"ހޮބްސް އެންޑް ޝޯ" ގެ ޕޯސްޓަރެއް: ފިލްމު ރިލީޒް ކުރާނީ އޮގަސްޓް 2 ގައި.
04 ފެބުރުއަރީ 2019 - 07:38
ކާމިޔާބު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ސްޕިން-އޯފްއެއްގެ ގޮތުގައި ގެނެސްދޭ ފިލްމު "ހޮބްސް އެންޑް ޝޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި އެކްޝަން ކޮމެޑީ ޑައިރެކްޓްކޮށްފައި ވަނީ ޑޭވިޑް ލައިޝް އެވެ. "ހޮބްސް އެންޑް ޝޯ" ގައި "ފާސްޓް އެންޑް ފިއުރިއަސް" ގެ ވަރުގަދަ ދެ ރޯލެއް ކުޅޭ ދެ ތަރިއަކު ވެސް ފެނިގެން ދާނެ އެވެ. އެއީ ލޫކް ހޮބްސްގެ ރޯލް ކުޅޭ ޑްވޭން (ރޮކް) ޖޯންސަން އާއި ޑެކާޑް ޝޯގެ ކެރެކްޓާ ކުޅޭ ޖޭސަން ސްޓެތަމް އެވެ. މި ދެ ތަރިންނާ އެކު، މި ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި އިދްރީސް އެލްބާ، ހެލެން މިރެން، ވެނެޒާ ކާބީ އަދި ރޯމަން ރެއިންސް ހިމެނެ އެވެ.
Get your popcorn & tequila
— Dwayne Johnson (@TheRock) February 1, 2019
🍿🥃 ready for our official WORLDWIDE @HobbsAndShaw trailer!
We have the baddest bad guy & biggest showdown the #FastFurious franchise has ever seen.
And my pasty partner is a real asshole. #HobbsAndShaw #Besties🖕🏾
SUMMER🔥pic.twitter.com/CK35nbpBHO
"ހޮބްސް އެންޑް ޝޯ" އަންނަ އޮގަސްޓް މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، "ފާސްޓް އެންޑް ފިއުރިއަސް" ގެ ނުވަ ވަނަ ފިލްމު ރިލީޒް ކުރާނީ 2021 ގަ އެވެ. މި ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ފޭޓް އޮފް ދަ ފިއުރިއަސް" ރިލީޒް ކުރީ 2017 ގަ އެވެ.
ޝެނަން ބާކް 2008 ގައި ގެނެސް ދިން ވާހަކަ "ބްލެކް ފްލައިސް" އަށް ބިނާކޮށް ހަދާ ފިލްމު މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރު މެލް ގިބްސަން އާއި ޒުވާން އެކްޓަރު ޓައި ޝެރީޑަން އަށް ހުށަހަޅައިފި އެވެ.
މެލް ގިބްސަން އަދި ޓައި ޝެރިޑަން.
ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޔަން ކިންގް ސްކްރީންޕްލޭ ލިޔެފައިވާ ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ ކްރިޓިކުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2017 ގެ "އަ ޕްރެޔާ ބިފޯ ޑޯން" ގެނެސް ދިން ޖިއާން ސްޓެފޭން ސޯވިއާ އެވެ.
"ބްލެކް ފްލައިސް" އަކީ އޮލީ ކްރޮސް ކިޔާ ޒުވާން ޕެރަމެޑިކްއަކަށް ދިމާވާ ކަންތައްތަކެއް ކިޔައިދޭ ވާހަކައެކެވެ.
ކުރީގެ އޮސްޓްރޯނަޓަކު ބޭނުންކޮށްގެން ކަނޑު އަޑީގެ ދިރާސާތަކަށް ހަދަން ކުރާ މަސައްކަތަށް ބިނާކޮށް އެމްޖީއެމުން ހަދާ ސުޕަނެޗްރަލް ތުރިލާ "ޑީޕާ" އަށް އިނގިރޭސި އެކްޓަރު އިދްރީސް އެލްބާ ސޮއިކޮށްފި އެވެ.
އަންނަ ބަހާރު މޫސުމުގައި ޝޫޓިން ފަށަން ނިންމާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ 2015 ގެ ފިލްމު "އެވަރެސްޓް" ގެނެސްޓް ދިން ބަލްތަސާރި ކޮލްމަކޫރް އެވެ. "ޑީޕާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ 2017 ގައި ރިލީޒް ކުރި ވިލް ސުމިތުގެ "ބްރައިޓް" ގެ ސްކްރީން ރައިޓަރު މެކްސް ލެންޑިސް އެވެ.
އިދްރީސް: "ޑީޕާ" ގެ ލިޑް ރޯލުން ފެންނާނެ.
ވެރައިޓީން ބުނެފައިވާ ގޮތުގައި "ޑީޕާ" އެންމެ ފުރަތަމަ 2016 ވަނަ އަހަރުގެ ތެރޭގައި ހަދަން ނިންމީ މަޝްހޫރު އެކްޓަތު ބްރެޑްލީ ކޫޕާ ލީޑް ރޯލަށް ލައިގެންނެވެ. އޭރު އަދި ފިލްމުގެ ރޯލަކަށް "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ އަށް ހުށަހެޅި އެވެ. ނަމަވެސް އިދްރީސްއާ އެކު "ޑީޕާ" ގެނެސް ދޭން ނިންމާފައިވާ އިރު، މީގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ޓޮމް ކްރޫޒްގެ މަގުބޫލު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް" ގެ ކުރިއަށް އޮތް ދެ ފިލްމު 2021 އާއި 2022 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާކަން ދާދި ފަހުން އިއުލާން ކުރުމަށް ފަހު، ފިލްމުތައް ރިލީޒް ކުރާނެ ތާރީހުތައް ވެސް ފޭނުންނާ ހިއްސާކޮށްފި އެވެ.
Summer 2021 and Summer 2022 pic.twitter.com/V6SNvZx2La
— Tom Cruise (@TomCruise) January 15, 2019
"މިޝަން އިމްޕޮސިބަލް" ސީރީޒްގެ 7 ވަނަ ފިލްމު ތާވަލުކޮށްފައި ވަނީ ޖުލައި، 23، 2021 އަށެވެ. އަށް ވަނަ ބައި ރިލީޒް ކުރާނީ އޮގަސްޓް، 5، 2022 ގަ އެވެ. މި ދެ ފިލްމު ވެސް ޑައިރެކްޓް ކުރާނީ މި ސީރީޒްގެ އެންމެ ފަހުގެ ދެ ފިލްމު ވެސް ޑައިރެކްޓް ކުރި ކްރިސްޓޯފާ މެކްއަރީ އެވެ.
"މިޝަން އިމްޕޮސިބަލް" ގެ 6 ވަނަ ފިލްމު "ފޯލްއައުޓް" މިދިޔަ އަހަރު ބެލުންތެރިންނަށް ގެނެސް ދީފައިވާ އިރު، މިއީ 1996 އިން ފެށިގެން ގެނެސްދޭ ފްރެންޗައިޒެކެވެ.
މި އަހަރު ކްރޫޒްގެ ފިލްމެއް ސިނަމާތަކަށް އަންނަން ނެތް ނަމަވެސް އަންނަ އަހަރު "ޓޮޕް ގަން: މެވެރިކް" ބެލުންތެރިންނަށް ގެނެސް ދޭނެ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހައެއްގައި ރިލީޒް ކުރި "ޓޮޕް ގަން" ގެ ދެވަނަ ބައި "މެވެރިކް" ރިލީޒް ކުރާނީ ޖޫން، 26، 2020 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy