އެމީ އެވޯޑްސް: "ގޭމް އޮފް ތުރޯންސް" އަށް 32 ނޮމިނޭޝަން

ދާދި ފަހުން ނިންމައިލި ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ އަށް ވަނަ ސީޒަން ފީކަޅާކަމުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ކުރިއަށް އޮތް 71 ވަނަ އެމީ އެވޯޑްސްގައި އެ ސިލްސިލާ އަށް ރެކޯޑް އަދަދަކަށް ނޮމިނޭޝަންތައް ލިބިއްޖެ އެވެ.


އެޗްބީއޯގެ ސިލްސިލާ އަށް ވަނީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ނޮމިނޭޝަން އެއްފަހަރާ ލިބުނު ސިލްސިލާގެ ރެކޯޑް ވެސް ލިބފަ އެވެ. އެއީ 32 ނޮމިނޭޝަނާ އެކީގަ އެވެ. އޭގެ ތެރޭގައި އައުޓްސްޓޭންޑިން ޑްރާމާ ސީރީޒް ވެސް ހިމެނެ އެވެ.

"ގޭމް އޮފް ތުރޯންސް" ގެ ނޮމިނޭޝަންތަކުގެ ތެރޭގައި އެންމެ މޮޅު ސިލްސިލާ ބަތަލު (ކިޓް ހެރިންޓަން)، އެންމެ މޮޅު ސިލްސިލާ ބަތަލާ (އެމިލިއާ ކްލާކް)، އެންމެ މޮޅު ސަޕޯޓިން ބަތަލާ ވެންޑޯލިން ކްރިސްޓީ/ލީނާ ހެޑީ/ސޯފީ ޓާނާ/މެއިޒީ ވިލިއަމްސް، އެންމެ މޮޅު ސަޕޯޓިން ބަތަލު ސިލްސިލާ އެލްފީ އެލެން/ނިކޯލަޖް ކޯސްޓާ-ވަލްޑޯ/ޕީޓާ ޑިންކްލޭޖް، ގެސްޓް ބަތަލާ ސިލްސިލާ ކެރީޒް ވެން ހޯޓެން އަދި އެންމެ މޮޅު ޑައިރެކްޓަރު ޑޭވިޑް ބެނިއޯފް/ޑީބީ ވެއިޒް އަށް ލިބުނު ނޮމިނޭޝަންތައް ހިމެނެ އެވެ.

"ގޭމް އޮފް ތުރޯންސް" ގެ ފަހަތުން މި އަހަރު ދެން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު ސިލްސިލާތަކަކީ 20 ނޮމިނޭޝަން ލިބުނު އެމެޒޯން ޕްރައިމް ވީޑިއޯގެ "ދަ މާވެލަސް މިސިޒް މެއިޒެލް" އާއި 19 ނޮމިނޭޝަން ލިބުނު އެޗްބީއޯގެ މިނީ-ސީރީޒް "ޗަނަބީލް" އެވެ.

އެމީގެ އިތުރު ނޮމިނޭޝަންތައް:

* އައުޓްސްޓޭންޑިން ކޮމެޑީ ސީރީޒް: ބެރީ، ފްލީބޭގް، ރަޝިއަން ޑޯލް، ޗިޓްސް ކްރީކް، ދަ ގުޑް ޕްލޭސް، ދަ މާވެލަސް މިސިޒް މެއިޒެލް، ވީޕް

* އައުޓްސްޓޭންޑިން ލިމިޓެޑް ސީރީޒް: ޗަނަބީލް، އެސްކޭޕް އެޓް ޑެނަމޯރާ، ފޯޒް/ވާޑަން، ޝާޕް އޮބްޖެކްޓްސް، ވެން ދޭ ސީ އަސް

* އައުޓްސްޓޭޓީން ޓީވީ މޫވީ: ބެންޑަސްނެޗް، ބްރެކްޒިޓް، ޑެޑްވުޑް، ކިންގް ލިއާ، މައި ޑިނާ ވިތު ހާވް

* އައުޓްސްޓޭންޑިން ވެރައިޓީ ސްކެޗް ސީރީޒް: އެޓް ހޯމް ވިތު އެމީ ސެޑާރިޒް، ޑޮކިއުމަންޓަރީ ނައު، ޑްރަންކް ހިސްޓްރީ، އައިލަވްޔޫ...އެމެރިކާ ވިތު ސާރާ ސިލްވަމަން، ސަޓަޑޭ ނައިޓް ލައިވް، ހޫ އިޒް އެމެރިކާ

* އައުޓްސްޓޭންޑިން ވެރައިޓީ ޓޯކް ސީރީޒް: ފުލް ފްރޮންޓަލް ވިތު ސަމަންތާ ބީ، ޖިމީ ކިމެލް ލައިވް، ލާސްޓް ވީކް ޓްނައިޓް ވިތު ޖޯން އޮލިވާ، ދަ ޑެއިލީ ޝޯ ވިތު، ޓްރެވާ ނޯއާ، ދަ ލޭޓް ޝޯ ވިތު ޖޭމްސް ކޯޑެން، ދަ ލޭޓް ޝޯ ވިތު ސްޓެފެން ކޮލްބަޓް

* އައުޓްސްޓޭންޑިން އެނިމޭޓެޑް ޕްރޮގްރާމް: ބިގު މައުތު، ބޮބްސް ބާގާޒް، ބޯޖެކް ހޯޒްމަން، ކަމް އެލޯންގް ވިތު މީ، ދަ ސިމްޕްސަންސް

* އައުޓްސްޓޭންޑިން ކޮމްޕެޓިޝަން ޕްރޮގްރާމް: ދި އެމޭޒިން ރޭސް، އެމެރިކަން ނިންޖާ ވޮރިއާ، ނެއިލްޑް އިޓް، ރު-ޕޯލްސް ޑްރޭގް ރޭސް، ޓޮޕް ޝެފް، ދަ ވޮއިސް

މި އަހަރުގެ ބާއްވާ 71 ވަނަ އެމީ އެވޯޑްސް ހަފުލާ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައި އެމެރިކާގެ ލޮސް އެންޖެލިސްގެ މައިކްރޮސޮފްޓް ތިއޭޓަރުގަ އެވެ.