ކިޓް ހެރިންގްޓަން: އޭނާ އުޅެނީ ބަތަލާ ރޯޒް ލެޒްލީއާ ކައިވެނިކޮށްގެން.
26 ނޮވެމްބަރ 2018 - 07:41
މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ޖޮން ސްނޯގެ ރޯލް ކުޅޭ އިނގިރޭސި އެކްޓަރު ކިޓް ހެރިންގްޓަންއާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށާއި އެކަމަކު ފަހުން އޭނާ ބޭވާފަތެރިވެފައިވާ ކަމަށް ބުނެ ރަޝިއާގެ މޮޑެލް އޮލްގާ ލަޒްލޯވާ ދައްކާފައިވާ ވާހަކަތައް ކިޓް ދޮގުކޮށްފި އެވެ.
އޮލްގާ މީޑިއާތަކަށް ކިޔައި ދިން ގޮތުގައި އޭނާ އާއި ކިޓް ރައްޓެހިވެގެން މަހެއްހާ ދުވަހު އުޅުނެވެ.
އެ ދުވަސްވަރު ދެ މީހުން ލަގްޒެމްބާގުގައި އެކީގައި ވަގުތުތައް ހޭދަކޮށް، އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯތަކެއް ވެސް އެބަހުރި ކަމަށް ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި ކިޓްއާ ރައްޓެހިވި އިރު، 31 އަހަރު އެކްޓަރު ވަނީ އޭނާ މިހާރު ކައިވެނިކޮށްގެން އުޅޭ "ގޭމް އޮފް ތުރޯންސް" ގެ ބަތަލާ ރޯޒް ލެޒްލީ އެންގޭޖް ވެސް ވެފަ އެވެ. އަދި ކައިވެނި ކުރި ފަހުން ވެސް ކިޓް އޭނާއާ ގުޅުން ބާއްވަމުން ދިޔަ ކަމަށް އޮލްގާ ބުންޏެވެ.
ކިޓް އަންހެނުން ރޯޒްއާ އެކު.
ކިޓް އާއި ރޯޒް ކައިވެނިކުރީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ސްކޮޓްލެންޑްގައި ބޭއްވި އެ ހަފުލާގައި "ގޭމް އޮފް ތުރޯންސް" ގެ ވަރަށް ގިނަ ތަރިން ވެސް ބައިވެރި އެވެ. ކިޓް އާއި ރޯޒް ކައިވެނި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެންގޭޖްވުމަށް ފަހު އެވެ.
އޮލްގާ ދެއްކި ވާހަކަތަކާ ގުޅިގެން ކިޓްގެ ތަރުޖަމާނު ބުނީ އޮލްގާ ކިޔާ އަންހެނަކު ނުވެސް ދަންނަ ކަމަށް ކިޓް ބުނާ ކަމަށާއި އެ ބުނާ މީހަކާ ދުވަހަކު ދިމާ ވެސް ނުވާ ކަމަށެވެ. އަދި ކިޓް ދުވަހަކު ލަގްޒެމްބާގަށް ވެސް ނުދާ ކަމަށް ތަރުޖަމާނު ބުންޏެވެ.
"އެ ބުނާ އަންހެނަކު އެ ދައްކަނީ ދޮގު ވާހަކަތަކެއް. އަދި އެއީ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް،" ތަރުޖަމާނު ބުންޏެވެ.
"Game of Thrones" ge 2 thariyaku kaivenikoffi
The most trusted news source in the Maldives
Mihaaru
ކިޓް އާއި ރޯޒް ކައިވެނި ކުރީ ޖޫން މަހުގެ 23 ގައި.
ކިޓްއާ ބެހޭ ގޮތުން މިފަދަ ވާހަކަތެއް ދެކެން ފަށާފައި މި ވަނީ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަންގެ ޓްރެއިލާ ވެސް ދާދި ފަހުން ދައްކާލައިފައި ވަނިކޮށެވެ. ފަހު ސީޒަން އެޗްބީއޯ ދައްކަން ފަށާނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޭމް އޮފް ތުރޯންސް ހާޑްކޯ ފޭން
26 November 2018
ގޭމް އޮފް ތުރޯންސް ފަހު ސީޒަންގެ ޓްރެއިލާއެއް އަދި ނުދައްކާ. ދެއްކީ ކުރީގެ ހުރިހާ ސީޒަން ތަކަކުން ފާހަގަކޮށްލެވުނު މަންޒަރުތައް ހިމަނައިގެން ޓީޒާއެއް.