ކްރިސް: އޭނާ އަންނަނީ އިންޑިއާގައި ފިލްމެއް ޝޫޓް ކުރަމުން.
03 ނޮވެމްބަރ 2018 - 07:55
މި އަހަރު ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމު "އެވެންޖާޒް: އިންފިނިޓީ ވޯ" ގެ ޑައިރެކްޓަރުން ކަމަށްވާ ރުސޯ ދެބޭންގެ އާ ފިލްމު "ޑާކާ" ޝޫޓިން އަށް އެކްޓަރު ކްރިސް ހެމްސްވޯތު އިންޑިއާ އަށް ހިނގައްޖެ އެވެ.
ކްރިސް މިހާރު އަންނަނީ އަހުމަދުއާބާދުގައި "ޑާކާ" ގެ މަންޒަރުތައް ނަގަމުންނެވެ. އިންޑިއާގައި އޭނާ 10 ދުވަހުގެ މުއްދަތަކަށް ޝޫޓް ކުރާ އިރު، މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ރަންދީޕް ހޫޑާ އާއި މަނޯޖް ބަޖްޕާއީ ވެސް ހިމެނެ އެވެ.
އެންތަނީ ރުސޯ އާއި ޖޯސެފް ރުސޯގެ ސްކްރީންޕްލޭއަކަށް ހަދާ "ޑާކާ" ގައި އަކީ އިންޑިއާގެ ޑޮންއެއްގެ ދަރިއަކު ކިޑްނެޕް ކުރުމުން އޭނާ ސަލާމަތްކުރަން ކުރާ މަސައްކަތް ދައްކުވައިދޭ އެކްޝަން ތުރިލާއެކެވެ. ފިލްމުގައި ޑޮންގެ ރޯލު ކުޅޭނީ މަނޯޖް އެވެ.
ކްރިސް އަހުމަދުއާބާދު އެއާޕޯޓްގައި.
"ޑާކާ" ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ސޭމް ހާގްރޭވް އެވެ. ފިލްމުގެ މަންޒަރުތަކެއް އިންޑިއާގައި ނެގުމަށް ފަހު، ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ ތައިލެންޑަށެވެ.
ކްރިސް މީގެ ކުރިން ވެސް ވަނީ އިންޑިއާ އަށް ދަތުރެއްކޮށްފަ އެވެ. އެއީ 2015 ގައި އާއިލާއާ އެކު ކުރި ޗުއްޓީ ދަތުރެކެވެ. އެ ދަތުރުގައި ނިއު ދިއްލީ އާއި އާގްރާ އަދި ޖޯދުޕޫރް ފަދަ ސިޓީތަކަށް ދަތުރު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
03 November 2018
އަޅޭ މަބޭނުން އިންޑިޔާއަށްދާން.
ދެރަކަމެއް
03 November 2018
މީނަ ކުޅުނީ 'ކެޕްޓަން އެމެރިކާ'ގެ ރޯލެއް ނޫން. އެވެންޖަރސް ގަ އޭނަ އަކީ 'ތޯ' ގެ ރޯލް ކުޅޭ މީހެއް. ލިޔުން ރަގަޅު ކޮށްލުން އެދެން
ޑުރާ
03 November 2018
ދެރަކަމަކީ ވަގުތަށް ކަމޭ ނުހިތުމާއި، ދޫރައްކާތެރިނުކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ނުހިތުން. ފިލްމެއްގައި މީހަކު ކުޅުނު ރޯލް ނޭނގުމަށްވުރެ.