"ދާސްތާނާ މުހައްބަތު" ގެ ޕޯސްޓަރެއް.
10 ޖެނުއަރީ 2019 - 07:13
ކަލާޒް ޗެނަލުން ދައްކަމުން ދިޔަ ތާރީހީ ސިލްސިލާ "ދާސްތާނޭ މުހައްބަތު" ގެ މަގުބޫލުކަން އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވާން ފެށުމުން އެ ސިލްސިލާ ހުއްޓުމަކަށް ގެނެސްފި އެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަލާޒް އިން އުންމީދުކުރި ވަރުގެ ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ސިލްސިލާ އަށް ލިބުފައި ނުވާތީ "ދާސްތާނޭ މުހައްބަތު" ގެނެސް ދިނުމުގެ ޝައުގުވެތިކަން ގެއްލުނީ އެވެ. އިންޑިއާގެ ޓީވީ ޗެނެލްތަކުގައި އޮންނަ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން، މަގޫބުލު ޝޯތައް ހުއްޓާލައި، ޝޯތައް އާކުރުމަކީ އަބަދު ވެސް ވަރަށް ފޯރީގައި ކުރާ ކަމެކެވެ.
"ދާސްތާނޭ މުހައްބަަތު" އަކީ އިންޑީއާގައި މުގާލްގެ ރަސްކަން އޮތް ޒަމާނުގެ ލޯބީގެ ވާހަކައެއް ކިޔައިދިން ސިލްސިލާއެކެވެ. އެގޮތުން މިއީ ދިލިޕް ކުމާރާއި މަދޫބާލާ ކުޅުނު 1960 ވަނަ އަހަރުގެ ތާރީހީ ކާމިޔާބު ފިލްމު "މުގްލޭ އާޒަމް" އާ ދާދި އެއްކަހަލަ ގޮތަކަށް ގެނެސްދޭ ސިލްސިލާއެކެވެ.
Kya hoga anjaam Anarkali ki mohabbat ka? Dekhiye #DastaanEMohabbat #SalimAnarkali Mon-Fri raat 8:30 baje. @Shaheer_S @Bsonarika pic.twitter.com/BlPOqJrrFa
— COLORS (@ColorsTV) December 11, 2018
މީގެ މައިގަނޑު ވާހަކައަކީ ރަސްދަރިއެއް ކަމަށްވާ ސަލީމާއި އަޅު އަންހެން ކުއްޖެއް ކަމަށްވާ އަނާރްކަލީގެ ވާހަކަ އެވެ. އޮކްޓޯބަރު، 1، 2018 ގައި ދައްކަން ފެށި "ދާސްތާނޭ މުހައްބަތު" ނިމުމަކަށް ގެނެސްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ.
މި ސިލްސިލާގައި ލީޑް ރޯލް ކުޅެފައި ވަނީ ޝަހީރު ޝެއިހް އާއި ސޮނާރިކާ ބަޑޯރިއާ އެވެ.
"ދާސްތާނާ މުހައްބަތު" ފުރަމުން ދިޔަ ގަޑީގައި ކަލާޒުން މިހާރު ގެނެސް ދެނީ ރެސްލިން ކުޅުންތެރިއަކަށް ވާން ހުވަފެން ދެކޭ ކުޑަ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ "ކޭސަރީ ނަންދަން" ކިޔާ ސިލްސިލާއެކެވެ. އަދި އަންހެން ފުލުހަކާއި ވަގެއްގެ ލޯބީގެ ވާހަކައަށް ހަދާފައިވާ "ގަތުބަންދަން" މި މަހުގެ 15 އިން ފެށިގެން ދައްކަން ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy