އައްނޫ މަލިކް: އޭނާގެ މައްޗަަށް ވެސް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައި.
20 އޮކްޓޯބަރ 2018 - 07:13
ސޮނީ ޗެނެލުން މިހާރު ގެނެސްދޭ އިންޑިއަން އައިޑޮލް ސީޒަން 10ގެ ޖަޖްކަން ކުރަމުން އަންނަ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އައްނޫ މަލިކަށްކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފި އެވެ.
ބޮލީވުޑްގައި މިހާރު ފުރައްސާރަތަކާ ދެކޮޅަަށް "މީޓޫ" މޫވްމަންޓް ކުރިއަށްދާ އިރު، މި ފަހަރު އައްނޫގެ މައްޗަށް ޖިންސީ ފުރައްސަރައިގެ ތުހުމަތުކޮށްފައި ވަނީ ލަވަކިޔުންތެރިން ކަމަށްވާ ސޯނާ މަހާޕަޓްރާ އާއި މިހާރު ކެނެޑާގައި ދިރިއުޅެމުން އަންނަ ކުރީގެ ލަވަކިޔުންތެރިޔާ ޝްވޭތާ ޕަންޑިތު އެވެ.
"މުހައްބަތޭން" އާއި "ދިލް ކިޔާ ކަރޭ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ފަދަ ފިލްމުތަކަށް ލަވަ ކިޔާފައިވާ 32 އަހަރުގެ ޝްވޭތާ ބުނި ގޮތުގައި އައްނޫގެ ފަރާތުން އޭނާ އަށް ޖިންސީ ފުރައްސާރައާ ކުރިމަތިވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އަދި އެ ވާހަކަ އޭނާ ވަނީ ވަރަށް ތަފުސީލުކޮށް ޓްވިޓާގައި ކިޔައި ދީފައިވެ އެވެ.
Had to go back to my worst memory as a teenage girl today to write this and speak up - its now or never. This is my #MeToo and have to warn young girls about #AnuMalik & let you know your #TimesUp @IndiaMeToo
— Shweta Pandit (@ShwetaPandit7) October 17, 2018
Thank you @sonamohapatra for speaking up about him & supporting this pic.twitter.com/e261pGQyEq
ޝްވޭތާގެ ޓްވީޓް.
ޝްވޭތާ ބުނި ގޮތުގައި އައްނޫގެ އެދުމަކަށް މަންމައާ އެކު ސްޓޫޑިއޯ އަށް ދިޔަ އިރު، އައްނޫ ހުރި އެ ވަގުތު 2002 ގެ ފިލްމު "އާވާރާ ޕާގަލް ދީވާނާ" ގެ ލަވައެއް ސުނީދީ ޗޯހަން އާއި ޝާން ލައްވައި ރިކޯޑް ކުރުވާށެވެ. އެހެންވެ ސްޓޫޑިއޯގެ އެކަހެރި އެހެން ދިމާލެއްގައި މަޑުކޮށްލަން އެދުނު ކަމަށާއި ފަހުން އޭނާ އިން ތަނަށް ގޮސް، އައްނޫ ވާހަކަ ދެއްކުމަށް ފަހު، ޓެސްޓަކަށް ލަވައެއް ކިޔުމުގެ ކުރިން އޭނާގެ ތުންފަތަށް ދޮންދޭން އެދުނު ކަމަށް ޝްވޭތާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ހާދިސާގެ ފަހުން އޭނާ އަށް ނަފުސާނީ ގޮތުން އުނދަގޫތަކެއް ވަމުން ދިޔަ އެވެ. ޝްވޭތާ ބުނި ގޮތުގައި ބޮލީވުޑްގައި ތިބި އައްނޫ ފަދަ މީސްމީހުންގެ ވާހަކަ ދައްކައި އެ މީހުން ހަމަ މަގަށް އަޅުވަން ޖެހެ އެވެ. އެގޮތުން ސޯނާ ފަދަ ލަވަކިޔުންތެރިން އައްނޫގެ ހަގީގަތް ހާމަކޮށްފައިވާތީ އެކަމާ ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ.
މީގެ އަހަރުތަކެއް ކުރިން ލަވަކިޔުންތެރިޔާ އަލީޝާ ޗިނޯއި ވެސް ވަނީ އައްނޫގެ ފަރާތުން ޖިންސީ ފުރައްސާ ލިބުނު ކަމަށް ބުނެ ދައުވާކޮށްފަ އެވެ. ނަމަވެސް އޭނާ ފަހުން މައާފަށް އެދުމުން އަލީޝާ ވަނީ މައްސަލަ އަނބުރާ ކޯޓުން ނަގައިފަ އެވެ.
އައްނޫ، 57، ގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާގެ ވަކީލު ނެރުނު ބަޔާނެއްގައި ބުނީ އެއީ ހަގީގަތެއް ނެތް ދޮގު ތުހުމަތެއް ކަމަށެވެ. އަދި މިއީ އަނބުރު ކަތިލަން ކުރާ ކަމެއް ކަމަށާއި އައްނޫއަކީ "މީޓޫ" އަށް ވަރަށް ބޮޑަށް ތާއީދު ކުރާ މީހެއް ކަމަށް ވަކީލު ނެރުނު ބަޔާގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy