"ގޭމް އޮފް ތުރޯންސް" ގެ މަންޒަރެއް: އަންނަ އަހަރު ފަހު ސީޒަން ގެނެސް ދޭނެ.
11 ޖޫން 2018 - 08:13
އެޗްބީއޯގެ ކާމިޔާބު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ 8 ވަނަ ސީޒަނާ އެކު، މި ސިލްސިލާ އަށް އަންނަ އަހަރު ނިމުން ގެންނަން ނިންމާފައި ވަނިކޮށް، ފޭނުންނަށް ވަރަށް އުފާވެރި ހަބަރެއް ދީފި އެވެ.
އެޗްބީއޯ އިން މިހާރު ވަނީ "ގޭމް އޮފް ތުރޯންސް" ގެނެސްދޭ ޓީމަށް މީގެ ޕްރިކްއެލް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސް ދޭން ބޭނުންވާ ކަމަށް ބުނެ، އެކަންކޮށްދޭން އެދިފަ އެވެ. އެހެންވެ މިހާރު އުޅެނީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ތެރޭގަ އެވެ.
އެގޮތުން "ގޭމް އޮގް ތްރޯންސް" ގައި ގެނެސް ދިން ހާދިސާތަކުގެ 1،000 ވަރަކަށް އަހަރު ކުރިން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ގޮތަށް ޕްރިކްއެލް ގެނެސް ދޭނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މީގެ ޕްރޮޑިއުސަރުންގެ ތެރޭގައި "ގޭމް އޮފް ތްރޯންސް" ގެ ލިޔުންތެރިޔާ އާރްއާރް މާޓިން ވެސް ހިމެނެ އެވެ. އޭނާ ދާދި ފަހުން ވަނީ މި ސިލްސިލާގެ ވާހަކައިގެ 300 އަހަރުގެ ކުރީގެ ހާދިސާތަކެއް ކިޔައިދޭ ވާހަކަ "ފަޔާ އެންޑް ބްލަޑް" ގެ ފުރަތަމަ ބައި މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ގައި ނެރޭނެ ކަމަށް އިއުލާންކޮށްފަ އެވެ.
"ގޭމް އޮފް ތްރޯންސް" އަކީ މާޓިންގެ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" ބިނާކޮށް ގެނެސް ދޭން ފެށި ސިލްސިލާއެކެވެ.
މި ސިލްސިލާގެ ޕްރިއެލްގެ ލިޔުންތެރިންގެ ތެރޭގައި މާޓިންގެ އިތުރުން މެކްސް ބްރޮންސްޓެއިން، ބްރަޔަން ހެލްގްލަންޑް، ކާލީ ރޭ އަދި ބްޔަރަމް ކޮގްމަން ހިމެނޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
"Game of Thrones" ge vaahaka 300 aharu kuri ah
The most trusted news source in the Maldives
Mihaaru
މާޓިންގެ އާ ވާހަކަ މި އަހަރުގެ ނޮވެމްބަރުގައި ނެރޭނެ.
ނަމަވެސް ޕްރިކްއެލްއާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އަންނަ އަހަރުގެ ހޫނު މޫސުމުގައި "ގޭމް އޮފް ތުރޯންސް" ގެ 8 ވަނަ ސީޒަން ގެނެސް ދޭން ނިންމާފައިވާ އިރު، ފުރަތަމަ ހަތް ސީޒަނުގައި ވަނީ ޖުމްލަ 67 އެޕިސޯޑް ދައްކައިފަ އެވެ.
ދެހާސް އެގާރައިގައި ގެނެސް ދޭން ފެށި މި ސިލްސިލާ ވެފައި ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު އަދި އެންމެ ގިނަ ބަޔަކު ބަލާ ސިލްސިލާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެ
11 June 2018
ޕްރީކުއިލް