"ދަ ވޭމްޕްސް" ގެ ކޮންސަޓްތަކެއް މި ހަފުތާގައި އިންޑިއާގައި އޮންނާނެ.
25 އޮކްޓޯބަރ 2018 - 08:52
މީގެ ދެ އަހަރު ކުރިން ވެސް އިންޑިއާގައި ފަޕޯމްކޮށްފައިވާ އިނގިރޭސިވިލާތުގެ ބޭންޑް "ދަ ވޭމްޕްސް" އަނެއްކާ ވެސް ކޮންސަޓްތަކެއް ބާއްވަން އިންޑިއާ އަށް ދަތުރެއް ފަށައިފި އެވެ.
ހަތަރު މެމްބަރުން ހިމެނޭ ބޭންޑް އަންގާރަ ދުވަހުގެ ރޭ މުމްބާއީ އަށް ގޮސްފައިވާ އިރު، ބޭންޑްގެ ކޮންސަޓްތައް ކުރިއަށް ދާނީ 25 ވަނަ ދުވަހާއި 27 ވަނަ ދުވަހު މުމްބާއީ އާއި ޕޫނޭގަ އެވެ.
"ދަ ވޭމްޕްސް" ގެ ކޮންސަޓް އިންޑިއާގައި އިންތިޒާމުކުރާ ބޮޓަމްލައިން މީޑިއާގެ މެނެޖިން ޑިރެކްޓަރު ތަނާޒް ބާޓިއާ ބުނީ ބޭންޑް ތިން ވަނަ ފަހަރަށް އަންނާތީ އިންޑިިއާގެ ސަޕޯޓަރުން ލައްކަ އުފާވެފައި ތިބި ކަމަށެވެ.
"އަދި ކޮންސަޓްތަކަށް އިންޑިއާގެ ފޭނުން ތިބީ ވަރަށް ކެތްތެރިކަން ކުޑަވެފައި،" އޭނާ ބުންޏެވެ. "ވަރަށް ފޯރި ގަދަ އަދި ކާމިޔާބު ކޮންސަޓްތަކަކަށް މި ފަހަރުގެ ދަތުރު ވެސް ވެގެން ދާނެ ކަމުގެ ޔަގީންކަން އެބައޮތް،"
Big shout out to #thevampsinIndia
— The Vamps (@TheVampsband) October 20, 2018
We can’t wait to perform back in your wonderful country 🇮🇳
Are you ready to catch us live next week #Mumbai #Pune ? Tickets: https://t.co/6ZNYtZ9ZL1 pic.twitter.com/F3F5x8Id4W
"ދަ ވޭމްޕްސް" ގެ ޓްވީޓެއް.
"ދަ ވޭމްޕްސް" އިން ވެސް ބުނީ އެ މީހުން ފަހުން އިންޑިއާ އަށް ކުރި ދަތުރުގައި ވެސް ފޭނުންގެ ފަރާތުން ލިބުނު ތަރުހީބު ވަރަށް ބޮޑު ކަމަށާއި އަލުން އިންޑިއާގެ ފޭނުން ކައިރި އަށް ދެވޭތީ ވަރަށް އުފާވާ ކަމަށެވެ.
"އަހަރެމެން މި ތިބީ މުމްބާއީ އާއި ޕޫނޭގައި ޝޯތައް ކުޅެލަން ހަމަ ކެތްތެރިކަން ކުޑަވެފައި،" ބޭންޑުން ބުންޏެވެ. "އިންޑިއާގެ ފޭނުންނަކީ ޝޯތަކުގައި ވަރަށް ފޯރި ނަގާ ބައެއް. މި ފަހަރު ވެސް ހަމަ ވަރަށް މަޖާވާނެ."
"ދަ ވޭމްޕްސް" އަކީ 2012 ގައި ވުޖޫދަށް އައި ޕޮޕް/ރޮކް ބޭންޑެކެވެ. ބޭންޑްގައި ހިމެނޭ މެމްބަރުންނަކީ ކޮނާ ބޯލް، ޓްރިސްޓަން އިވަންސް، ޖޭމްސް މެކްވޭ އަދި ބްރެޑް ސިމްޕްސަން އެވެ.
"ދަ ވޭމްޕްސް" އިން މިހާތަނަށް ވަނީ ތިން އަލްބަމެއް ވެސް ނެރެފަ އެވެ. އެއީ މީޓް ދަ ވޭމްޕްސް (2014)، ވޭކްއަޕް (2015)، ނައިޓް އެންޑް ޑޭ؛ ނައިޓް އެޑިޝަން (2017) އަދި ޑޭ އެޑިޝަން (2018) އެވެ.
މި މަހުގެ 9-14 އަށް ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރަޔަން އެޑަމްސް ވެސް ވަނީ އޭނާގެ "ދި އަލްޓިމޭޓް" ޓުއާގެ ދަށުން އިންޑިއާގައި ކޮންސަޓްތަކެއް ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy