"ޕެއްޓާ" ގެ ޕޯސްޓަރެއް: މި ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 10 ވަނަ ދުވަހު.
29 ޑިސެމްބަރ 2018 - 08:53
މިދިޔަ މަހު ރިލީޒް ކުރި "ރަޖްނީކާންތު" ސައިންސް ފިކްޝަން ފިލްމު "2.0" އަށް ފަހު އަނެއްކާ ވެސް އޭނާގެ އާ ފިލްމެއް ސިނަމާތަކަށް ގެންނަން ތައްޔާރުވެއްޖެ އެވެ.
މި ފަހަރުގެ ފިލްމަކީ ތަމަޅަ ފިލްމު "ޕެއްޓާ" އެވެ. އަންނަ މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ ކާތިކް ސުބްރާޖް ޖީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމެކެވެ. "ޕެއްޓާ" ގެ ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.
މި ފިލްމަކީ އަނެއްކާ ވެސް ހަމަ ރަޖްނީކާންތުގެ ސިގްނެޗާ ސްޓައިލްގެ ފިލްމަކަށް ވާނެ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދީގީ އާއި ތުރިޝާ، ސިމްރަން އަދި ބޮބީ ސިމްހާ ފަދަ ތަރިން ހިމެނެ އެވެ.
Wow 💥🔥💥🔥💥🔥
— Girish Johar (@girishjohar) December 28, 2018
Trailer of #Petta @rajinikanth, @trishtrashers, @Nawazuddin_S, @VijaySethuOffl & @SimranbaggaOffc. Directed by @karthiksubbaraj and produced by #KalanithiMaran
Release on Jan 10, 2019.@anirudhofficial
👉🏼 https://t.co/oZuTMwb807
ރަޖްނީކާންތުގެ ފޭނުންނަށް މިދިޔަ އަހަރު ވެސް އޭނާގެ ފިލްމެއް ގެނެސް ދީފައިވެ އެވެ. އެއީ "ކާލާ" އެވެ.
ކަލާޒް ޗެނެލުން މިހާރު ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ގެ ގަދަ 5 ކަށަވަރުވެއްޖެ އެވެ.
ޝޯގެ ގްރޭންޑް ފިނާލޭ އަށް ވާދަ ކުރާ ގަދަ ފަސް ބައިވެރިން ކަށަވަރުވީ ބުރާސްފަތި ދުވަހުގެ ރޭ ސުރްބީ ރާނާ އެލިމިނޭޓްވުމާ އެކުގަ އެވެ.
#BiggBoss12 ke ghar mein ab waqt aa chuka hai ek important padaav ka! Kaun hoga iss mid-week elimination ka shikaar? #BB12 @AstralAdhesives pic.twitter.com/UDpsGmxcif
— COLORS (@ColorsTV) December 27, 2018
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޝޯ ނިމުމަކަށް އައިސްފައިވާ އިރު، ގްރޭންޑް ފިނާލޭ އަށް ވާދަ ކުރަނީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސްރީ ސާންތު، ބަތަލާ ދިޕިކާ ކައްކަރް، އެކްޓަރު ކަރަންވީރު ބޮހްރާ، ރޯމިލް ޗައުދަރީ އަދި ދީޕަކް ތާކޫރެވެ.
ސެޕްޓެމްބަރު މަހުގެ ވަނަ 16 ވަނަ ދުވަހު ދައްކަން ފެށި "ބިގް ބޮސް 12" ގެ ފިނާލޭ ޝޯ ގެނެސް ދޭނީ އާދީއްތަ ދުވަހުގެ ދުވަހުގެ ރެ އެވެ.
އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ކޮމެޑީ ފިލްމު "ފްރޯޑް ސައްޔާން" ގެ ޓްރެއިލާ ދައްކާލައިފިފި އެވެ.
މި ފިލްމުގެ ކާސްޓުންނަކީ އަރުޝަދު ވަރްސީ، ސާރާ ލޯރެން އަދި ސޯރަބް ޝުކްލާ އެވެ.
Yeh Fraud dil bhi thugega aur hosh bhi udayega! #FraudSaiyaanTrailer out now https://t.co/sEvIsIHPP8@saurabhshukla_s @kanishkgangwal @saraloren101 @ElliAvrRam @Flora_Saini @prakashjha27 @PJP_Online @rajabetasharad @AmalDonwaar @dishajha @tipsofficial #DramaKingEntertainment
— Arshad Warsi (@ArshadWarsi) December 27, 2018
"ފްރޯޑް ސައްޔާން" ޑައިރެކްޓްކޮށްފައި ވަނީ ސޯރަން ޝްރިވަސްތާވް އެވެ. މި ފިލްމަކީ އެންމެ ފުރަތަމަ 2015 ގައި ރިލީޒް ކުރަން ނިންމައި، ސިނަމާތަކަށް ނުގެނެވި ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ.
"ފްރޯޑް ސައްޔާން" އެންމެ ހާއްސަ އެއް ކަމަކީ މި ފިލްމުގައި ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ޗައްމާ ޗައްމާ" ގެ އާ ވާޝަނެއް ހިމަނާފައިވުމެވެ. އެ ލަވައިން ފެނިގެން ދާނީ އެލީ އަވްރަމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy