ގޯރީ، ސިދާތުގެ ގޭގައި ފޮޓޯއަކަށް ހުއްޓިލައިގެން.
08 ނޮވެމްބަރ 2018 - 07:32
ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތު މަލްއުތުރާ މުމްބާއީގައި އުޅޭ އެޕާޓްމަންޓް ބައެއް ތަންތަން ޓްވިޓާގައި ފޭނުންނާ ހިއްސާކޮށްފި އެވެ. ހާއްސަ ކަމަކީ މި އެޕާޓްމަންޓުގެ އިންޓީރިއާ އަކީ ޝާހްރުކްގެ އަންހެނުން ގޯރީ ހާންގެ މަސައްކަތަށް ވުމެވެ.
ގޯރީ އަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ އަންހެން އިންޓީރިއާ ޑިޒައިނުންގެ ތެރެއިން އެކެކެވެ. އިންޑިއާގެ ބޮޑެތި ހޮޓާތަކާއި ގޯއާގެ ބައެއް ރިސޯޓްތަކުގެ އިންޓިރިއާ ވެސް ހަދާފައިވާ ގޯރީގެ ވަރަށް ވަރުގަދަ ސްޓޫޑިއޯއެއް ވެސް މުމްބާއީގައި ހުރެ އެވެ. އެއީ ގޯރީ ޑިޒައިން (ޖީޑީ) އެވެ.
އެތަނުން ބޮލީވުޑްގެ ވަރަށް ގިނަ އޭ ލިސްޓް ތަރިންތަކެއްގެ ގޭގެ އިންޓީރިއާ ހަދާފައިވެ އެވެ.
ސިދާތު ގޭގެ ބައެއް ތަންތަން ދައްކާލައި، ގޯރީ އަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ގޯރީ ވެސް ވަނީ ސިދާތަށް ޝުކުރު އަދާކޮށްފަ އެވެ.
Hey @gaurikhan love coming back to this house. Thank you ! #GauriKhanDesigns https://t.co/o6Mk5WSPhQ
— Sidharth Malhotra (@S1dharthM) November 6, 2018
ސިދާތުގެ ޓްވީޓެއް.
އުމުރުން 33 އަހަރުގެ މި އެކްޓަރު ބޮލީވުޑަށް ތައާރަފު ކުރީ ޝާހްރުކްގެ ރެޑް ޗިލީޒް އާއި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެން 2012 ގައި ކަރަން ޑައިރެކްޓް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" އިންނެވެ.
ގޯރީގެ ޕޯސްޓެއް.
"އޭކް ވިލަން" އާއި "އައްޔާރީ" ފަދަ ފިލްމުތައް ކުޅުނު ސިދާތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖަބަރިޔާ ޖޯޅީ" އާއި "މަރުޖާވާ" ފާހަގަކޮށްލެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިން އާލިއާ ބަޓްއާ ރައްޓެހިވެގެން އުޅުނު ސިދާތު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ "މެޝިން" ގެ ބަތަލާ ކިއާރާ އަދުވާނީއާ އެވެ. އާލިއާ މިހާރު ރައްޓެހިވެގެން އުޅެނީ ރަންބީރު ކަޕޫރާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy