ބީބާ އާއި ހެއިލީ: ދެ މީހުން މިހާރު އެންގޭޖްވެފައިވާ ކަމަށް މީޑިއާތަކުން ބުނޭ.
09 ޖުލައި 2018 - 08:11
ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި ލޯބިވެރިޔާ އަދި އެމެރިކާގެ މޮޑެލް ހެއިލީ ބޯލްޑްވިން ހޮނިހިރު ދުވަހު އެންގޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުން އެންގޭޓްވީ ގާތް ރައްޓެހިންނާ އެކު ބަހާމާސްގެ ރިސޯޓެއްގަ އެވެ. އަދި އެންގޭމަންޓް ހަފުލާ ކުރިއަށް ގެންދިޔައީ، އެ ހަފުލާގައި ބައިވެރިވި އެއްވެސް މީހެއްގެ މޮބައިލް ފޯން ބޭނުންކުރުން މަނާ ކުރުމަށް ފަހު އެވެ.
ބޭނުމަކަށްވީ ފޮޓޯއެއް ލީކްވުމުގެ ފުރުސަތު ވެސް ނުދިނުމެވެ.
ބީބާގެ ބައްޕަ ޖެރެމީ ބީބާ އިސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯއަކާ އެކު ލިޔުނު ކެޕްޝަނުގައި ވެސް ބީބާގެ ހަޔާތުގައި ވަރަށް މުހިއްމު ކަމެއް ހިނގާފައިވާ ކަމުގެ އިޝާރާތރެއް ދީފައިވެ އެވެ. އެގޮތުން "ބީނާގެ ހަޔާތުގެ ބާބާ ދޭތެރޭ އުފަލުން" ހުރި ކަމަށް ބުނެފައިވެ އެވެ.
ބީބާގެ ބައްޕަގެ އިންސްޓަގްރާމް ޕޯސްޓް.
ބީބާ، 24، އާއި ހެއިލީ، 21، ރަސްމީކޮށް އެންގޭޖްވި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ އެ ދެ މީހުންގެ ލޯބީގެ މާފޮޅުވުންތަކުގެ ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއް ފަހުންނެވެ. އަދި އެ ދެ މީހުން އެކުގައި ވަރަށް ގިނަ މި ފަހުން އާންމުންގެ ތެރެއަށް ނުކުމެ، ވަރަށް ގައިގޯޅިކޮށް ވެސް އުޅެފައިވެ އެވެ.
Justin Bieber aai Selena Gomezge gulhumah aailaa nuruheneetha?
The most trusted news source in the Maldives
Mihaaru
ބީބާ، ސެލީނާއާ ވެސް ރައްޓެހިވެގެން އުޅުނު.
ވަރަށް ހަގު އުމުރުގައި ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދައި، އެކަމަކު އަހުލާގީ އެކިއެކި މައްސަލަތަކާ ހެދި ގިނަ ބައެއްގެ ފާޑު ކިޔުންތައް އަބަދުވެސް އަމާޒުވާ ބީބާ ވަނީ ޒުވާން ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއާ ވެސް ސީރިއަސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.
އެ ދެ މީހުން ކައިވެނިކޮށްފާނެ ކަމުގެ އަޑުތަކެއް ވެސް މި އަހަރުގެ ކުރީކޮޅު މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy