޭމަންޓް" ވެގެން ދާނީ މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިކްސްގެ ފީޗާއެއްގައި ރޮކް މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ. އަނެއްކޮޅުން މި ޕްރޮޖެކްޓާ އެކު، އެ ކުންފުންޏަަށް ލިބޭ އެންމެ ބޮޑު އެއް ޝަރަފަކީ މާކް ވޮލްބާގާއި ރަޔަން ރެނޮލްޑްސް ފަދަ އޭ ލިސްޓް އެކްޓަރުންނާ އެކު، ރޮކްގެ ނަން ވެސް ނެޓްފްލިކްސްގެ ތެރެއަށް މިހާރު އަންނާތީ އެވެ.
މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ފިލްމު ހެޑް ސްކޮޓް ޑަބާ ބުނީ ރޮކް ކަހަލަ އިންޓަނެޝަނަލް ތަރިއަކު އެ މީހުންގެ ޕްރޮޖެކްޓަކަށް އައުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ޖޯން ހެންރީ އެންޑް ދަ ސްޓޭމަންޓް" ގެނެސް ދޭނެ އިރެއް އިއުލާނެއް ނުކުރެ އެވެ.
މާވެލް އިން ޑީސީ އަށް ހިޖުރަކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު ޑީސީގެ "ސުއިސައިޑް ސްކޮޑް" ގެ ސީކްއެލް ޑައިރެކްޓް ކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
"ގާޑިއަންސް އޮފް ދަ ގެލެކްސީ" ދެ ފިލްމު ޑައިރެކްޓް ކުރުމަށް ފަހު، އޭގެ ތިން ވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރު ވަމުން ދަނިކޮށް މާލެވް އިން ވަނީ ޖޭމްސް މީގެ އަހަރުތަކެއް ކުރިން ކޮށްފައިވާ "ފުރައްސާރައި" ގެ ޓްވީޓްތަކަކާ ގުޅިގެން އޭނާ ބޭރުކޮށްލައިފަ އެވެ.
Guardians of the Galaxy 3" ge Dirctor vakikoffi
The most trusted news source in the Maldives
Mihaaru
ޖޭމްސް މޭވެލް އިން ބޭރު ކުރީ ޓްވީޓްތަކެއްގެ މައްސަލައެއްގައި.
"ސުއިސައިޑް ސްކޮޑް 2" ޖޭމްސްއާ ހަވާލު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ އިރު، މީގެ ޑައިރެކްޝަން މީގެ އަހަރު ދުވަސް ކުރިން ވަނީ "ދި އެކައުންޓެންޓް" ގެ ގެނެސް ދިން ގެވިން އޮ ކޮނޯއާ ހަވާލުކޮށްފަ އެވެ. އެކަމަކު ދެން އޭނާ މި ފިލްމުގެ ޑައިރެކްޓަރުގެ ތޮއްޕެއް ނާޅާނެ އެވެ.
ދެހާސް ސޯޅައިގައި ރިލީޒް ކުރި ސުޕަހީރޯ ފިލްމު "ސުއިސައިޑް" އަކީ ޑޭވިޑް އެޔާ ޑައިރެކްޓް ކުރި ފިލްމެކެވެ. މި ފިލްމް ބޮކްސް އޮފީހުގައި 746.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ވިލް ސުމިތު، މާގޯ ރޮބީ، ވައޮލޯ ޑެވިސް އަދި ސްކޮޓް އީސްޓްވުޑް ހިމެނެ އެވެ.
ޖޭމްސްގެ ފިލްމަކަށް ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނީ މެއި، 24، 2019 ގައި ރިލީޒް ކުރާ "ބްރައިޓް ބާން" އެވެ.
ޖެނިފާ ލޮޕޭޒް ލީޑް ރޯލް ކުޅޭ ފިލްމު "ހަސްލާޒް އެޓް ސްކޯސް" ޕްރޮޑިއުސްކޮށް އައްނަޕޫރްނާ ޕިކްޗާޒް އިން ދޫކޮށްލުނުން އާ ޕްރޮޑަކްޝަން ހައުސްއެއް ހޯދުމުގެ މަސައްކަތް ފަށަައިފި އެވެ. އެ ސްޓޫޑިއޯ ފިލްމު ދޫކޮށްލި ސަބަބެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އައްނަޕޫރްނާ އިން ފިލްމު ދޫކޮށްލި ލޮފޭޒާ ދެމެދު އުފެދުނު ހިޔާލު ތަފާވުންތަކާ ހެދި އެވެ. އޭނާއަކީ މި ފިލްމުގެ އެއް ޕްރޮޑިއުސަރު ވެސް މެ އެވެ.
ކޮންސްޓެންސް ވޫ.
އަންނަ އަހަރު ޝޫޓިން ފަށަން ނިންމާފައިވާ "ހަސްލާޒް އެޓް ސްކޯސް" ޑައިރެކްޓް ކުރަނީ "ކޮހޮރެންސް" އާއި "ދެ މެޑްލާ" ފަދަ ފިލްމުތައް ގެނެސް ދިން ލޮރީން ސްކަފާރިއާ އެވެ. "ހަސްލާޒް އެޓް ސްކޯސް" ގައި ލޮޕޭޒާ އެކު، ދާދި ފަހުން ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ކްރޭޒީ ރިޗް އޭޝިއަންސް" ގެ ބަތަލާ ކޮންސްޓެންސް ވޫ ވެސް ފެނިގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy