06 ނޮވެމްބަރ 2018 - 07:22
މި މަހުގެ ފަހުކޮޅު ރިލީޒްކުރާ ސައިންސް ފިކްޝަން ފިލްމު "2.0" އަކީ މިހާތަނަށް ކުޅެން ލިބުނު އެންމެ އުނދަގޫ ފިލްމު ކަމަށާއި އޭގައި ކުޅުނީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ޗެލެންޖިން ރޯލް ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.
މި މަހުގެ 29 ގައި ރިލީޒްކުރާ ފިލްމުގައި 51 އަހަރުގެ އެކްޓަރު ފެނިގެން ދާނީ މިހާތަނަށް އޭނާ ފިލްމަކުން ނުފެންނަހާ ތަފާތުކޮށެވެ. އެންމެ ބޮޑު ތަފާތަކީ އަކްޝޭގެ އަސްލު ސިފަ ފިލްމުގައި މުޅިން އެހެން ގޮތަކަށް ފެނިގެން ދިއުމެވެ. އޭނާއަކީ "2.0" ގެ ވިލަން އެވެ.
މި ފިލްމަކީ އިންޑިއާގެ ސައުތުގެ ސުޕަސްޓާ ރަޖްނީކާންތާއި ކުޅަދާނަ ޑައިރެކްޓަރު ޝަންކަރު 2010 ގައި ގެނެސް ދިން ފިލްމު އެންދިރަމް (ރޮބޮޓް) ގެ ދެވަނަ ބައެވެ.
The D-Day is here...It’s #2Point0TrailerDay! Wait no more, watch the #2Point0Trailer now https://t.co/IQjyoajB95@2Point0Movie @DharmaMovies @LycaProductions #2Point0
— Akshay Kumar (@akshaykumar) November 3, 2018
"2.0" ގެ ޓްރެއިލާ.
"އަހަރެން ފުރަތަމަ ކަމަކަށް އެ ރަޖްނީކާންތަށާއި ޝަންކަރަށް ޝުކުރު އަދާކުރަން ފިލްމުން ފުރުސަތު ދިނީތީ. އެކަމަކު ލަފުޒުތަކަކުން އެކަން ބަޔާނެއް ވެސް ނުކުރެވޭނެ،" އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމާ ބެހޭ ގޮތުން އަކްޝޭ ބުންޏެވެ.
އޭނާ ބުނި ގޮތުގައި "2.0" އަކީ މުޅިން ތަފާތު ތަޖުރިބާއެއް އަދި ތަފާތު ގޮތަކަށް މަސައްކަތް ކުރަން ޖެހުނު ފިލްމެކެވެ. އެގޮތުން ފިލްމުގައި އޭނާ ދައްކުވައިދޭ ކެރެކްޓާ އަށް ހަގީގީ ސޫރަ ގެއްލޭ ވަރަށް ބޮޑެތި މޭކަޕްތަކެއް ކުރަން ޖެހުނެވެ. އަދި މީހާގެ ހަށިގަނޑަށް ވެސް މި ފިލްމު ކުޅެން ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް އަކްޝޭ ބުންޏެވެ.
For an actor who never puts makeup, 2.0 was a different story altogether. To get this look right, I think I must’ve taken longer than the female lead 😂😂 #2Point0 pic.twitter.com/Pqn7F8yJS3
— Akshay Kumar (@akshaykumar) November 4, 2018
އަކްޝޭގެ ޓްވީޓެއް.
"އަހަރެން ބުނާނީ މިއީ އަހަރެންގެ އެއް ތިރީސް އަހަރުވީ ދިގު ފިލްމު ކެރިއާގައި ކުރަން ޖެހުނު ހުރިހާ މޭކަޕަށް ވުރެ ބޮޑު އަދި ގިނަ މޭކަޕް ވެސް ކުރަން ޖެހުނު ފިލްމެކޭ." މަހޭޝް ބަޓްގެ "އާޖް" އިން 1987 ގައި ފިލްމު ކުޅެން ފެށި އަކްޝޭ ބުންޏެވެ. "މީގެ މޭކަޕަށް ހަތަރު ގަޑިއެއްހާ އިރު ނެގި އިރު، މޭކަޕް ރިމޫވް ކުރަން ވެސް އަނެއްކާ ގަޑިއަކަށް ވުރެ ގިނައިރު ނަގާފައިވޭ."
ދެހާސް ސޯޅަ ވަނަ އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު ބުނީ "2.0" އަކީ އޭނާގެ ފޭނުންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އަހަރެން މިހާރު ކެތްމަދުވެފައި މިހުރީ ބެލުންތެރިންގެ ފީޑްބެކްތައް ބަލަން،" އަކްޝޭ ބުންޏެވެ.
"2.0" އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ތިން ވަނަ ފިލްމެވެ. އޭނާގެ "ޕެޑްމޭން" އާއި "ގޯލްޑް" އަކީ އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ. އަނެއްކޮޅުން "ގޯލްޑް" އަކީ 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދާފައިވާ ފިލްމެކެވެ.
އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކެސަރީ"، "ގުޑް ނިއުސް" އަދި "ހައުސްފުލް 4" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖިންދާލް
07 November 2018
މޮހޮރާ އަކީ މޮޅު އިބުރަތްތެރި ފިލްމެއް، މިފިލުމުގައި އަކުށޭ ވަރަށް މޮޅު، ދިވެހި ރާއްޖޭގައި ޑުރަގު ވިޔަފާރި ހިންގާ މީހުން އުޅޭގޮތް މިފިލުމުން ސިފަވޭ، ކޮޕީ ފިލުމެއް ހަދައްޏާ މިފިލުމު ދިވެހި ކޮޕީ ހަދަން ބަރާވަރު
1234
07 November 2018
އެންމެ ބޮލަށްވެސް އުނދަގޫ އެއް ފިލްމްހެން ހީވަނީ.. އެހެރަ ޖޯކް ސްޕެޝަލް އެފެކްޓްސްތަކެއް.
ސޭން
06 November 2018
މޮހޮރާ ވަރެއް ނުވާނެ އެއްވެސް ފިލްމެއް.