ރަންވީރު: އޭނާގެ ވިދުން ވަރަށް ގަދަ.
22 ފެބުރުއަރީ 2019 - 07:18
ބޮލީވުޑްގެ ތަރިންގެ ތެރެއިން އާމިރު ހާނާއި ސަލްމާން ހާނާއި ޝާހްރުކް ހާން އަދި އަކްޝޭ ކުމާރު ފަދަ ތަރިންނަކީ އެ މީހުން ކުޅޭ ފިލްމުތަކުގެ ފައިދާއިން ބައި އަޅާ ގޮތަށް ފިލްމު ކުޅެދޭ ތަރިންނެވެ. އެއީ ފިލްމު ކުޅެ ދޭ އަގުގެ އިތުރުން ނަގާ ބައެކެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން މި ލިސްޓަށް މިހާރު ވަނީ ޒުވާން އެކްޓަރު ރަންވީރު ސިންގް ވެސް އަރައިފަ އެވެ. އޭނާ މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" އާ އެކު، ކުރިއަށް އޮތް ތަނުގައި ރަންވީރު ވަނީ ފިލްމުގެ އެހެން ޕްރޮޑިއުސަރުންނަށް އާމްދަނީން ބައި އަލާ ގޮތަށް، އޭނާ ކުޅޭ ފިލްމުތަކުގެ އާމްދަނީން ހިއްސާ ނަގާ ގޮތަށް ނިންމައިފަ އެވެ.
މިކަން ޕްރޮޑިއުސަރުންނަށް މައްސަލައަކަށް ވެސް ނުވާނެ ކަމަށް ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުމާވަތު" ގެ ބޮޑު ކާމިިޔާބީ އަށް ފަހު، ފިލްމު ކުޅެދޭ އަގު ބޮޑުވެސްކޮށްފައިވާ ރަންވީރަކީ މިހާރު "ހިޓް މެޝިނެކެވެ." އޭނާގެ ފިލްމެއް ނަމަ، އެ ފިލްމެއް ކާމިޔާބު ވާނެ ކަމުގެ 100 ޕަސަންޓް ގެރެންޓީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް މިހާރު އޮވެ އެވެ. އެހެންވެ ފިލްމު ބޮކްސް އޮފީހުގައި ހޯދާ އާމްދަނީން ރަންވީރަށް ބައި އަޅާކަށް ޕްރޮޑިއުސަރުން އެއްގޮތަކަށް ވެސް މިހާރު ފަހެއް ނުޖެހޭނެ އެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ގަލީ ބޯއި" ވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި "ސިމްބާ" ވެސް ވަނީ ހައިރާންކޮށްލާ ވަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. އެންމެ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 400 ކްރޯޑް ލިބިފައިވެ އެވެ
މި މަހުގެ 14 ގައި ރިލީޒް ކުރި "ގަލީ ބޯއި" އަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ބުރާސްފަތި ދުވަހާ ހަމައަށް ޖުމްލަ 156.99 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. ފިލްމަށް ހަރަދުކޮށްފައި ވަނީ އެންމެ 40 ކްރޯޑެވެ.
ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރު އަންނަ އަހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ހިމެނެ އެވެ.
ރަންވީރުގެ މޮޅު އެކްޓިން އާއި އޭނާ ކުޅެން ހޮވާ ފިލްމުތަކާ އެކު، ކެރިއަރު މިސްރާބު ޖަހާފައި ވަނީ ފަސޭހައިން އެހެން އެކްޓަރުންނަށް އަރާހަމަ ނުކުރެވޭ ހިސާބަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިސާބު
22 February 2019
1 ލާހި އެއްވަރުވޭ 1 ކުރޯޑާ. އެއީ ސްޓޭންޑަޑް ޔުނިޓެއް ނޫން. އެކެއް، ދިހަައެއް ސަތޭކަ، ހާސް، ދިހަހާސް ސަތޭކަހާސް މިލިޔަން ދިހަމިލިޔްން. ( މިތާ ކުރޯޑެއް ލައްކައެއް ނެތް)
ބުރުހާނު
22 February 2019
1 ކުރޯޑު = 10000000 (10 މިލިއަން)
ދިރޫ
22 February 2019
މަޝްހޫރު ވީމަ ދަހިވެ ފޮނި ވަނީ
ބުރުހާނު
22 February 2019
ކްރޯޑް އެއީ މިލިއަންތަ ނޫނީ ބިލިއަންތަ!!!
ފަރާ
23 February 2019
ބުރުހާނައް ގޫގުލް ކޮއްގެން ނޫސް ކިއޭ، އެކަމު ތިސުވާލު ގޫގުލްއާ ނުކުރެވޭ.. އިޑިއަޓު
މިލްބިލް
23 February 2019
ބުހަހަހަހާ.......!!ބުރޫ......