ޖަސްޓީން ބީބާ ހެއިލީ ބޯލްޑްވިންއާ ކައިވެނިކޮށްފި؟

މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އެންގޭޖްވި، މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ކައިވެނިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބީބާ އާއި މޮޑެލް ހެއިލީ ބޯލްޑްވިން އެންގޭޖްވެފައި ވަނީ ޖުލައި މަހުގެ 8 ގަ އެވެ.

އެ ދެ މީހުން މިދިޔަ ހަފުތާގެ ތެރޭގައި ކައިވެނިކޮށްފައިވާ ކަމަށް ވަރަށް ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ އިރު، ޓީއެމްއެޒީން ވަނީ ބީބާ، 24، އާއި ހެއިލީ، 21، ނިއު ޔޯކްގެ ކޯޓް ހައުސްއަކަށް ވަންނަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.

އެ ފޮޓޯއާ އެކު، ގިނަ ނޫސްތަކުން ބުނަނީ އެއީ ދެ މީހުންގެ ކައިވެންޏާ ގުޅޭ ގޮތުން ކޯޓަށް ދިޔަ ދިއުމެއް ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ބީބާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޓީއެމްޒީގެ ޓްވީޓެއް.

އޭނާ އާއި ހެއިލީގެ އެންގޭޖްމަންޓާ ބެހޭ ވާހަކަ މީޑިިއާތަކުގައި ވަރަށް ގަދައަށް ދެކެވުނު އިރު ވެސް، ދެ މީހުން ރަސްމީކޮށް އެކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.

ބީބާ ވަނީ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްއާ ވެސް ސީރިއަސް ލޯބީގެ ގުޅުމެއް ކުރިން ބާއްވައިފަ އެވެ.