އެޗްބީއޯގެ މަޝްހޫރު ފެންޓަސީ ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަންގެ ފުރަތަމަ ޓީޒާ އިއްޔެ ދައްކާލައިފި އެވެ.
އެޗްބީއޯގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި އެއް މިނެޓުގެ މި ޓީޒާ އިން ވަނީ، ކުރިއަށް އޮތް ސީޒަނުން ބޮޑެތި ހަނގުރާމަތަކެއް ފެންނާނެ ކަން ކަށަވަރުވެފަ އެވެ.
ޓީޒާއިން ފެންނަ ގޮތުގައި، ރާނީ އެލިސެންޓް ހައިޓަވާގެ ދަރިފުޅު އޭގަން މިދިޔަ ސީޒަންގައި ޒަހަމްވުމަށް ފަހު، މިހާރު އަޔަން ތުރޯންގައި އިނީ އޭމޮންޑް ޓާގެރިއަން އެވެ. އަދި އެލިސެންޓް ކިންގްސް ލޭންޑިން ދޫކޮށް ފިލަ އެވެ. އަދި އޭނާގެ ވާގިވެރިން ވެސް ކިންގްސް ލޭންޑިން ދޫކޮށް ދެ އެވެ.
ރެނެއިރާ ޓާގެރިއަން އޭނާގެ އަސްކަރިއްޔާއަށް އިތުރު ޑްރެގަންތަކެއް ހޯދާފައިވާކަން ޓީޒާއިން އެނގެ އެވެ. މިއީ އެލިސެންޓްގެ އާއިލާއަށް އޮތް ނުރައްކާ ބޮޑުވާނެ ކަމެއް ކަމަށް ބެލެވެ އެވެ.
މި ޓީޒާއިން ބޮޑެތި ހަނގުރާމަތަކެއް ދައްކާއިރު، އޭގެ ތެރޭގައި "ބެޓްލް އޮފް ދަ ގަލެޓް" ހިމެނޭ ކަމަށް ބެލެވެ އެވެ. އެ ހަނގުރާމައިގައި ރެނެއިރާގެ ދަރިފުޅު ޖޭސް ޓާގެރިއަން އޭނާގެ ޑްރެގަންގައި އުދުހިފައި ގޮސް ހައުސް ވެލޭރިއަންގެ ކަނޑުގެ އަސްކަރިއްޔާއާ ކުރިމަތިލަ އެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަން ސްޓްރީމް ކުރަން ފަށަނީ އަންނަ ޖޫން މަހު އެވެ.
މިއީ ޖުމްލަ ހަތަރު ސީޒަނެއް ގެނެސްދޭން ނިންމާފައިވާ މި ސީރީޒްގެ ދެވަނައަށް އެންމެ ފަހު ސީޒަނެވެ.
ތިންވަނަ ސީޒަންގެ މުހިންމު ރޯލުތަކުން ފެންނާނީ އެމާ ޑާސީ، މެޓް ސްމިތު، އޮލިވިއާ ކުކް، ސްޓީވް ޓޫސަންޓް، ރީސް އިފާންސް، ފޭބިއަން ފްރޭންކަލް، އީވާން މިޗެލް، ޓޮމް ގްލިން-ކާނީ، ސޮނޯޔާ މިޒޫނޯ، ހެރީ ކޮލެޓް، ބެތަނީ އެންޓޮނިއާ، ފީބީ ކޭމްޕްބެލް، ފިއާ ސަބަން، ޖެފަސަން ހޯލް، މެތިއު ނީދަމް، ޓޮމް ބެނެޓް، ކިއެރަން ބޭވް، ކާޓް އެޖިއަވަން، ފްރެޑީ ފޮކްސް، ކްލިންޓަން ލިބަޓީ، ގޭލް ރެންކިން އަދި އަބޫބަކުރު ސަލީމެވެ.
މި ސީރީޒަކީ އިނގިރޭސި ވާހަކަ ލިޔުންތެރިޔާ ޖޯޖް އާރު އާރު މާޓިންގެ "ފަޔާ އެންޑް ބްލަޑް" ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، "ގޭމް އޮފް ތްރޯންސް"ގެ 200 އަހަރު ކުރިން ހިނގި ކަންކަން ދައްކާ ސީރީޒެކެވެ.