މުނިފޫހިފިލުވުން / ހޮލީވުޑް

"ޕައިރޭޓްސް އޮފް ދަ ކެރީބިއަންގެ" އާ ފިލްމުން ޑެޕް ނުފެންނާނެކަން ކަށަވަރުކޮށް ދީފި

ޑެޕް، ޖެކް ސްޕެރޯގެ ގޮތުގައި: "ޕައިރޭޓްސް" ގެ އާ ފިލްމުން އޭނާ ނުފެންނާނެ.

ޑިޒްނީގެ ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓްސް އޮފަ ދަ ކެރީބިއަން" ގެ ރިބޫޓް ވާޝަނެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމުން ޖޮނީ ޑެޕް ނުފެންނާކަން ޑިޒްނީން ކަށަވަރުކޮށް ދީފި އެވެ.

އެ ކުންފުނީގެ ރައީސް ޝޯން ބެއިލީ އެކަން ހޮލީވުޑް ރިޕޯޓާ އަށް މިކަން ކަށަވަރުކޮށް ދީފައި މި ވަނީ ޖެކް ސްޕެރޯގެ ރޯލުން މި ފަހަރު ޑެޕަށް ފުރުސަތު ނުދޭން ޑިޒްނީން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ.

މިކަމާ ބެހޭ ގޮތުން ޝޯން ބުނީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ޓީމުން މި ފަހަރު ބޭނުން ވަނީ އާ ޓީމަކާ އެކު މަސައްކަތްކޮށް، ބޮޑު ތަފާތެއް ދައްކުވައި ދޭން ކަމަށެވެ. އެގޮތުން ރިބޫޓްގެ ސްކްރީންޕްލޭއާ ހަވާލުވެފައިވާ "ޑެޑްޕޫލް" ގެ ދެ ސްކްރީން ރައިޓަރުން ކަމަށްވާ ރިޓް ރީޒް އާއި ޕޯލް ވާނިކްއަކީ ޝައުގުވެރި ދެ މީހުން ކަމަށް ބުންޏެވެ.

"އަހަންނަކީ ވެސް ޕައިރޭޓްސްގެ ވަރަށް ބޮޑު ފޭނެއް. އެއާ އެކު މި ފަހަރު ޕޯލް އާއި ރިޓް ފިލްމާ ހިއްސާވުމަކީ މީގެ ޝައުގުވެރިކަން އެތައް ގުނައަކަށް އިތުރުކޮށްދީ މުޅިން އާ ސްޓައިލަކަށް ފިލްމު ގެނެސް ދޭނެ ފަހަރެއް،" ޝޯން ބުންޏެވެ. "އަހަންނަށް ވަރަށް ޔަގީން އެ ދެ މީހުންގެ އެނަޖީއާ އެކު ފިލްމު ވަރަށް ވެސް ފުރިހަމަވެގެން ދާނެ ކަމަށް."

ޑެޕް ކުޅުނު އައިކޮނިކް ކެރެކްޓާ ޖެކް ސްޕެރޯއަކީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" އާންމުންގެ މެދުގައި މަގުބޫލުވުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރި ރޯލެކެވެ. އަދި އެ ކެރެކްޓާ 14 އަހަރު ވަންދެން ކުޅެފައިވާތީ، ގިނަ ބަޔަކަށް ޑެޕާ ނުލައި ޖެކް ސްޕެރޯ ތަސައްވަރުކުރަން ވެސް އުނދަގުލެވެ. އެހެންވެ ޑިޒްނީގެ ނިންމުމަށް "ޕައިރޭޓްސް" ގެ ވަރަށް ގިނަ ފޭނުން ވަނި ކުރިން ވެސް ފާޑު ކިޔައިފަ އެވެ. އަދި ޑެޕާ ނުލައި ފިލްމު އެއްޗަކަށް ނުވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ނަމަވެސް "ޕައިރޭޓްސް" ގެ އާ ފިލްމުން ޑެޕަަށް ފުރުސަތު ނުދޭން ޑިޒްނީން ނިންމި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފަހަކަށް އައިސް ޑެޕްގެ ޒާތީ ދިރިއުޅުމާއި ފިލްމީ ކެރިއަރަށް ދިމާވެފައިވާ އެކި ކަހަލަ މައްސަލަތަކާ ހެދި އޭނާއާ އެކު މަސަައްކަތް ކުރަން މިހާރު ބޮޑެތި ސްޓޫޑިއޯތަކުން މާ ބޮޑު ޝައުގުވެރި ކަމެއް ނެތެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ރިބޫޓް ވާޝަންގެ މަސައްކަތް ފަށާނެ އިރަކާއި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް ޑިޒްނީން އަދި އިއުލާނެއް ނުކުރެ އެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ކުރާނެ މީހަކު ވެސް އިއުލާނެއް ނުކުރެ އެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފަސް ފިލްމެއް މިހާތަނަށް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އަދި އެ ފިލްމުތަކަށް ޖުމްލަ 1.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"Pirates of the Caribbean" ge aa film in Johnny Depp ah jaaga eh neiy

"Pirates of the Caribbean" ge aa film in Johnny Depp ah jaaga eh neiy

The most trusted news source in the Maldives

Mihaaru

"ޕައިރޭޓްސް" ރިބޫޓް ވާޝަނެއް ހަދާކަން އިއުލާން ކުރީ އޮކްޓޯބަރު މަހު.

"ޕައިރޭޓްސް" ގެ ފުރަތަމަ ބައި "ދަ ކާޒް އޮފް ދަ ޕާލް" 2003 ގައި ރިލީޒް ކުރި އިރު ދެވަނަ ފިލްމު "ޑެޑް މޭން ޗެސްޓް" ސިނަމާތަކަށް އައީ 2006 ގަ އެވެ. އަދި ތިން ވަނަ ފިލްމު "ވޯލްޑްސް އެންޑް" 2007 ގައި ގެނެސް ދިން އިރު، ހަތަރު ވަނަ ބައި "އޮން ސްޓްރޭންޖާޒް ޓައިޑްސް" ރިލީޒް ކުރީ 2011 ގަ އެވެ. އަދި ފަސް ވަނަ ބައި "ޑެޑް މޭން ނޯ ޓޭލްސް" ސިނަމާތަކަށް އައީ މިދިޔަ އަހަރު އެވެ. ޑެޕްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޖެލްވަލްޑް" އެވެ. އުމުރުން 55 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކަކީ "ސިޓީ އޮފް ލައިސް" އާއި "ވެއިޓިން ފޮ ދަ ބާބޭރިއަންސް" އެވެ.

4 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 78%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންްނި

26 December 2018

ޑޮންޓް ޖަޖް ޓޫ އަރލީ. ލަވްޑް ޑެޕް އޭޒް ޖެކް ސްޕެރޯ، ބަޓް އިމޭޖިން ރަޔަން ރޮނަލްޑްސް އޭޒް ސްޕެރޯ؟ ދެއަރ ވުޑް ބީ ގުޑް އެކްޓަރސް ދެޓް ކޭން ޕުލް އޯފް ދަ ރޯލް ވެލް.

The name is already taken The name is available. Register?

ގޫގުލާ

25 December 2018

ޑެޕް ނެތީޔާ ހިޔެއްނުވޭ މާ ހިނގާނެހެނެއް..

The name is already taken The name is available. Register?

ކަޑަ

25 December 2018

ދެން ބަލާނެވެސް ކަމެއް ނެތް. ސީރީސް ގެ ރޫހަކީ ޖޮނީ ޑެޕްގެ މޮޅު ކެރެކްޓަރ. ނޯބޮޑީ ކެން ބީޓް ދެޓް

The name is already taken The name is available. Register?

ޝާޒް

25 December 2018

ތި ފިލްމް ބަލާހިތް ކެނޑިއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454