ޖޯނަސް ބުލޫ: އަންނަ މަހު އިންޑިއާގައި ޝޯއެއް ދޭނެ.
24 ނޮވެމްބަރ 2018 - 06:53
ދުނިޔޭގެ މަޝްހޫރު މިއުޒިޝަން ޓުއާތަކުގައި އިންޑިއާ އަށް ވަރަށް ބޮޑަށް މިސްރާބު ޖަހާފައިވާ އިރު، މި ލިސްޓަށް އަނެއްކާ ވެސް އާ ފަންނާނަކު އިތުރުވެއްޖެ އެވެ.
އިންޑިއާގައި ފަޕޯމް ކުރަން މި ފަހަރު ދާން ތައްޔާރު ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ޑީޖޭ ގާއި ޖޭމްސް ރޮބިން ނުވަތަ މަޝްހޫރު ނަމުން ނަމަ ޖޯނަސް ބުލޫ އެވެ. އޭނާގެ ރަސްމީ އަލަތު އަލްބަމް "ބުލޫ" ޕްރޮމޯޓް ކުރަން ކުރިއަށް ގެންދާ ޓުއާގެ ތެރެއިން އިންޑިއާގެ މުމްބާއީގައި 29 އަހަރުގެ މިއުޒިޝަން ޕަފޯމް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
ޑީޖޭއެއްގެ އިތުރުން ޕޮޕް ޑާންސަރެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ޖޯނަސް ބުލޫގެ އިންޑިއާގެ ޝޯ އޮންނާނީ މުމްބާއީގެ ހައި ސްޓްރީޓް ފީނިކްސްގަ އެވެ.
މި އިވެންޓް އިންޑިއާގައި އިންތިޒާމު ކުރާ ސަންބާންގެ ސީއީއޯ ކަރަން ސިންގް ބުނީ ޖޯނަސް ބުލޫއަކީ އިންޑިއާގައި ފޭނުން ވަރަށް ގިނަ ފަންނާނަކަށްވާތީ އޭނާގެ ޝޯ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
#Blue is OUT NOW!
— Jonas Blue (@JonasBlue) November 9, 2018
So excited to finally share my debut album with you all 💙https://t.co/nMrdY8UwSG pic.twitter.com/8AJEvsz55w
ޖޯނަސް ބުލޫގެ "
"އަދި މިއީ އޭނާގެ ފުރަތަމަ އިންޑިއާ ދަތުރު ވެސް މެ. އެހެންވެ އަހަރެމެން ވަރަށް އުފާ ކުރަން ޖޯނަސް ބުލޫގެ ފުރަތަމަ ދަތުރުގައި ހިއްސާވެވޭތީ،" އޭނާ ބުންޏެވެ. "އަދި މި ޝޯގެ ޝަބަބުން އޭނާގެ މިއުޒިކަށް އިންޑިއާ އިން ލިބޭ ތަރުހީބު ބޮޑުވެގެން ވެސް ދާނެ."
އިންޑިއާގެ ދަތުރާ ބެހޭ ގޮތުން ޖޯނަސް ބުލޫ ބުނީ ޝޯ ވަރަށް ހާއްސަވެފައި ތަފާތު ވާނެ ކަމަށެވެ. އަދި އިންޑިއާގައި ޕަފޯމްކޮށްލަން ދަނީ އެކަމަށް ބޭނުންވެފައި ހުންނަތަނާ ވަރަށް ދުވަސް ފަހުން ކަމަށް ބުންޏެވެ. އެހެންވެ އިންޑިއާގެ ދަތުރަށް ކެތްމަދުވެފައިވާ ކަމަށް ބުންޏެވެ.
"އަހަރެން އަދި ކޮންމެހެން ވެސް އިންޑިއާގެ މި ދަތުރުގައި ތާޖް މަހަލް ބަލާލަން ވެސް ދާނަން،" ފާސްޓް ކާ ފަދަ ސިންގަލްތަކުން މަގުބޫލުކަން ހޯދި ޖޯނަސް ބުލޫ ބުންޏެވެ.
މި މަހުގެ 9 ގައި ނެރުނު "ބުލޫ" ގެ ކުރިން ޖޯނަސް ބުލޫ މިދިޔަ އަހަރު ވަނީ އޭނާގެ ސިންގަލްތަކުގެ ކޮމްޕައިލޭޝަނެއްގެ ގޮތުގައި "ޖޯނަސް ބުލޫ: އިލެކްޓްރިކް ނޭޗާ-ދަ މިކްސް 2017" ގެ ނަމުގައި ވެސް އަލްބަމެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy