މުނިފޫހިފިލުވުން / ވާހަކަ

ފަތިސްހަނދުވަރު

ބުދަ ދުވަހާ ގުޅޭ

އެއަށްފަހު ސަކީނާއަށް ބަލައިލިއެވެ.

"އަހަރެން އެބަޖެހޭ ދާން." ޒޫނާ ބުންޏެވެ.

"ހެވޭ!" ސަކީނާ ދުލެއް ނުކުރިއެވެ. "ދަރިފުޅު ހުންނާނީ މި ގޭގަ."

އެ ވަގުތު ގާދިރާއި އިދުރީސް ވަންތަން ފެނުނެވެ. ވެގެންއުޅޭ ގޮތް ޒޫނާއަކަށް ނުވިސްނުނެވެ. ޒޫނާއަށް ހަމައެކަނި އެނގިފައިއޮތީ ޒޫނާގެ ރައްކަލަކަށް މަންމަ ކަމެއް ކުރިކަމެވެ. ސަލާމަތުން ޒޫނާއަށް ގެއަށް އާދެވިއްޖެއެވެ. ވީއިރު ގާދިރު ގެއިން ބޭރުގައި ކުރަނީ ކީއްހެއްޔެވެ؟

"ގާދިރުބޭ ކޮންތާކުން ތި އައީ؟" ޒޫނާ ސުވާލުކުރިއެވެ.

ޖަވާބުދޭން ގާދިރު ކުޑަކޮށް ޖެހިލުންވިއެވެ.

"އަޒީޒާ ކުދިން ގޮވައިގެން ވަދޭ އެތެރެއަށް." ސަކީނާ އެދުނެވެ.

ސަކީނާ އެދުނު ގޮތަށް އަޒީޒާ ކަންތައްކުރިއެވެ.

"ވިތަ އެ ކަން؟" ސަކީނާ އެހިއެވެ.

"އެކަމާ ހާސްނުވޭ!" ގާދިރު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އައި އެއްޗެއް އައި ގޮތަކަށް ޖެހޭނީ ދާން. އެހެންނޫނީ އަނދައި ހުލިވާނެ."

ޒޫނާއަށް ސިއްރުން ކަމެއް ކޮށްފިކަން ބޭޒާރުވީ އެ ވަގުތުއެވެ.

"އަހަންނަށް ނާންގާ މަންމަ ކީއްވެ އެ ކަހަލަ ކަންތައްކުރަނީ؟" ޒޫނާ ރާގުގައިވަނީ ހިތާމައާއި ނަފުރަތެވެ. "މަންމަ ބުނީ ބާލީސްދަށަށް ކަރުދާސްކޮޅު ލީމަ ނިމުނީއޭ. މަ ބުނީމެއްނު އަހަރުމެންގެ ރައްކަލަށް ކަމެއް ކުރީމަ ނިމުނީއޭ."

ގާދިރު އެއްޗެއް ބުނަން އުޅުނެވެ. އޭގެ ކުރިން ސަކީނާ ވާހަކަދެއްކިއެވެ.

"ދަރިފުޅު ހަމަޖެހިބަލަ!" ސަކީނާ ބުންޏެވެ. "ދަރިފުޅުގެ ފިރިމީހާއެއް ނޫނޭ އެއީ. ކައިވެނިކުރި ރޭ ދެމީހުން ބަދަލުވެއްޖެ! އެ ގޭގަ އުޅުނީ ޖިންނިއެއް. ބޭރުން އެ ފެންނަނީ ފިރިމީހާގެ ހަމައެކަނި ތޮށިގަނޑު."

ޖިނާ ބަލައިލީ ގާދިރަށެވެ. ގާދިރު ބޯޖަހައިލިއެވެ. ސަކީނާޔާ އެއްބަސްވިއެވެ.

"ކަނބުލޯ! ޖިންނި އުޅުނީ ފިރިމީހާ ގައިތެރޭގަ،" ވިސްނައިދޭ ރާގެއްގައި އިދުރީސް ބުންޏެވެ. "އާންމުގޮތެއްގަ ޖިންނީންނަކީ ހަށިގަނޑަށް ވަދެވަދެފައި ނުކުންނަ ބަޔެއް. އެކަމަކު އެ ޖިންނި އެންމެ ސިކުންތަކަށް ވެސް ފިރިމީހާޔަކާ ވަތްކެއް ނުވޭ! އެ ޖިންނި ޖެހޭނީ ފައްސާލަން. މިހާރު އޮންނާނީ މަރަށް ތެޅިތެޅި."

ޖިނާ ބޮލުގައި އަތްއަޅައިގެން ވެއްޓެމުން، ހަޅޭއްލަވަމުން ގޯތިތެރެއަށް ނުކުތެވެ. އޭރު ނޭފަތުން ލޭއާދެއެވެ. ވިދާލާ ވިދުވަރުގެ އަލިން ލޯ ކަނުވެދާނެ ކަހަލައެވެ. މަތިން އެ މަންޒަރު ބަލަން މަޒްލާނާއި ހަމްރާއު ތިއްބެވެ. އެހީވާކަށް ނުދެއެވެ. މަޒްލާން ބައެއްފަހަރު ފެންކަޅިވެއެވެ. އަނެއްބައި ފަހަރު ލޮލުން ބޭރުވީ ނަފުރަތުގެ އަލިފާނެވެ.

"ބުނާގޮތް ނަހަދަންޏާ ވާނީ ތިހެން!" މަޑުމަޑުން މަޒްލާން ބުނެލިއެވެ.

"މަޒްލާން ޖެހޭނެ އެހީވާން،" އާދޭހާއެކު ހަމްރާއު ބުންޏެވެ. "އެއީ މަޒްލާންގެ ބައްޕައޭ!"

"އަހަންނަށް ޝައްކު!" މަޒްލާން ބުންޏެވެ.

އިރުކޮޅަކު ބަލަން ތިބެފައި މަޒްލާނާއި ހަމްރާއު ގެއްލުނެވެ.

"މަންމަ ބުނޭ ފަންޑިތަ ބާތިލުކުރާށޭ!" ޒޫނާ އެދުނެވެ.

ސަކީނާ އަޑުއިވުނުކަމަކަށް ނަހަދައެވެ. އެހެންކަމުން ޒޫނާ ސީދާ އިދުރީހާ ވާހަކަދެއްކިއެވެ.

"ހަމަ މިހާރު ތިކަން ހުއްޓާލާ!" ޒޫނާ ބުންޏެވެ.

"ކޮންކަމަކާތަ ޒޫނާ ތި ހާސްވަނީ؟" އިދުރީސް ބުންޏެވެ. "މަޑުންހުރެބަލަ!"

"ކަލެއަށް ޔަގީންތަ މަގޭ ފިރިމީހާ ސަލާމަތްވާނެކަން؟" ޒޫނާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. "އޭނަ ގޮވައިގެން އެ ޖިންނި ފިލައިފިއްޔާ މަ ކޮންތާކުން މަގޭ ފިރިމީހާ ހޯދާނީ؟ ކަލެއަށް އޭނަ ހޯދޭނެތަ؟"

އިދުރީހަކަށް ޖަވާބެއް ނުދެވުނެވެ.

"ސަކީނާ!" އަޒީޒާ ހަޅޭއްލަވައިގަތެވެ. "ޝާޒްލީއަށް ކޮންމެވެސް ކަމެއް ވެއްޖެ!"

އެންމެން ޝާޒްލީއާ ދިމާއަށް ދުއްވައިގަތެވެ. އޭރު ޝާޒްލީ އޮތީ އަނބުރައިގެންފައެވެ.

"ކަނބުލޮއަށް އެނގޭތަ އެ ފަށް ވީތަން؟" އެ ހިސާބަށް ބުނެފައި ގާދިރު ބަލައިލީ ޒޫނާއަށެވެ.

ޒޫނާއެއް ނެތެވެ. އެންމެންގެ ސަމާލުކަން ޝާޒްލީއަށް ދެވުނު ވަގުތު ޒޫނާ އެހެން ދިމާއަކަށް ހިނގައިގަތްކަމެއް އެކަކަށް ވެސް ނޭނގެއެވެ. ޒޫނާގެ ހިނގުން ހުރީ ދުވުމަކަށް ބަދަލުވެފައެވެ. ޖިންނި މަރުވިޔަސް ޖިނާ ސަލާމަތްވާން ޒޫނާ ބޭނުމެވެ. ޖިންނި ގެއްލުނަސް ޖިނާ ހުންނަން ޒޫނާ ބޭނުމެވެ. ޖިނާގެ ގައިތެރެއަށް ޖިންނި ވަންކަމުގައި ވާނަމަ، އެ ހަށިގަނޑަށް ކޮންމެ ގޮތެއް ހަދައިލުމަކީ ވެސް ޖިންނިއަކަށް އުނދަގޫކަމަކަށް ނުވާނެއެވެ. ޖިނާގެ ގެއާ ދިމާއަށް ޒޫނާ ދިޔައިރު ޖެނީ ދިޔައީ ޒޫނާގެ ގެއަށެވެ. ދެ މީހުންނަށް އެއް މަގަކުން އާދެވުނީތީ މަގުމަތިން ދިމާވިއެވެ.

"މަންމަ ކޮންތާކަށް ތި ދަނީ؟" މައިނޭވާލެވިފައިހުރި ޖެނީ އެހިއެވެ.

"ދަރިފުޅު ދޭ ގެއަށް،" ޒޫނާ ބުންޏެވެ. "އެންމެން އެބަތިބި ގޭގަ. މަންމަ ނުބުނަނީސް ގެއިން ނުނިކުންނާތި!"

ޒޫނާ އަނެއްކާ ވެސް ދުއްވައިގަތެވެ. އެހެންނަމަވެސް ޒޫނާގެ އަތުގައި ޖެނީ ހިފޭއްޓިއެވެ.

"މަންމަ ކޮންތާކަށްހޭ ތި ދަނީ؟" ޖެނީ ތަކުރާރުކޮށް އެހިއެވެ.

ޒޫނާ އުޅުނީ ޖެނީގެ އަތް ފޮޅުވައިލައިފައި ދާށެވެ. ޖެނީ ދުލެއް ނުކުރިއެވެ.

"ބައްޕައަށް މާމަ ކޮންމެވެސް ކަމެއް ކޮށްފި،" ބުނަން ބޭނުން ނުވި ވާހަކަ ޒޫނާ ބުންޏެވެ. "މަންމައަކަށް ހިޔެއްނުވޭ ބައްޕަ މި ފަހަރު ސަލާމަތްވާނެހެނެއް."

"ކީއްކުރަން އެހެންހެދީ؟" ޖެނީ ހަޅޭއްލަވައިގަތެވެ.

އެ ކަމަކީ ޒޫނާ ބުނެގެން ކުރި ކަމެއް ނޫނެވެ. ކުރަން ބޭނުންވި ކަމެއް ވެސް ނޫންމެއެވެ.

"މާމަ ގާތުގަ މަންމަ ވެސް ބުނީމޭ އެ ކަހަލަ ކަންތައް ނުކުރައްޗޭ! އެކަމަކު މަންމަ ބުނާގޮތް އެކަކު ވެސް ހަދާތަ؟ މަންމައަކަށްނު ހުރިހާ ލަނޑެއް މި ލިބެނީ،" ޒޫނާ ހިތްހަމަނުޖެހިފައި ބުންޏެވެ. "ބައްޕަ މަރާލައިގެން މަންމައަށް އުފަލެއް ނުލިބޭނެ. ބައްޕައަށް ލިބޭ ކޮންމެ އަނިޔާއަކީ މަންމަގެ ފިރިމީހާއަށް ލިބޭ އަނިޔާއެއް ނޫންތަ އަޅެ."

ޒޫނާއަށް ވުރެ ކުރިން ޖެނީ ދުއްވައިގަތެވެ. ބައްޕައަށް ވީގޮތް ބަލަން ޖެނީ ބޭނުންވިއެވެ.

"ޖެނީ!" ޒޫނާ ގޮވިއެވެ.

ޖެނީއެއް ނުހުއްޓުނެވެ. އޭނަގެ ފަހަތުން ޒޫނާ ދުއްވައިގަތެވެ. ޒޫނާ ގެއަށް ވަންއިރު ޖެނީ ހުރީ ގޭގެ ގޯތިތެރޭގައެވެ. ޖެނީގެ ފައި ކައިރީގައި މީހަކު ވެއްޓިފައި އޮތެވެ. އެ މީހާގެ މުޅި ހަށިގަނޑު އޮތީ ދުން ނާރާ އަލިފާންގަނޑަކަށް ބަދަލުވެފައެވެ. އެކަމަކު ހުޅުގަނޑު ކުޑަކަމުން މީހާގެ ބައްޓަން އެނގެއެވެ. އަތްފަޔާއި، ބޮލާއި، ހަށިގަނޑު ވެސް ވަކިވާވަރު ވެއެވެ. ސިފައެއް ނޭނގެއެވެ. ޖެނީ ހުރީ ތަންމިނަށް ދެލޯ ހުޅުވައިގެން އަލިފާންގަނޑަށް ބަލަހައްޓައިގެންނެވެ. ރޯން ވެސް ނުވަތަ ހަޅޭއްލަވައިގަންނަން ވެސް ނޭނގިފައެވެ. ޒޫނާ އައިސް ޖެނީ ގައިގައި ބައްދައިގަތެވެ. ކަނާއަތް މުށްކަވައިގެން ހުރި ޖެނީއެކޭ ބުދެކޭ އެއްގޮތެވެ. މަންމަ ގައިގައި ބައްދައިލާކަށް ވެސް ޖެނީގެ އަތް ހަރަކާތެއް ނުކުރިއެވެ.

"ދަރިފުޅާ!" ޒޫނާ މަޑުމަޑުން ބުނެލިއެވެ.

ކުއްލިއަކަށް ޖެނީގެ މުށް ހުޅުވުނެވެ. މުށުތެރޭގައި އޮތް ފަށް ދޫވެގެން އަލިފާންގަނޑު ތެރެއަށް ވެއްޓުނެވެ. ޒޫނާ އަތުގައި އޮތް ކުޑަ ވަޅި ވެސް ވެއްޓުނީ އަލިފާންގަނޑު ތެރެއަށެވެ. އެ ވަޅިއަކީ ދޮރުކަންޏަށް އިދުރީސް ޖެހި ވަޅިއެވެ. ފަށާއި ވަޅި އަލިފާންގަނޑު ތެރެއަށް ވެއްޓުމާއެކު ހީވީ އަލިފާންގަނޑު ތެރެއަށް ޕެޓްރޯލު އޮއްސައިލިހެންނެވެ. ބޮޑު ހުޅުގަނޑެއް ރޯވިއެވެ. ޒޫނާއާއި ޖެނީ ވިއްސައިގެންދިޔައެވެ. އެކަކަށް ވެސް އަނިޔާއެއް ނުވެއެވެ. ދެމައިން ބަލަހައްޓައިގެން ތިއްބައި ހުޅުގަނޑު އިތުރަށް ބޮޑުވެ، މައްޗަށް އަރަން ފެށިއެވެ. އަޑުކިޔަފައި އަނދަން ފެށިއެވެ. ޖެނީ ތެދުވެގެން ހުޅުގަނޑާ ދިމާއަށް ދުއްވައިގަތެވެ. އެކަމަކު އޭގެ މާ ކުރިން ހުޅުގަނޑު މައްޗަށް ދަމައިގަތެވެ. ފެންކަޅިވެފައި ޖެނީ ބަލައިލީ ޒޫނާއަށެވެ. ޒޫނާއެއް ނެތެވެ.

"މަންމާ!" ޖެނީ ގޮވިއެވެ. "މަންމާ!"

ވަރަށް ގަދަޔަށް ވިދައިލިއެވެ. ޖަވާބެއް ނައެވެ. ހަމަހިމޭންކަން ފިޔަވައި އެހެން އެއްޗެއް އެތާކު ނެތެވެ. ބިންމަތީގައި ހުރި އަލިފާންކަނިތައް މަޑުމަޑުން ފަނޑުވިއެވެ. އެ ތަނުގައި ކަމެއް ހިނގައިފައި ނުވާ ކަހަލައެވެ. ޖެނީ މައްޗަށް ބަލައިލިއެވެ. އުޑުމަތިން ފެންނަނީ އަނދިރިކަން އެކަންޏެވެ.

ދުވަހުގެ އިރު އެރިއިރު ޝާޒްލީ ހޭއަރައި ހަމައަކަށްއެޅިއްޖެއެވެ. މޫސުން ރަނގަޅުވެއްޖެއެވެ. ދިން އަތްވާ އެއްވަރަށް އަޑެއް ވެސް ފެތުރިގެންދިޔައެވެ. ޒޫނާ ގެއްލުނު ވާހަކައެވެ. ފުލުހުން މާލޭގެ އެއްގަމާއި ކަނޑުގެ ސަރަހައްދު ހޯދިއެވެ. ޒޫނާގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ދަންވަރު މަގުމަތީގައި އުޅުނު ޒުވާނުންގެ ބަޔަކަށް ވަރަށް ބޮޑު އަލިގުޅައެއް ފެނުނު ވާހަކަ ދެކެވުނު ނަމަވެސް އެ ވާހަކަ ވަޔަކު ނުހިފިއެވެ. އަލިގުޅައިގެ ފޮޓޯއެއް އެކަކަށް ނެގުނެވެ. މީސްމީޑިޔާގައި ފޮޓޯ ދައުރުވިއެވެ. ފޮޓޯ ނެގި މީހާއާއި އޭނަ ގާތުގައި ތިބި ތިން މީހުން ފިޔަވައި އެހެން މީހަކު ފޮޓޯ ގަބޫލެއް ނުކުރިއެވެ.

ހެނދުނު ޢަލީ އައެވެ. އެންމެން އެކުގައި ނުކުމެ ހޯދާހޯދާ ވެސް ޒޫނާގެ ޚަބަރެއް ނުވިއެވެ. ޖެނީއާއި ޒޫނާ ދިމާވިކަމެއް އެކަކަށް ވެސް ނޭނގެއެވެ. ވީމާ، ޒޫނާޔާ ބެހޭގޮތުން ޖެނީއަކާ ސުވާލެއް ނުކުރެއެވެ. ޒޫނާގެ ފިރިމީހާ ހޯދުމުގެ މަސައްކަތް ވެސް ފެށިއެވެ. ޖިނާ ހުރި ތަން ހޯދީ އިދުރީހެވެ. އަށާވީސް ދުވަސް ފަހުންނެވެ. ފުލުހުންނަށް އެންގުމުގެ ބަދަލުގައި ޖިނާ ބަލާ ދިޔައީ އިދުރީހާއި ގާދިރެވެ. އެއީ މެންދުރުގެ އެންމެ އަވި ގަދަ ވަގުތެވެ. ރަށަށް ފޭބިއިރު ޖިނާ ފެންނާކަށް ނެތެވެ. ހޯދަން ދާންވީ ދިމާއެއް އިދުރީހަކަށް ވެސް ނޭނގެއެވެ. އެހެން ތިއްބައި ފެނުނީ ވަލުތެރެއިން ޖިނާ ނުކުތްތަނެވެ. ދުރުން ފެނުމާއެކު ވެސް އެއީ ޖިނާކަން ގާދިރަށް އެނގުނެވެ. ޖިނާގެ އިސްތަށިގަނޑު ކޮނޑާ ހަމައަށް އާދެއެވެ. ތުނބުޅިމަތިމަސް ވެސް ހުރީ ދިގުވެފައެވެ. ލައިގެން ހުރީ ރަތްކުލައިގެ ސޯޓަކާއި ކަޅު ޓީޝާޓެކެވެ. ހަށިގަނޑުން މާ ބޮޑު ތަފާތުކަމެއް ނުފެނެއެވެ. އޭނަ ހުރީ ހުސްފައިގައެވެ. ގާދިރާއި އިދުރީސް ގޮސް ޖިނާއާ ސަލާންކުރިއެވެ. ޖިނާ ވާހަކައެއް ނުދައްކައެވެ. ބިރުގެންފައިވާކަމުގެ އަސަރެއް ނުވަތަ ހައިރާންކަމުގެ އަސަރެއް ވެސް ޖިނާގެ މޫނުމައްޗަކުން ނުފެނެއެވެ. ލޯންޗުގައި އިންއިރު ވެސް ޖިނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ގާދިރު ވަރަށް ވާހަކަދެއްކީމައި ވެސް ޖިނާ އަނގަޔަކުން ނުބުންޏެވެ.

ގެއަށް އާދެވުނީ މެންދުރުފަހުއެވެ. ޖިނާ ފެނުމުން ޝާޒްލީއާއި ފަޒޭލަށް އުފަލުން ރޮވުނެވެ. އަޒީޒާ ވެސް ހުރީ ފެންކަޅިވެފައެވެ. މާތްރަސްކަލާނގެއަށް ދުއާކުރުން ނޫން ކަމެއް އަޒީޒާއަކަށް ނުކުރެވެއެވެ. ގެއްލުނު ޒޫނާގެ ވާހަކައެއް ޖިނާ ނާހައެވެ. ޖެނީ ހުރީ ތަންކޮޅެއް ދުރުގައެވެ. ޖެނީއާ ދިމާއަށް ޖިނާ ބަލައިލިއެވެ. ލުއި ގޮތަކަށް ޖިނާ ހިނިތުންވެލިއެވެ. އެ ހިނދު ޖެނީގެ ހިތް އުފަލުން ފޮޅުނެވެ. އެއީ އާ ބާބެއްގެ ހިތްގައިމު ފެށުމެކެވެ.

ނިމުނީ

64 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 45%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާސިތު

01 November 2018

ޖިންނި އެއް އެބަ އުޅޭ ތަ؟

The name is already taken The name is available. Register?

އައިންތު

18 October 2018

މިފަހަރުވެސް ގެނެވުނީ ޖިންނި ޖިނާ ދޯ. އެއައީ މިފަހަރު ޖެނީ ބަލާ. އާބާބުގެފެށުމަކީ ޖިންނި ޖިނާ ،ޒޫނާ، ޖެނީ، އެޖިންނިންގެ ދުނިޔޭގަ ދިރިއުޅެން ފެށުން ދޯ

The name is already taken The name is available. Register?

ދިފްލާ

17 October 2018

ޖަވާބުނުލިބޭ ކިތެންމެ ސުވާލެއް އެބަހުރި. އެކަމުވެސް ނިއްމާލިގޮއި ވަރަށް ސަޅި. ކިޔުންތެރިންވެސް ވިސްނަން އެއްބައި ދޫކޮއްލަން ޖެހޭނެ.

The name is already taken The name is available. Register?

ޔަމަން

16 October 2018

އަޅުގަނޑު ހީކުރީ ވާހަކަ ނުނިމޭކަމަށް. ދެންމެ ކޮމެންޓްތައް ކިޔާލާފަ މިއެނގުނީ ނިމުނީކަން. ވ. ވާނުވާގަ ތިއްބާ ތި ނިންމާލީ. ވާހަކަ ނިންމާލިގޮތް ކަމަކު ނުދޭ.

The name is already taken The name is available. Register?

ކުރަފަތްބޭބެގެ

15 October 2018

ހޫން ދެން ހުއްޓާލާ. އަނެއްކާވެސް 2 މަސް ފަހުން ބިންމާގެ ހަބަރެއްވާނެ. ނިންމަން ބޭނުނުން ނުވި ވާހަކަ.

The name is already taken The name is available. Register?

ފާޒު

14 October 2018

މަވެސް ކީންތިވާހަކަ. ވަރަށްކުރީގެ ޙަޤީޤީ ޙާދިޘާއެއް.

The name is already taken The name is available. Register?

ލިލް ޕަމްޕް

14 October 2018

ޔޭ... މީ ލާސްޓް.

The name is already taken The name is available. Register?

ޒޫނާ

14 October 2018

ނެގެޓިވް ކޮމެންޓް ކުރާ ކުދިން ގާތުން އަހާލަން ބޭނުން ފަތިސްހަނދުވަރުގެ ރަންޒަމާނުގަ އެ ވަހަކަ ކީންތޯ؟ ފަތިސްހަނދުވަރުގެ ހުރިހާ އަސަރަކާ ފޮނިކަމެއް ގުޅިލާމެހިފަ ވަނީ ޖިންނި ޖިނާއާ. ޙާސިލް ކުރެވެން ނެތް ލޯތްބެއްގެ ފަހަތުން އާވަރާ ވެގެން އުޅެމުން، ޒޫނާ ހާސިލްކުރަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ޖިންނި ޖިނާ ވަށައިގެން މިވާހަކަ އެނބުރޭނީ. ބިންމާ ޔޫހެވް ޑަން އެން އެކްސެލެންޓް ޖޮބް. ދުވަހަކު ކިޔާ ފޫހި ނުވި ވާހަކައެއް މީ. ބިންމާ އަކީ ހަމަ އެއްވަނަ

The name is already taken The name is available. Register?

ސިމާ

16 October 2018

ބިންމާއަކީ އެއްވަނަ! ޝައްކެއްވެސް ނެތް. އެކަމް ވާހަކަ ނިންމާލިގޮތް ކަމަކުނުދޭ!

The name is already taken The name is available. Register?

ކުރަފަތްބޭބެގެ

16 October 2018

ސާބަސް. ތަނަކުން ފޮޓޮއެއް ފެންނަ އިރަށް ލޯބިނުވށޭ

The name is already taken The name is available. Register?

ރޯހާ

14 October 2018

މަށަށް ރަނގަޅީ ޖިނާޔާ ޒޫނާގެ ވާހަކަ ދުވަހަކުވެސް ނުނިމުނިތްޔާ. ވާހަކައިގެ އަސްލު ބަތޮލަކީ ޖިންނި ޖިނާ. ބިންމާ އެ ކަންތަށް ކުރީ ރަނގަޅަށް. އޭނަ މަރުވެއްތެތްޔާ ފަތިސް ހަނދުވަރު ދެން ނޯންނާނެ.

The name is already taken The name is available. Register?

ވާހަކަ

14 October 2018

ނިންމުން ކަމަކުނުދޭ! ދެވަނަ ބައިން މިވާހަކަ އެއްކޮށް ނިންމާލިނަމަ މާ ސަޅިވީސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454