މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޖޯން އާއި ނިކިލް އަދި ބުޝަން: ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަ ފިލްމު ގެނެސް ދޭނެ.

23 ނޮވެމްބަރ 2018 - 06:14

ޖޯން އަބްރަހަމަކީ ފިލްމު ކުޅެމުން، ކާމިޔާބު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ އެކްޓަރެކެވެ. އެގޮތުން 2012 ގައި ފިލްމު "ވިކީ ޑޯނާ" އިން ޕްރޮޑިއުސަރެއްގެ ޒިންމާ ނަގަން ފެށި މި އެކްޓަރު މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދީފި އެވެ.

އޭގެ ތެރެއިން ބައެއް ފިލްމުތަކުގައި އޭނާ ވަނީ ލީޑް ރޯލް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި "މެޑްރާސް ކެފޭ" "ފޯސް" އާއި "ރޮކީ ހޭންޑްސް" އާއި މި އަހަރު ރިލީޒް ކުރި "ޕަރަމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ހިމެނެ އެވެ.

ޖޯން މިހާރު ކުޅެމުން ނިކިލް އަދުވާނީގެ ފިލްމު "ބަތުލާ ހައުސް" ގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނަ އެވެ.

ޖޯންގެ އިތުރު ކޮލަބްރޭޝަނެއް

ޖޯންގެ ފިލްމު ކުންފުނި ޖޭއޭ އެންްޓަޓައިންމަންޓުން މިހާރު ވަނީ ނިކިލް އަދްވާނީގެ އެއްމޭ އެންޓަޓައިންމަންޓާއި އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމު ކުންފުނި ކަމަށްވާ ޓީ ސީރީޒްއާ ގުޅިގެން ހަ ފިލްމެއް ޕްރޮޑިއުސް ކުރަން އެއްބަސްވުމެއް ހަދައިފަ އެވެ.

ބުޝަން ކުމާރުގެ ޓްވީޓެއް.

މީގެ ތެރެއިން ބައެއް ފިލްމުތަކުގައި ޖޯން ލީޑް ރޯލް ކުޅުނު ނަމަވެސް ބައެއް ފިލްމުތަކުން އެހެން އެކްޓަރުންނަށް ވެސް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ އަހަރާއި 2020 ގަ އެވެ.

މި ފިލްމުތައް ޑައިރެކްޓް ކުރާ މީހުންގެ ތެރޭގައި ނިކިލްގެ އިތުރުން ދާދި ފަހުން ރިލީޒް ކުރި "ބާޒާރު" ގެ ޑައިރެކްޓަރު ގޯރަވް ޗާވްލާ، ސަމަރު ޝެއިހް، ކާޝްވީ ނައިރު އަދި ރަންޖީތު ތިވާރީ އެވެ.

"ބަތުލާ ހައުސް" އަކީ މި އެއްބަސްވުމުގެ ދަށުން އަންނާނެ ފުރަތަމަ ފިލްމެވެ. އެ ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 15 ގަ އެވެ.

"ހަމް ޗާރު" ގައި އާ ތަރިން

"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް ޗާރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދީފައިވާ ސޫރަޖް ބަރުޖަތިއާގެ ފިލްމު ކުންފުނި ރާޖްޝުރީ ޕްރޮޑަކްޝަންގެ އިއުލާން ކުރި އާ ފިލްމު "ހަމް ޗާރު" އިން އާ ތަރިންތަކެއް ބޮލީވުޑަށް ނެރެން ނިންމައިފި އެވެ.

ރާޖްޝުރީގެ ޓްވީޓެއް.

އެ ފިލްމުގެ މުހިއްމު ރޯލްތައް ކުޅޭނީ ޕްރިތި ކަމްމަނީ، ސިމްރަން ޝަރުމާ، އަންޝުމަން މަލްއުތުރާ އަދި ތުޝާރު ޕާންޑޭ އެވެ. މި ތަރިންގެ ފަސްޓްލުކް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އަބީޝެކް ޑިކްސިޓް ޑައިރެކްޓް ކުރާ "ހަމް ޗާރު" އަންނަ އަހަރު ސިނަމާ އަށް ގެންނަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ރާޖްޝުރީން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ސޫރަޖް 2015 ގައި ޑައިރެކްޓް ކުރި ސަލްމާން ހާނާއި ސޯނަމް ކަޕޫރުގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.

ޝިލްޕާ އަނެއްކާ ވެސް ރާއްޖޭގައި

މިދިޔަ އަހަރު ވެސް އެނިވާސަރީ ރާއްޖޭގައި ފާހަގަ ކުރި ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ މި އަހަރު ވެސް އެނިވާސަރީ ފާހަގަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އެގޮތުން ފިރިމީހާ ރާޖް ކުންދުރާ އާއި ދަރިފުޅު ވިވާންއާ އެކު ޝިލްޕާ މި ވަގުތު ހުރީ ކަނުހުރާ ރިސޯޓްގަ އެވެ. ޝިލްޕާ އާއި ރާޖް ކައިވެނި ކުރީ 2009 ގަ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ޝިލްޕާ އާއިލާއާ އެކު ރާއްޖެ އައިސްފައިވެ އެވެ. އޭނާ ފާހަގަކޮށްލެވެނީ ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އެންނެ ގިނައިން ރާއްޖެ އަންނަ އެކަކަށެވެ.

ޝިލްޕާ ކަނުހުރާ ރިސޯޓްގައި.

ފިލްމު "ބާޒީގަރު" އިން 1993 ގައި ބޮލީވުޑަށް ނުކުތް ބަތަލާ "ދަޅުކަން" ފަދަ ކާމިޔާބު ފިލްމުތައް ކުޅުމަށް ފަހު، މިހާރު ބޮޑު ސްކްރީނުން ގެއްލިފައި ވިޔަސް ޓީވީ ޝޯތަކުން އޭނާ ފެނެ އެވެ.

އެގޮތުން ޝިލްޕާ، 43، ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސޮނީން މިހާރު ދައްކަން ފަށަން ތައްޔާރުވަމުން އަންނަ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސް" ގެ ޗެޕްޓާ ތިނެކުންނެވެ.

ނޭހާގެ ދަރިފުޅަށް ކިޔަނީ މެހެރު

މިދިޔަ އާދީއްތަ ދުވަހު އަލަތު ދަރިފުޅު ވިހޭ ބަތަލާ ނޭހާ ދޫޕިއާގެ ދަރިފުޅުގެ ނަމަކަށް މެހެރު ދޫޕިއާ ބޭދީގެ ނަން ދީފި އެވެ.

ދަރިފުޅުގެ ނަން ހިއްސާ ކުރީ އިންސްޓަގްރާމްގައި އަންހެން ދަރިފުޅުގެ ފައިކޮޅު ފެންނަ ފޮޓޯއަކާ އެކުގަ އެވެ. ނީހާ އާއި އަންގަދު ބޭދީ ކައިވެނި ކުރީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ކައިވެނި ކުރުމުގެ ކުރިން ނޭހާ ބަލިވެއިންކަން ދާދި ފަހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

View this post on Instagram

Mehr Dhupia Bedi says hello to the world ... ❤️

A post shared by Neha Dhupia (@nehadhupia) on

ނޭހާ ދަރިފުޅުގެ ނަން ހިއްސާކޮށްފައި.

ނޭހާ އާއި އަންގަދު ބޮލީވުޑްގައި ފާހަގަކޮށްލެވެނީ ސަޕޯޓިން ރޯލްތަކެއް ކުޅޭ ތަރިންގެ ގޮތުގަ އެވެ. ކެރިއަރުގެ ކުރީކޮޅުގައި ކުރީގެ މިސް އިންޑިއާ އަށް ފިލްމުތަކުގެ ލީޑް ރޯލް ލިބުނަސް، ނޭހާ އަށް މި ފަހުން ފިލްމެއްގެ ލީޑިން ބަތަލާއެެއްގެ ރޯލް ކުޅޭކަށް ނުލިބެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454