ތަނުޝްރީ: ބޮލީވުޑްގައި "މީޓޫ" މޫވްމަންޓް ވައިގައި ހިފީ އޭނާގެ ސަބަބުން.
14 އޮކްޓޯބަރ 2018 - 07:37
ނާނާ ޕަޓޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ދެއްކި ވާހަކަތަކާ އެކު މުޅި ބޮލީވުޑް ހޭލައްވާލައިފި އެވެ. ކުރިން ވެސް ބޮލީވުޑަކީ ފިރިހެން ފަންނާނުންގެ ފަރާތުން އަންހެން ފަންނާނުންނަށް އެކި ކަހަލަ ފުރައްސާރަ އާއި ގޯނާތައް ކުރިމަތިވާ ކަމަށް އަޑު އަރާފައިވާ އިންޑަސްޓްރީއެކެވެ. އެކަމަކު "ކާސްޓިން ކައުޗް" ހަޑި އަދި އަނދިރި ފަރާތުގެ ވާހަކަ މިހާތަނަކަށް ގިނަ ބަތަލާއިން ދައްކައެއް ނޫޅެ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކެރިއާ ހަލާވުދާނެތީ އެވެ.
ބަތަލާއަކު ބޮލީވުޑްގައި ކުރިއަށް ދާން ބޭނުންވާ ނަމަ، އޮންނަ އެންމެ ފަސޭހަ އެއް މަގަކީ ޕްރޮޑިއުސަރަކު ނުވަތަ ޑައިރެކްޓަރަކު ނުވަތަ އެކްޓަރަކު އެދޭހާ ކަމެއް ކޮށްދީގެން، އެ ވާހަކަ ސިއްރުކޮށްގެން ކެރިއާއެއް ބިނާ ކުރަން ގަބޫލުވުމެވެ. ހިތާ ދެކޮޅަށް ނަމަވެސް، ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިންނަކީ މި ކަހަލަ މަޖުބޫރީ ހާލަތެއްގެ ތެރޭގައި އުޅެން ޖެހިފައިވާ މީހެކެވެ.
— Sajid Khan (@SimplySajidK) October 12, 2018
ސާޖިދު ހާންގެ ޓްވީޓް.
ބޮލީވުޑްގައި މިހާރު ފުރައްސާރަތަކާ ދެކޮޅަށް އަންހެން ފަންނާނުން ނުކުމެ، ފާޅުގައި ވާހަކަ ދައްކަން ފެށުމާ އެކު، އެތައް ބަޔަކު މިހާރު ވެސް ބޭޒާރުވެއްޖެ އެވެ. މީގެ ތެރޭގައި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ.
— Akshay Kumar (@akshaykumar) October 12, 2018
އަކްޝޭގެ ޓްވީޓް.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި މިހާރު ޖިންސީ ފުރައްސާރަތަކާ އެކު، ބޭޒާރުވާ މީހުންގެ ވާހަކަތައް ނޫން ވާހަކައެއް ނެތެވެ. މިހާރު ކަންތައްތައް ދާ ގޮތުން ސަލާމަތުން ހުރި އެކަކު ނުހުންނާނެ ހިސާބަށް ބޮލީވުޑްގެ "މީޓޫ މޫވްމަންޓް" މިހާރު ވަނީ ފުޅާވެފަ އެވެ.
— Aamir Khan (@aamir_khan) October 10, 2018
އާމިރު ހާންގެ ޓްވީޓް.
ކެރިގެން ވާހަކަ ދައްކާ އަންހެނުންނަށް ގިނަ ބަޔަކު އަންނަނީ ސާބަހާއި ހިތްވަރު ވެސް ދެމުންނެވެ. އަނެއްކޮޅުން ބޭޒާރުވާ މީހުން ދަނީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރަމުންނެވެ.
ހަމަމިއާ އެކު ބައެއް ޑައިރެކްޓަރުންނަށް ދެން މަސައްކަތެއް ނުލިބޭހާ ވަރަށް އެ މީހުންގެ ވާހަކަތައް .ބައެއް ބަތަލާއިން ވަނީ މީޑިއާތަކަށް ތިލަކޮށްފަ އެވެ. ތުހުމަތުތައް މިހާތަނަށް އެޅުނު ފަންނާނުންނާ އެކު މަސައްކަތް ނުކުރަން ވެސް އެތައް ބަޔަކު ވަނީ ނިންމައިފަ އެވެ.
For centuries Indian women hv been oppressed. Sati, child-marriage, dowry, treatment of widows, banned from temples etc. What the judiciary, Govt, Beti Bachao cudnt do has been achieved by these brave women of #MeToo👏🏼 But I weep for girls raped in shelter homes who hv no voice😢
— Simi Garewal (@Simi_Garewal) October 12, 2018
ސިމީގެ ޓްވީޓެއް.
އާމިރު ހާނާއި އަކްޝޭ ކުމާރާއި އަދި އަނިލް ކަޕޫރު ފަދަ ނުފޫޒު ގަދަ އެކްޓަރުން މިހާރު ވަނީ ގޮތެއްފޮތެއް ނެތް މީހުންނާ އެކު މަސައްކަތް ނުކުރާނެ ކަމަށް ވަރަށް ފާޅުގައި ބުނެފަ އެވެ. އަދި ބޮލީވުޑްގައި މަސައްކަތް ކުރާ އަންހެން ފަންނާނުންގެ ދިފާއުގައި އެ މީހުން އަބަދު ވެސް ތިބޭނެ ކަމުގެ ޔަގީން ވަނީ ދީފަ އެވެ.
Men,if you've had a good run/life/career, don't ruin it by questioning another person's #MeToo experience. You'll end up on the wrong side of history. No girl wants such "publicity". These stories are a word of caution so others aren't abused and culprits are outed!
— TheRichaChadha (@RichaChadha) October 11, 2018
ރިޗާ ޗައްޑާގެ ޓްވީޓެއް.
ބޭޒާރުވަަމުންދާ މީހުންގެ ލިސްޓް ދިގުވަމުންދާ އިރު، ހޫނު ފެނުގައި ތިބި މީހުންގެ ތެރޭގައި އެކްޓަރު ނާނާ ޕަޓޭކަރް، ޒުލްފީ ސައީދު، ޒައިން ދުއްރައިން، އަލޯކް ނާތު، ޕިޔޫޝް މިޝްރާ، ލަވަކިޔުންތެރިޔާ ކައިލާޝް ކޭޝް، އަނޫ މަލިކް، އަބިޖީތު ބަޗަރިއާ، ޑައިރެކްޓަރު ވިކާސް ބާލް (ކްއީން)، ސުބާޝް ކަޕޫރް (ޖޮލީ އެލްއެލްބީ)، ސުބާޝް ގާއީ (ރާމް-ލަކަން)، ސާޖިދު ހާން (ހައުސްފުލް)، ލަވް ރަންޖަން (ސޯނޫ ކޭ ޓިޓީ ކީ ސްވީޓީ)، އުމޭޝް ގަޅްގް (ކިޔާ ކޫލް ހެ ހަމް 3)، ސޯމިކް ސެން (ގުލާބް ގޭންގް)، ޕްރޮޑިއުސަރު އަދި ޓީ ސީރީޒް ހިންގުމާ ހަވާލުވެ ހުރި ބުޝަން ކުމާރު، ކަރީމް މޮރާނީ (ޗެންނައި އެކްސްޕްރެސް) އަދި ލިޔުންތެރިޔާ ވަރުން ގްރޯވާ (ސެކްރެޑް ގޭމްސް) ފަދަ ފަންނާނުން ހިމެނެ އެވެ.
So many men on twitter saying how can women give judgment, where is the evidence? Well what should they have done? Taken a photo when he took his Penis out at them? Recorded the conversation? Or should they have saved themselves? What would u want ur mother/sister/wife to do?
— Sophie Choudry (@Sophie_Choudry) October 12, 2018
ސޯފީގެ ޓްވީޓެއް.
ކުރިއަށް އޮތް ދުވަސްތަކުގައި މި ލިސްޓް އިތުރަށް ދެނިގެން ދާނެ އެވެ. ކިތައް މީހުން ބޭޒާރުވެ ބޮލީވުޑަށް ކުރިއަށް އޮތް ތަނުގައި ހިންދެމިލެވޭނީ ކިހާ ވަރަށް ބާވަ އެވެ.
ގިނަ އަންހެން ފަންނާނުން ބުނާ ގޮތުގައި ލައްކަ ދުވަހު ކެތްކޮށްލައިގެން ހިމޭނުން ތިބެވިއްޖެ އެވެ. ދެން އެ މީހުން މަޑަކުން ނުތިބޭނެ އެވެ. ގޯނަތަކާއި ފުރައްސާރަތަކުގެ ވާހަކަ މިހާ ފުޅާކޮށް، މިހާ ހާމަކަން ބޮޑުކޮށް ގިނަ ބަޔަކަށް ދައްކަން މިހާރު ކެރެނީ ސޯޝަލް މީޑިއާ ވެސް ހުޅުވިފައި އޮތްލެއް ބޮޑުކަމުންނެވެ.
ކުރިން ކޮންމެ ކޮންމެ މީހަކަށް އަޑު އުފުލޭނެ ޕްލެޓްފޯމެއް ނެތުމުން، ހިތްދަތި ތަޖުރިބާތައް އެތެރެ އަށް ހިންދާލައިގެން ތިބެނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
14 October 2018
ޗަކޮއި ކުޅުނު ފުރަތަމަ ފިލްމު ބަލޭލީރުންވެސް ޗަކޮއި އަބުރު އޮތް ހިސާބު އެނގޭނެ. އާޝިގު ބަނާޔާ... އާޝިގު ބަނާޔާ އާޕުނޭ... ޕެހެ...
ކުމާރުއ
14 October 2018
އެއޮތީ ޖިންސީ ހުރިހާ މައްސަލައެއްގެ ހައްލު ހޯދާދީފައެއެއްނު... ދެން ކީވެ ރޭޕްކޮށް ފުރައްސާރަކޮށް ހަދަނީ...
މަރޭ
14 October 2018
އިންޑިއާއަކީ މިކަމުގައި ހައްދުފަހަނައަޅާފައިވާ ބައެއް، އެންމެ އާދައިގެ ފަގީރު މީހާއިން ފެށިގެން އެންމެ މުއްސަނދި ކިޔަވައިގެން ތިބި މީހުންނަށް ދަންދެން ހަމަ މިކަމުގަ، އިންޑިއާ މީހުންގެ ކަށީގަ މިކަން ހިފާފަވާ ސަބަބެއް އެނގޭ މީހަކުނެތް، ހީވާގޮތުގައި ޒަމާނުއްސުރެ އަންހެނުން އަޅުވެތިކުރުމާ އަންހެނުންގެ އޮންނަނީ އެންމެ ބޭނުމެއްގެ ގޮތުގައި ދެކުން މީ މިކަމުގެ ސަބަބަކަށް ވުން އެކަށީގެންވޭ
ހޮޓްކިންގ
14 October 2018
ތީ ކާކަށް ނޭނގޭ ކަމެއްތޯ؟ އިންޑިއާ އަކީ ތިޔަކަމަށް އަރާ ހުރި ގައުމެއް. ކޮންމެ ޖިންސުއްލަތީފަކަށްވެސް ތިޔަ ބޮލީވުޑުން ފުރުސަތު ލިބިގެންދަނީ ފުރަތަމަ ކަމަކަށް ތިމާގެ ޢިއްފަތް ނަގާލައިގެން. ދެން އޭގެ ފަހުން ތިމާ މަޝްހޫރު ވީމާ މާ އަބުރުވެރިއަކަށް ވެގެން ތުއިވެގެން އުޅެނީ. އޭރު އޮންނާ ވެއްޔާ މޮޑެވިފައި. އެއްވެސް ހާލެއްގައި ފިލްމީ ދާއިރާއަކީ އަބުރުވެރި ދާއިރާއެއްނޫން.
އައިސް ކުއީން
14 October 2018
އަސްލުވެސް..ވ.ބޮޑު ތެދެއް ތިބުނީ..