މުނިފޫހިފިލުވުން / ޖަސްޓިން ބީބާ

ކައިވެނިކޮށްގެން އުޅޭކަން ޖަސްޓިން ބީބާ ކަށަވަރުކޮށް ދީފި

ބީބާ އާއި އަންހެނުން ހެއިލީ.

18 ނޮވެމްބަރ 2018 - 08:02

މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ކައިވެނިކޮށްފި ކަމަށް ބުނެ ވާހަކަ ދެކެވޭތާ ގާތްގަނޑަށް ތިން މަހެއްހާ ދުވަސް ފަހުން އޭނާ އެކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށް ދީފި އެވެ.

ބީބާ އާއި މަޝްހޫރު މޮޑެލް ހެއިލީ ބޯލްޑްވިން ކައިވެނިކޮށްފައި ވަނީ ސެޓެމްބަރު މަހުގެ މެދުތެރޭގަ އެވެ. އަދި އެ ދެ މީހުން އެންގޭޖްވީ ސެޕްޓެމްބަރު މަހުގެ 8 ގައި ކަމަށް މީޑިއާތަކުން އޭރު ބުނެފައިވެ އެވެ.

އިންސްޓަގްރާމްގެ އިތުރުން ބޭރުތެރެއިން ވެސް ބީބާ އާއި ހެއިލީ ވަރަށް އާންމުކޮށް އެކުގައި ގައިގޯޅިކޮށް ފެންނާތީ ކުރިން ވެސް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ ދެ މީހުންގެ މެދުގައި ވަރަށް ސީރިއަސް ގުޅުމެއް އޮތް ކަމެވެ. އެހެންވެ ކައިވެނި ކުރިކަން ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް ދެ ތަރިން ފޮލޯކުރާ މީހުން އެއީ ދެމަފިރިން ނޫން ކަމަކަށް މި ފަހުން ޝައްކެއް ވެސް ނުކުރެ އެވެ.

View this post on Instagram

My wife is awesome

A post shared by Justin Bieber (@justinbieber) on

ބީބާ ކައިވެނިކޮށްގެން އުޅޭކަން ކަށަވަރުކޮށް ދީފައި.

ނަމަވެސް ބީބާ މިހާރު މި ވަނީ ކައިވެނިކޮށްގެން އުޅޭކަން ޔަގީންކޮށް ދީފަ އެވެ. އިންސްޓަގްރާމްގައި ހެއިލީއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ބީބާ ބުނެފައި ވަނީ "މައި ވައިފް އިޒް އޯސަމް" ކަމަށެވެ. އެހެންވެ އޭނާގެ މި ވާހަކައަކާ އެކު ދެން އުފައްދާނެ އިތުރު އެއްވެސް ސުވާލެއް ނެތެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހެއިލީއާ ކައިވެނިކުރި ނަމަވެސް، ބީބާ އަދިވެސް އުޅެނީ އޭނާ ކުރިން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްގެ މަތިން ހަނދާން ނައްތާނުލެވިގެންނެވެ. އަދި ސެލީނާ މިހާރު ނަފުސާނީ މައްސަލަތަކަކަށް ފަރުވާ ހޯދާތީ އެކަމާ ވެސް ބީބާ ފިކުރު ބޮޑުވެގެން އުޅޭ ކަމަށްވެ އެވެ.

Justin Bieber kaivenikoffi?

Justin Bieber kaivenikoffi?

The most trusted news source in the Maldives

Mihaaru

ބީބާ އާއި ހެއިލީ ކައިވެނި ކުރީ ސެޕްޓެމްބަރު މަހު.

މިކަމާ ހުރެ ހެއިލީއާ އާއި ބީބާ ދެމެދު ދޭތެރެ ދޭތެރެއިން ކުދިކުދި ކުނިތައް ޖެހެމުންދާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އަދި މި ފަހަކަށް އައިސް ބީބާ މިއުޒިކީ މަސައްކަތްތަކާ ވެސް ވަރަށް ދުރުކޮށް އުޅޭ ކަމަށްވެ އެވެ.

0 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 6%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454