"ކުމްކުމް" އިން ވިދައިލި ބަތަލާ ޖޫހީ.
28 ނޮވެމްބަރ 2018 - 09:58
ސިލްސިލާތަކުގައި މާ މައުސޫމް މީހެއްގެ ރޯލް ކުޅުމަށް ވުރެ، ނެގަޓިވް ރޯލްތައް ކުޅެން މާ ޝައުގުވެރި ކަމަށް ކުރީގެ މަޝްހޫރު ސިލްސިލާ "ކުމްކުމް" އިން ވިދާލި ބަތަލާ ޖޫހީ ޕަރްމަރު ބުނެފި އެވެ.
ސެޓެލައިޓް ޓީވީ ޗެނަލް ކަލާޒް އިން 2016 ގައި ގެނެސްދިން ސިލްސިލާ "ކަރުމަފާލް ދާތާ ޝާނީ"ގައި ޑަބަލް ރޯލެއް ކުޅުނު 37 އަހަރުގެ ބަތަލާ ބުނި ގޮތުގައި އެ ސިލްސިލާގައި އޭނާ ކުޅުނު ނެގެޓިވް ރޯލާ ދޭތެރޭ މާ ހިތްހަމަޖެހެ އެވެ.
"އޭގައި ޑަބަލް ރޯލެއް ކުޅުނު އިރު، އެކަކީ ނެގެޓިވް ކެރެކްޓާއެއް. އަހަރެން ބުނާނީ އެ ރޯލް ކުޅެން އަހަންނަށް މާ ބޮޑަށް ވެސް ޝައުގުވެރިއޭ. އަދި ޝޭޑްތައް ގިނަ ކެރެކްޓާތައް ކުޅެން ހަގީގަތުގައި މާ މަޖާ،" ދަރިއަކު ލިބުނު ފަހުން ކައިވެނި ރޫޅިފައިވާ ޖޫހީ ބުންޏެވެ.
އޭނާ ބުނީ ކުރިމަގުގައި ގިނަ ސިލްސިލާތަކުން ނުބައިބައި ރޯލްތައް ކުޅެން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އެކަހަލަ ރޯލްތައް ކުޅެން އަހަރެން ހަމަ ތައްޔާރަށް މިހިރީ. ހިތްހަމަޖެހޭ ކަހަލަ ކެރެކްޓާއެއް ވެއްޖިއްޔާ އެއްބަސްވާނަން،" ކުމްކުމްގައި ވަރަށް ކިޔަމަންތެރި އަންބެއް އަދީ ޅީދަރިއެއްގެ ރޯލް ކުޅުނު ޖޫހީ ބުންޏެވެ. "ޝާނީގެ ތަޖުރިބާ އަށް ފަހު އަހަރެން ވަރަށް ބޭނުން ކުރިއަށް އޮތް ތަނުގައި ތަފާތު އެކި ކަހަލަ ކެރެކްޓާތައް ކުޅެން."
"ތަންތުރާ" ގެ ޕްރޮމޯއެއް.
"ޗޫޅިޔާން" އާއި "ޝާހީން" އަދި "ސަންތޯޝީ" ފަދަ ސިލްސިލާތައް ކުޅެފައިވާ ޖޫހީ މިހާރު އަންނަނީ އަނެއްކާ ވެސް އާ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވަމުންނެވެ. އެއީ އަންނަ މަހުގެ 3 ގައި ކަލާޒް އިން ދައްކަން ފަށާ "ތަންތުރާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy