ސަލްމާން: އޭނާ މިހާރު އަންނަނީ "ބާރަތު" ގެ މަސައްކަތް ކުރަމުން.
08 ނޮވެމްބަރ 2018 - 07:29
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "ދަ ކަޕިލް ޝަރްމާ ޝޯ" އާ އެކު ކަޕިލް އެނބުރި އަންނަ ވާހަކަ ހާމަކުރުން ވެގެން ދިޔައީ އޭނާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކެވެ. ވަރަށް އަވަހަށް ޝޯއާ އެކު އަންނާނެ ކަމަށް ބުނި ނަމަވެސް، ސޮނީ ޓީވީން ޝޯގެ އާ ސީޒަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކުރިން އަޑު އަރާފައި އޮތް ގޮތުން މި މަހުގެ ތެރޭގައި ޝޯ ފަށާނެ އެވެ. ނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަން ދައްކަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި މީގެ ޝޫޓިން ފަށަން ކަޕިލް ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 12 ގައި ކައިވެނި ކުރުމަށް ފަހު، އެ މަހުގެ 16 ގައި ކަމަށް މީޑިިއާތަކުން ބުންޏެވެ.
"ކަޕިލް ޝަރުމާ ޝޯ" ގެ އެންމެ ފަހުގެ ވާހަކަތަކަށް ބަލާ އިރު، މި ޝޯގެ އާ ސީޒަންގެ މައި ޕްރޮޑިއުސަރަކިީ ސަލްމާން ހާނެވެ. އެގޮތުން ފިލްމު ކުންފުނި އެސްކޭއެފުން ޝޯ ޕްރޮޑިއުސް ކުރާ އިރު، ކޯ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި ކަޕިލްގެ ކުންފުނި ކޭ9 ހިއްސާވާނެ އެވެ.
ސަލްމާނާއި ކަޕިލް.
ސަލްމާނަކީ އޭނާގެ ފިލްމުތައް ޕްރޮމޯޓް ކުރަން "ކަޕިލް ޝަރްމާ ޝޯ" އެޕިސޯޑްތަކެއްގައި ކުރިން ވެސް ބައިވެެރިވެފައިވާ ތަރިއެކެވެ. ސަލްމާން މި ޝޯ ޕްރޮޑިއުސް ކުރުން ވެގެން ދާނީ ޝޯގެ ގްރޭންޑްކަން މާ ބޮޑަށް ވެސް މައްޗަށް ޖެހިލާނެ ކަމެއް ކަމަޑށް ގަބޫލު ކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަޕިލްއާ އެކު މި ފަހަރު ޝޯ އިން ކުރުޝްނާ އަބީޝެކާއި ބާރުތީ ސިންގު ވެސް ފެނިގެން ދާނެ އެވެ. ބާރުތީ ވަނީ އެކަން ކަށަވަރު ވެސް ކޮށް ދީފ އެވެ.
"ނޯ މޭންސް ލޭންޑް" އިން 2001 ގައި އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމުގެ އެކެޑެމީ (އޮސްކާ) އެވޯޑް ހާސިލު ކުރި ބޮސްނިއާގެ ޑައިރެކްޓަރު ޑެނިސް ޓެނޯވިކްމ ބޮލީވުޑްގެ އެކްޓަރު އިންރާން ހާޝިމީ ލީޑް ރޯލަށް ލައިގެން ހެދި ފިލްމު "ޓައިގާސް" ވެބް ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމައިފި އެވެ.
From Academy award-winning director @danistanovic, one salesman fought against an entire system. His #RoarForChange saved a million lives. This has been long overdue #Tigers finally premieres 21st November on @ZEE5India pic.twitter.com/Nzf1Pk24KZ
— emraan hashmi (@emraanhashmi) November 6, 2018
އިމްރާންގެ ޓްވީޓެއް.
ޒީ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިން މި ފިލްމު ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. "ޓައިގާސް" އަކީ "މާޑާ" ފަދަ ފިލްމުތައް ކުޅުނު އިމްރާންގެ ފުރަތަމަ އިންޓަނެޝަނަލް ޕްރޮޖެކްޓެވެ.
ދެހާސް ސާދަ ވަނަ އަހަރު ވަރަށް ގިނަ ފެސްޓިވަލްތަކުގައި ވެސް ދައްކައިފައިވާ "ޓައިގާސް" އަކީ ކުޑަކުދިންގެ އުފެއްދުންތައް ވިއްކާ ޕާކިސްތާންގެ ވިޔަފާރިވެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
"ޗީޓް އިންޑިއާ" ކިޔާ ފިލްމެއްގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ އިމްރާނަކީ ޝާހްރުކް ހާނާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ވެބް ސީރީޒް "ދަ ބާޑް އޮފް ބްލަޑް" ގެ ލީޑް އެކްޓަރު ވެސް މެ އެވެ.
"ޗީޓް އިންޑިއާ" ސިނަމާތަކަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 25 ގަ އެވެ.
ކަލާޒް ޗެނެލުން ދައްކާ އެކްތާ ކަޕޫރްގެ ކާމިޔާބު ސިލްސިލާ "ނާގިން" ގެ ތިން ވަނަ ސީޒަނުގެ ކާސްޓާ އެކްޓަރު އަލީ ގޯނީގެ ގުޅިއްޖެ އެވެ.
އޭނާ ބުނީ ބެލުންތެރިންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް ސިލްސިލާގައި މަސައްކަތްކޮށްލަން ލިބުމުން ދެން މި ވަގުތު އިތުރަށް ބޭނުން ވާނެ ކަމެއް ނެތް ކަމަށެވެ. އަދި "ނާގިން 3" އިން ފުރުސަތު ދިނީތީ އެކްތާ އަށް ޝުކުރު ވެސް އަދާ ކުރާ ކަމަށް އަލީ ބުންޏެވެ.
އަލީ ވަނީ "ނާގިން 3" ގެ ކާސްޓާ ގުޅިފައި.
އިންސާނުންގެ ސިފަ އަށް ބަދަލުވާ ހަރުފަތަކެއްގެ ބަދަު ހިފުން ދައްކުވައިދޭ "ނާގިން 3" ގައި އަލީ ކުޅެނީ ނުބައިބައި ރޯލެކެވެ. ކެރެކްޓާގެ ނަމަކީ ވިއޯމް އެވެ. އުމުރުން މިހާރު 27 އަހަރުގެ އަލީ ވަނީ "ދިލް ހީ ތޯ ހޭ" އާއި "ބަހޫ ހަމާރީ ރަޖުނީކާންތު" އަދި "ޔެ ކަހާ އާގަޔޭ ހަމް" ފަދަ ސިލްސިލާތަކުގައި ކުރިން މަސައްކަތްކޮށްފަ އެވެ.
ޖޫން ދޭއްގައި ދައްކަން ފެށި "ނާގިން 3" ގެ މައިގަނޑު ކާސްޓުންނަކީ ސުރުބީ ޖޯތީ، ޕާލް ވީ ޕޫރީ، އަނީތާ ހަސަންދާނީ އަދި ރަޖަތު ތޯކަސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy