އެސްޖޭ ކްލާކްސަން "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލް ޑައިރެކްޓް ކުރާނެ.
10 ޖެނުއަރީ 2019 - 07:11
އެޗްބީއޯގެ މަގުބޫލު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ 8 ވަނަ ސީޒަނާ އެކު މި އަހަރު ނިންމައިލިޔަސް، މީގެ ފޭނުން އެހާ މާޔޫސްވާކަށް ނުޖެހޭނެ އެވެ. އެޗްބީއޯ އިން މިހާރު އަންނަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި ސިލްސިލާގެ ޕްރިކްއެލްއެއް ގެނެސް ދިނުމުގެ ތައްޔާރީތައްވަމުންނެވެ.
އެގޮތުން ބެލުންތެރިންނަށް ކުރިން ގެނެސްދިން "ގޭމް ތުރޯންސް" ގެ ރަސްކަމުގެ އެތައް ސަތޭކަ އަހަރު ކުރިން ހިނގާފައިވާ ހާދިސާތަކެއް ކިޔައިދޭ ސިލްސިލާގެ މައިގަނޑު ކާސްޓް ވެސް ހަމަޖައްސައި، މިހާރު ވަނީ މީގެ ޑައިރެކްޝަން 2010 ގެ ފިލްމު "ޓޯސްޓް" ގެނެސް ދިން އަންހެން ޑައިރެކްޓަރު އެސްޖޭ ކްލާކްސަންއާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
ނެޓްފްލިކްސްގެ "އޮރެންޖް އިޒް ދަ ނިއު ބްލެކް" ފަދަ ސިލްސިލާތައް ވެސް ގެނެސް ދިން ކްލާކްސްއަކީ "ސްޓާ ޓްރެކް" ރިބޫޓްގެ ޑައިރެކްޝަނާ ވެސް ހަވާލުވެފައިވާ ޑައިރެކްޓަރެވެ.
"ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްގެ ކާސްޓާ ގުޅިފައިވާ ތަރިންގެ ތެރޭގައި ނައޯމީ ވޮޓްސް، ޖޯޝް ވައިޓްހައުސް، ނައޯމީ އޭކީ، ޖެމީ ކޭމްޕްބެލް ބޯއާ، ޝީލާ އެޓިމް، އިވާނޯ ޖެރެމިއާ، ޖީޖޯ ހެންލީ، އެލެކްސް ޝާޕް އަދި ޓޯބީ ރެގްބޯ ހިމެނެ އެވެ.
ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް "ގޭމް އޮފް ތުރޯންސް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ މީގެ ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނާ ހަމައަށް ސިލްސިލާ އަންނާނެ އިރެއް އަދި ނޭނގެ އެވެ.
#GameofThrones returns to @HBO this April. pic.twitter.com/1muHcwJIFJ
— Game Of Thrones (@GameOfThrones) January 7, 2019
ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރުގެ ވާހަކަ ވެސް ބިނާ ކުރާނީ ކުރިން ގެނެސް ދިން ސިލްސިލާގެ ވާހަކަ ވެސް ލިޔުނު ޖޯޖް އާރްއާރް މާޓިންގެ ވާހަކަ "ފަޔާ އެންޑް ބްލަޑް" އަށެވެ. މީގައި ކިޔައި ދެނީ "ގޭމް އޮފް ތުރޯންސް" ގެ ކުރީގެ ބައިތަކުގައި ކިޔައި ދިން ހާދިސާތަކުގެ 300 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެކެވެ.
ގިނަ ބަޔަކު މިހާރު ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ "ގޭމް އޮފް ތުރޯންސް" ގެ 8 ވަނަ ސީޒަން އެޗްބީއޯ އިން ގެނެސް ދޭން ފަށާނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
"Game of Thrones" ge prequel eh genes dhenee
The most trusted news source in the Maldives
Mihaaru
"ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްގެ މަސައްކަތް ދެން މާ ލަހެއް ނުވާނެ.
ފުރަތަމަ 7 ސީޒަނުގައި ޖުމްލަ 67 އެޕިސޯޑް ގެނެސް ދިނެވެ. ފަހު ސީޒަނުގައި ގެނެސް ދޭނީ ހަ އެޕިސޯޑް ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy