11 ފެބުރުއަރީ 2019 - 07:06
އެކްޓަރު ހިމާންޝް ކޯލިއާ އެކު އަހަރެއްހާ ދުވަހަށް އޮތް ލޯބީގެ ގުޅުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށާއި އެކަމުން ސަލާމަތްވެވުނީތީ މިހާރު އުފާކުރާ ކަމަށް އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް ބުނެފި އެވެ.
ނޭހާ އާއި ހިމާންޝްގެ ލޯބީގެ ގުޅުން ކަށަވަރުކޮށް ދިނީ ވެސް، އަދި އެ ގުޅުން ނިމުމަކަށް އައިކަން ވެސް ޔަގީންކޮށް ދިނީ ނޭހާ ޖަޖްކަން ކުރި، ސޮނީ ޓީވީން ދާދި ފަހުން ނިންމައިލި "އިންޑިއަން އައިޑޮލް" ސީޒަން 10 ގެ ތެރޭގަ އެވެ.
ޑެއިނިކް ބާސްކަރަށް ދިން އިންޓަވިއުއެއްގައި 30 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ހިމާންޝްއާ ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެ ގުޅުމަކީ އުފާވެރި ގުޅުމެއް ނޫން ކަމަށާއި ހިމާޝްއަކީ ޝަކުވާ ބޮޑު އަދި އުންމީދު ކުރި ކަހަލަ މީހެއް ނޫން ކަމަށް ބުންޏެވެ.
"އަހަރެން އުފާކުރަން މިހާރު އެކަމުން ސަލާމަތްވެވުނީތީ. އަހަރެން އެ ގުޅުމަށް ދިން ހަކަތާއި ވަގުތަށް ބަލާ ކަމަށް ވަންޏާ ހިމާޝްއަކަށް އެ މިންވަރު ހައްގެއް ވެސް ނުވޭ. އެއީ އަހަރެންގެ ހަޔާތުގައި ކުރަން ޖެހުނު ބޭކާރު އަދި ހިތްދަތި ތަޖުރިބާއެއް. ދެން ހިއެއް ނުވޭ އަވަހަކަށް މީހަކާ ލޯބީގެ ގޮތުން އަހަރެން ގުޅޭނެހެންނެއް ވެސް،" މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ނޭހާ ބުންޏެވެ. "ސިންގަލްކޮށް ހުރުން ހަގީގަތުގައިި މާ ރަނގަޅު. އަހަރެން މިހުރީ ވަރަށް އުފަލުން. އާއިލާގެ ސަޕޯޓް ވަރަށް ބޮޑު."
އޭނާ ބުނި ގޮތުގައި ހިމާންޝްއާ އެކު ބޭއްވުނު ގުޅުމުން ދޭހަކޮށް ދިން އެއް ކަމަކީ އާއިލާ އަށް ވުރެ އެހެން މީހަކު މުހިއްމު ނުވާނެ ކަމެވެ.
"ދިމާވާ ކޮންމެ ކަމެއްގައި، ކޮންމެ ހާލަތެއްގައި އަހަންނާ އެންމެ ގާތުގައިވި ބަޔަކީ އާއިލާ،" ނޭހާ ބުންޏެވެ. "ކުރިން އަހަންނަށް އާއިލާ އާއި ރައްޓެހިންނަށް އެކަށީވެންވާ ވަގުތެއް ވެސް ނުދެވޭ. އެކަމަކު މިހާރު އަހަރެންގެ ހުރިހާ ވެސް ބަޔަކީ އާއިލާ އާއި ރައްޓެހިން،" ދިލްބަރު އާއި ކާލާ ޗަޝްމާ ފަދަ މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ނޭހާ ބުންޏެވެ. "އެ މީހުންނާ އެކު ވަރަށް އުފަލުން އަހަރެން މި އުޅެނީ. ލޯބިވެރިއެއް މި ވަގުތަށް އަހަންނަކަށް މުހިއްމެއް ނޫން. އަދި އެކަމަކަށް ތައްޔާރެއް ވެސް ނޫން."
ހިމާޝް، 29، އަކީ 2014 ގައި ފިލްމު "ޔާރިޔާން" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ. އެކަމަކު އޭނާއަކީ ކުޅޭނެ ރަނގަޅު ފިލްމެއް ލިބޭ އެކްޓަރެއް ނޫނެވެ.
Neha Kakkar aai Himansh Kolhi ge gulhun nimumakah
The most trusted news source in the Maldives
Mihaaru
ނޭހާ އާއި ހިމާންޝް ވަކިވީ ޑިސެމްބަރު މަހުގެ ތެރޭގައި.
އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ހާއްސަ ފެނިލުމަކުން ހިމާންޝް ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
11 February 2019
ދެން ތިހެން ކިޔާ، ރައްޓެހިވެގެން އުޅޭއިރު ބިޓު ވަރުގެ މީހެއް ނެތިގެން އުޅޭނީ، މިއީ ހަމަ އަންހެނުންގެ ވަައްތަރު