11 އޮކްޓޯބަރ 2018 - 07:31
ރިޝީ ކަޕޫރް އެމެރިކާގައި ބައްޔަކަށް ބޭސްކުރަމުން އަންނަ އިރު، އޭނާގެ ބައްޔާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ އެވެ. ބައެއް މީޑިއާތަކުން ބުނަނީ އޭނާ އަށް ޖެހިފައިވަނީ ކެންސަރު ކަމަށާއި އޭނާ ހުރީ އެ ބަލީގެ ތިން ވަނަ ސްޓޭޖްގައި ކަމަށެވެ.
ރިޝީ އާއި އަންހެނުން ނީޓޫމި ހަފުތާގައި ސޯޝަލް މީޑިއާގައި އާންމު ކުރި ފޮޓޯތަކުގައި ރިޝީ ފެންނަނީ ތަފާތުކޮށެވެ. އެންމެ ބޮޑު ތަފާތަކީ ބޮލުގެ އިސްތަށިގަނޑަށް އައިސްފައި ހުރި ބަދަލެވެ. ބައެއް މީޑީއާތަކުން ބުނި ގޮތުގައި ރިޝީގެ ބޯ އެއްކޮށް ހުރީ ނުރަވެފަ އެވެ. އެހެންވެ ބޮލުގައި ކުލަ ޖައްސާފައި ހުރި ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.
This is to dispel all notions and wrong speculations of my hair turning grey/white overnight. My hair was dyed by Awan Contractor for a film produced by Honey Trehan and Sony pictures directed by Hitesh Bhatia. Film is untitled. Trust this clears the air pic.twitter.com/0v5Z0nFcDN
— Rishi Kapoor (@chintskap) October 9, 2018
ރިޝީގެ ބޮލަށް ކުއްލިއަކަށް އައި މި ބަދަލު މީޑިއާތަކުން ސިފަކުރަނީ ބައްޔާ ގުޅުން ހުރި ކަމެއްގެ ގޮތުގަ އެވެ. އަދި އެ ވާހަކަ މީޑިއާތަކުގައި ދެކެވޭތީ އިސްތަށިގަނޑަށް އައި ބަދަލުގެ ސިއްރަކީ ކޮބައިކަން ރިޝީ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
This is the final look of the film. Sharma ji. All grey! Will revert to original hair colour soon pic.twitter.com/luM4MKGVs1
— Rishi Kapoor (@chintskap) October 9, 2018
ފޮޓޯތަކަކާ އެކު އޭނާ ބުނީ ބޮލުގެ އިސްތަށިގަނޑު ނުރަކޮށްފައި ހުރީ ފިލްމެއްގެ ކެރެކްޓާއަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އެގޮތުން މޭކަޕް ރޫމެއްގައި އިސްތަށިގަނޑުގައި ކުލަ ޖައްސަނިކޮށް ފޮޓޯއެއް ހިއްސާ ކުރި އެވެ. އަނެއް ފޮޓޯގައި ފެންނަނީ އެ ލުކްގައި ޝޫޓިންއެއްގެ ތެރޭގައި މޮނީޓަރުން ނަގާފައިވާ ފޮޓޯއެކެވެ.
ރިޝީ ބުނި ގޮތުގައި މި ފޮޓޯތައް އޭނާ ހިއްސާކުރީ ބޮލަށް އައި ކުއްލި ބަދަލާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކާތީ އެވެ. އަދި ބޮލުގެ އަސްލު ކުލަ އަށް، އިސްތަށިގަނޑު ވަރަށް އަވަހަށް ބަދަލު ކުރާނެ ކަމަށް ވެސް ބުންޏެވެ.
އެމެރިކާ އަށް ފުރުމުގެ ކުރިން ވެސް ރިޝީ ކުރި ޓްވީޓެއްގައި ވަނީ ބައްޔަކަށް ފަރުވާ ހޯދަން ދާތީ ފާޑުފާޑުގެ ވާހަކަ ނުފެތުރުމަށް އެދިފަ އެވެ.
ރިޝީ އާއި ނީޓޫ، ޕްރިޔަންކާއާ އެކު.
ރިޝީ ބޯ "ނުރަ" ކުރީ ޖޫހީ ޗާވްލާއާ އެކު ކުޅެން ދާދި ފަހުން އިއުލާން ކުރި ފިލްމަަށެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ އެ ފިލްމުގެ މަސައްކަތް ފެށިތަނާ ރިޝީ ފަރުވާއަކަށް އެމެރިކާ އަށް ދާން ޖެހިގެން، އޭގެ މަސައްކަތް މިހާރު ވަނީ އޭނާ އެނބުރި އަންނަންދެން މަޑުޖައްސާލައިފަ އެވެ.
New York,Manhattan. “Kher-free” or is it “Care-free”on Madison Avenue with colleague and old friend Anupam Kher this afternoon! pic.twitter.com/6qwfUufuML
— Rishi Kapoor (@chintskap) October 7, 2018
ރިޝީ، އަނޫޕަމް ކޭރާ އެކު އެމެރިކާގައި.
ރިޝީ، 66، އަށް ކެންސަރު ޖެހިފައިވާ ކަމަށް މީޑިއާތަކުން ޚަބަރު ފަތުރާފައިވާތީ އާއިލާ އިން ވަނީ އެކަމާ ރުޅިގަދަވެފަ އެވެ. ފަރުވާގެ ދަތުރުގެ ތެރޭގައި އޭނާ ވަނީ އެމެރިކާގައި މިހާރު ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބަތަލާ ސޮނާލީ ބެންޑްރޭއާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ސޮނާލީއާ ވެސް ބައްދަލުކޮށް ނަގާފައިވާ ފޮޓޯތަކެއް ނީޓޫ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ބައެއް މީހުން ބުނެފައި ވަނީ އެ ފޮޓޯތަކުގައި ރިޝީ ފެންނަނީ ވަރަށް ބަލިކޮށް ކަމަށެވެ. އަދި ފެންނަނީ މާ ބޮޑަށް މުސްކުޅިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ. ގިނަ ބަޔަކު މިކަންކަން ގުޅުވަނީ ރިޝީ އަށް ބޮޑު ބައްޔެއް ޖެހިފައިވާ ކަމުގެ އަލާމާތްތަކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާދާ
11 October 2018
65އހަރުވާއިރު ބޯ ހުންނާނީ ނުރަވެފައެއްނު އެމީހުން ކަޅުކޮއްގެން އުޅެނީނު ދެކިބަލަ ދިލިޕްކުމާރުވެސް 95އަހަރު އެކަމަކު ބޮލުގަ ހުންނަނީ ކަޅުކުލަ ޖައްސާފަ އެ އުމުރަށްދާ އިރު ބޯހުދުނުވެ ހުރޭތަ މަހިތުން ބޮލުގަ ކުލަ ނުޖައްސާ ހުންނަނީ ހަމައެކަނި ވަޙީދާ ރަޙްމާން
އަޙްމަދު45
11 October 2018
ނުރަނުވާ މީހުންވެސް ތިބޭ ދޯ. އަހަރެންގެ ބައްޕަ ނިޔާވިއިރު އުމުރުން 69 އަހަރު ބޮލުގައި ނުހުރޭ ހުދު އެކަތިވެސް. މަށައް އަދި 36 ނުވޭ، މަގޭ ތުނބުޅިއާ ބޯ ހުދުވާން ފަށައިފި މިހާރުވެސް.