ޝިލްޕާ ފިރިމީހާ ރާޖްއާ އެކު ކަނުހުރާ ރިސޯޓްގައި.
24 ނޮވެމްބަރ 2018 - 17:24
މިދިޔަ ހަފުތާގައި ޗުއްޓީއަށް ރާއްޖެ އައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އިންސްޓަގްރާމުން ފޮލޯ ކުރާ މީހުންގެ އަދަދު 8 މިލިއަނަށް އެރުމުން އެކަން ރާއްޖޭގައި ފާހަގަކޮށްފި އެވެ.
އޭނާޕާ ޗުއްޓީ ހޭދަކުރި ކަނުހުރާ ރިސޯޓްގައި، 8 މިލިއަން ސިފަވާ ގޮތަށް ބޮނބިން އަށަކާއި އެމް އަޅާލައިގެން ހުރެ އޭނާ ވަނީ އެ އަދަދަށް ފޮލޯވަރުން ލިބުމުން ހުރިހާ އެންމެންނަޑް ޝުކުރު އަދާކޮށްފަ އެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޝިލްޕާ ވަނީ އިންސްޓަގްރާމް ހިއްސާ ވެސް ކޮށްފަ އެވެ.
ފިލްމު "ބާޒީގަރު" އިން 1993 ގައި ބޮލީވުޑަށް ނުކުމެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 43 އަހަރުގެ ބަތަލާ މިދިޔަ ހަފުތާގެ ފަހުކޮޅު ރާއްޖެ އައީ އޭނާގެ ކައިވެނީގެ 9 ވަނަ އެނިވާސަރީ ފާހަގަކުރާށެވެ.
ޝިލްޕާގެ ވީޑިއޯ.
އެގޮތުން މި ދަތުރުގައި ފިރިމީހާ ރާޖް ކުންދުރާ ބައިވެރިވި ނަމަވެސް ދަރިފުޅު ވިއާން މި ފަހަރުގެ ދަތުރުގައި ބައިވެރިއެއް ނުވެ އެވެ. ކަނުހުރާގެ ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ޝިޕްލާ އާއި ރާޖް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
މިއީ މި އަހަރު އޭނާ ރާއްޖެ އައި ދެވަނަ ފަހަރެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ޝިލްޕާ އާއިލާއާ އެކު ރާއްޖެ އައިސްފައިވެ އެވެ. މި ފަހަރުގެ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަނުގައި ޝިޕްލާ ބުނީ އޭނާ އަށް ވާން އޮތް ނަމަ ހަޔާތުގެ ބާކީ އޮތް ބައި ވެސް ހޭދަ ކުރަން ބޭނުން ވަނީ ރާއްޖޭގައި ކަމަށެވެ.
އޭނާ ފާހަގަ ކުރެވެނީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން އެންމެ ގިނައިން ރާއްޖެ އަންނަ އެކަކަށެވެ.
ޝިލްޕާގެ "ސުޕަ ޑާންސް 3" ވަރަށް އަވަހަށް ފަށާނެ.
މިހާރު ބޮޑު ސްކްރީނުން ނުފެނުނަސް ޝިލްޕާ އެކި ކަހަލަ ޓީވީ ޝޯތަކުން ފެންނަ އާންމު މޫނެކެވެ. އެގޮތުން އޭނާ ޖަޖްކަން ކުރާ ސޮނީ ޓީވީގެ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސް" ގެ ތިން ވަނަ ޗެޕްޓަރު ދައްކަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
މި ޝޯގައި ޝިލްޕާއާ އެކު ޖަޖުންގެ ގޮތުގައި ދެން ތިބެނީ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ބާސޫ އާއި ކޮރިއޯގްރާފަރު ގީތާ (ގީތާ މާ) ކަޕޫރެވެ. "ސުޕަ ޑާންސް" ޗެޕްޓަރު 3 ގެ އޮޑިޝަން ވަރަށް އަވަހަށް ސޮނީން ދައްކަން ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުކަލޯ
24 November 2018
ޝުކުރިއްޔާ ޝިލްޕާ ރާއްޖެއަށް ތިބަހައްޓާ ގަތްކަމަށްޓަކާ.
އީން
26 November 2018
މިކޮމެންޓް ޝިލްޕާ ކިޔާފަ ހާދަ ހެޕީ ވާނެއޭ..?
ނުންނު
24 November 2018
އާޚިރަތުގައި ތިޔަ 8 މިލިއަންގެ ފައިދާއެއް ކުރަންޏާ އެންމެ ރަނގަޅު.
ފައިދާ
24 November 2018
މިތާ ކޮމެންޓްކުރީމަ އާޚިރަތުގައި ފައިދާކުރޭތަ؟ ނުކުރަންޏާ ތިކަންވެސް ކުރާނެކަމެއް ނެތް ދޯ؟
ވަޙީދު
26 November 2018
މިތާ ކޮމެންޓު ކުރީމަ އާޚިރަތުގައި ފައިދާ އެއް ކޮށްފާނެ. އިސްލާމުންގެ މީހުން ކާފަރުންގެ ފިލްމުބަލައި އެމީހުން އަޅާ ހެދުން އަޅައި އުޅޭ ގޮތަށް އުޅެން ހަދައިގެން މަގު އޮޅިގެން އެދަނީ. މިކަންކަމަށް ވިސްނާނެ މީހަކަށް އެފަދަ ކޮމެންޓް ތަކުން ފައިދާ ކޮށްފާނެ.